حديث_صحيح
This article is available in Dhivehi only.
✅✅ #حديث_صحيح
«مَا ذِئْبَانِ جَائِعَانِ أُرْسِلاَ فِي غَنَمٍ بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِينِهِ»
”ބަނޑުހައިވެފައިވާ ދެ މިނިކާކުއްތާއެއް ބަކަރިތަކެއްގެ ތެރެއަށް ދޫކޮށްލުމަށް ވުރެ، މުދަލާއި ހައިސިއްްޔަތަށް ވާ ދަހިވެތިވުމުން، އެމީހެއްގެ ދީނަށް ކުރާ ގެއްލުން ބޮޑެވެ.“
ސުވާލު: ޙަދީޘް (ما ذئبان جائعان..) ގެ ދަރަޖައަކީ ކޮބައިތޯ؟
ޖަވާބު: މިޙަދީޘު (ما ذئبان جائعان..) މިއީ ޞައްޙަ ޙަދީޘެކެވެ. ރިވާކުރެއްވީ އިމާމް އަޙްމަދު -رحمه الله تعالى- އަދި އެނޫން ބޭކަލުންނެވެ.
މިޙަދީޘުގެ ކަންތަކުގައި ފައިދާހުރި އަދި ނުހަރު ރަނގަޅު ޝަރަޙައެއް ވެއެވެ. އެއީ އޭގެ ޝަރަޙަތަކުން އެންމެ ފައިދާބޮޑު އެއް ޝަރަޙައެވެ. އަލްޙާފިޡް އިބްނު ރަޖަބް -رحمه الله- ގެ ޝަރަޙައެވެ. އެކަލޭގެފާނު ވަނީ ފައިދާބޮޑު ޝަރަޙައެއް މިޙަދީޘުގެ މައްޗަށް ލިޔުއްވާފައެވެ. އަދި އެ ކިޔުމަށް ނަސޭޙަތްތެރިވަމެވެ.
—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.