ޙަދީޘް «لا ضرر ولا ضرار» ((ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ.)) ގެ ޙުކުމް
This article is available in Dhivehi only.
ޙަދީޘް «لا ضرر ولا ضرار» ((ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ.)) ގެ ޙުކުމް:
ޖަވާބު: މި ރިވާޔަތް ގިނަ ސަނަދުތަކަކުން ރިވާވެފައި ވެއެވެ. އަދި އެ ސަނަދުތަކަކީ ފާޑުކިޔުންތަކުން (ބައެއް ބަލިކަށިކަމުން) މުޅިން މިންޖުވެގެންވާ ސަނަދުތަކެއް ނޫނެވެ. ނަމަވެސް، އެ ހުރިހާ ސަނަދުތަކެއް އެއްކޮށްލުމުން، މި ރިވާޔަތް "ޙަސަން ލިޣައިރިހީ" (حسن لغيره) ގެ ދަރަޖައަށް އުފުލިގެންދެއެވެ.
އަދި މި ޙަދީޘަކީ ޤުރްއާނާއި ސުންނަތުގެ ނައްޞުތަކުން ދަލާލަތުކޮށްދޭ (އެބަހީ: އެއަށް ހެކިކޮށްދޭ) ޤަވާޢިދެކެވެ. އަދި މާނައިގެ ގޮތުން ބަލާއިރު މިއީ ޞައްޙަ އެއްޗެކެވެ. ފަހެ، ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްޞުތައް މި ޤަވާޢިދަށާއި މި ޙަދީޘަށް ދަލާލަތުކޮށްދެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋 #حديث_صحيح
Comments (0)
Be the first to comment.