މަރު ހަނދުމަކުރުން
This article is available in Dhivehi only.
🛸 މަރު ހަނދުމަކުރުން
❞ އިބްނު މާޖާގެ ރިވާޔަތުގައި، އަބޫ ހުރައިރާ (رَضِيَ ٱللَّٰهُ عَنْهُ) ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«أكثروا من ذكر هادم اللذات»
((ލައްޒަތްތައް މުގުރާލާ ކަންތައް (އެބަހީ: މަރު) ގިނަގިނައިން ހަނދުމަކުރާށެވެ.))
އަދި އައްތިރުމިޛީ އާއި އައްނަސާއީގެ ރިވާޔަތުގައި ވަނީ «هاذم اللذات» ((ލައްޒަތްތައް ކަނޑުވާލާ)) މިފަދައިންނެވެ.
ފަހެ ނަބިއްޔު ﷺ ވަނީ މަރު ގިނަގިނައިން ހަނދުމަކުރުމަށް އަމުރުކުރައްވާފައެވެ. އަދި ތައުބާވުމަށް އަވަސްވެގަތުމާއި، މާތް ﷲ ގެ ޙަޟްރަތަށް (އާދޭހުގައި) ރުޖޫޢަވުމުގެ ޛަރީޢާއިން އިންސާނާ އެކަމަށް (މަރަށް) ތައްޔާރުވުމަށް އަމުރުކުރައްވާފައެވެ. އަދި މަރު ގިނަގިނައިން ހަނދުމަކުރުމުގެ ޙިކުމަތަކީ މިއީއެވެ. ❝
#حديث_صحيح
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋️
Comments (0)
Be the first to comment.