މޫނު ނިވާކުރަންޖެހޭ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެފައިވާ ޙާލަތްތަކާއި އެއިން ނެރެވޭ ފާއިދާ
This article is available in Dhivehi only.
👩🦰 މޫނު ނިވާކުރަންޖެހޭ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެފައިވާ ޙާލަތްތަކާއި އެއިން ނެރެވޭ ފާއިދާ
❞ ފަތުވާދޭ މުފްތީ އާއި ޢިލްމުވެރިޔާ، (ފިޤުހުވެރިން މެދުގައި ޚިލާފެއް ނެތި) އިއްތިފާޤުވެވިފައިވާ އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރާނަމަ، އެއީ :
1️⃣މޫނު ނިވާކުރުމަކީ އެންމެ ހެޔޮކަން ބޮޑުގޮތެވެ. އެއީ ވާޖިބުވުމާއި މުސްތަޙައްބުވުމާ (އެދެވިގެންވުމާ) ދެމެދުގައިވާ ކަމެކެވެ.
2️⃣މޫނު ކަޝްފުކުރުމާ (ނިވާނުކޮށް ބެހެއްޓުމާ) އެކު ފިތުނައެއް އެކުލެވޭނަމަ —މިޘާލަކަށް އެއީ ޒުވާން، ރީތި އަންހެނަކަށް ވުން— އެހިނދުގައި މޫނު ކަޝްފުކުރުން ޙަރާމްވެގެންވެއެވެ.
3️⃣ޒަމާން ފާސިދުވެ، ފާސިޤުން ގިނަވާ ހިނދު، މޫނު ކަޝްފުކުރުން ޙަރާމްވެގެންވެއެވެ.
4️⃣މޫނު ކަޝްފުކުރުމާއެކު ޒީނަތްތެރިވުމާއި ތަބައްރުޖުވުން (ޒީނަތް ދެއްކުން) އެކުލެވޭނަމަ، އެކަން ޙަރާމްވެގެންވެއެވެ.
5️⃣ބަހުގެ ގޮތުން މޫނުގެ އިމުގެ ތެރޭގައި ނުހިމެނޭ އެއްވެސް ތަނެއް ދެއްކުން ހުއްދައެއް ނޫނެވެ. އެހެންކަމުން އިސްތަށިގަނޑާއި ކަނދުރާ އެއްވެސް ޙާލެއްގައި ކަޝްފުކުރުން ހުއްދައެއް ނޫނެވެ.
(މިކަންކަމަށް ރިޢާޔަތް ކުރާނަމަ) މިއަދުގެ އަންހެނުންގެ ޙާލަތާމެދު ވިސްނައިފި ކޮންމެ ޢިލްމުވެރިޔަކާއި މިުފްތީއަކަށް، މި ޒަމާނުގައި އަންހެނާ މޫނު ކަޝްފުކުރުން މަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގޭނެއެވެ. ސަބަބަކީ މި ޝަރުޠުތަކަށް ކިޔަމަންވާ އަންހެނުންނަކީ ނުހަނު މަދު ބައެކެވެ. އަދި ޝަރީޢަތުގެ ޙުކުމްތައް ބިނާވެގެންވަނީ ޢާންމު އަޣްލަބިއްޔަތުގެ މައްޗަށެވެ. (އެބަހީ: ފެތުރި ފާޅުވާންއޮތް ޙާލަތެއްގެ މައްޗަށެވެ.) އަދި މަދު ޙާލަތްތަކަށް ހިނގާނީ އަޣްލަބިއްޔަތުގެ ޙުކުމެވެ. އެހެންކަމުން، އޭނާ މޫނު ނިވާކުރުމަށް އަމުރުކުރުން ލާޒިމުވެގެންވެއެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋️
Comments (0)
Be the first to comment.