ދެޞަޙީޙް ގައި) އަބޫ ހުރައިރާ އަރިހުން ރިވާވެގެންވާ ޙަދީޘްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: بَيْنَمَا كَلْبٌ يُطِيفُ بِرَكِيَّةٍ كَادَ…
This article is available in Dhivehi only.
(ދެޞަޙީޙް ގައި) އަބޫ ހުރައިރާ އަރިހުން ރިވާވެގެންވާ ޙަދީޘްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: بَيْنَمَا كَلْبٌ يُطِيفُ بِرَكِيَّةٍ كَادَ يَقْتُلُهُ الْعَطَشُ، إِذْ رَأَتْهُ بَغِيٌّ مِنْ بَغَايَا بَنِي إِسْرَائِيلَ، فَنَزَعَتْ مُوقَهَا فَسَقَتْهُ، فَغُفِرَ لَهَا بِهِ ".متفق عليه.
برَكِيَّة: އެބަހީ ފެންނަގާ ވަޅެއް.
مُوقهَا: (ބޫޓެއްގެ ގޮތުގައި ބޭނުން ކުރެވޭ ލެދަރުން ހަދާފައިވާ އިސްޓާކީނެއްފަދައިން ފަޔަށް އަރުވާ) "ޚުއްފު" އެއް
"ކަރުހިއްކައިގެން މަރުމަތީ ކުއްތާއެއް، ފެންނަގާ ވަޅެއް ވަށައިގެން އެނބުރެނިކޮށް، ބަނީ އިސްރާއީލުގެ ކަސްބީންގެ ތެރެއިން ކަސްބީ އަންހެނަކަށް ފެނި، އޭނާގެ ޚުއްފު ބާލައި، އެއަށް ފެންފުރައި އެއިން ފެންދިނެވެ. އޭގެސަބަބުން އޭނާއަށް ފާފަފުއްސެވުނެވެ." (އަލްބުޚާރީ އާއި މުސްލިމް)
އަދި އަލްބުޚާރީގެ ރިވާޔަތެއްގައިވަނީ: غُفِرَ لاِمْرَأَةٍ مُومِسَةٍ مَرَّتْ بِكَلبٍ... فَأَوْثَقَتْهُ بِخِمَارِهَا...
"ހިގާފައިދަނިކޮށް ކުއްތާއަކާއި ދިމާވި ކަސްބީ އަންހެނަކަށް ފާފަފުއްސެވުނެވެ... (ޚުއްފު ވަޅަށް ތިރިކުރުމަށް) އޭނާގެ ބޮލުފޮތިގަނޑުން އެއްސިއެވެ..."
އަދި މުސްލިމް ގެ އެހެން ރިވާޔަތެއްގައި: أَنَّ امْرَأَةً بَغِيًّا رَأَتْ كَلْبًا فِي يَوْمٍ حَارٍّ ...
ކަސްބީ އަންހެނަކަށް ހޫނު ދުވަހެއްގައި ކުއްތާއެއް... ފެނުނެވެ...
އަލްބުޚާރީ ބާބު ކުރެއްވިއެވެ:
باب فَضْلِ سَقْىِ الْمَاءِ
"ކަރުހިއްކުން ފިލުވައިދިނުމުގެ ފަޟުލު"
ދެން އަބޫ ހުރައިރާ އަރިހުން ރިވާވި ޙަދީޘް ގެންނެވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:
بَيْنَا رَجُلٌ يَمْشِي فَاشْتَدَّ عَلَيْهِ الْعَطَشُ، فَنَزَلَ بِئْرًا فَشَرِبَ مِنْهَا، ثُمَّ خَرَجَ فَإِذَا هُوَ بِكَلْبٍ يَلْهَثُ، يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ لَقَدْ بَلَغَ هَذَا مِثْلُ الَّذِي بَلَغَ بِي فَمَلأَ خُفَّهُ ثُمَّ أَمْسَكَهُ بِفِيهِ، ثُمَّ رَقِيَ، فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ".
"މަގެއްމަތިން ހިނގާފައި ދިޔަމީހެއް ފެންބޮވައިގަނެ، ފެންވަޅެއް ފެނި އެއަށް ފައިބައިފިއެވެ. ދެން ފެންބޮޔޮގެން މައްޗަށް އެރިއެވެ. އެހިނދު ދޫނެރެ ނޭވާ ލައްވަމުން ކަރުހިއްކައިގެން ކިސަޑުކަމުން ދިޔަ ކުއްތާއެއް ފެނުނެވެ. އަދި އޭނާ ބުންޏެވެ: މިސޮރަށްމިއޮތީ ހަމަ އަހަންނަށްވެސް ލައިގަތް ޙާލުޖެހިފައެވެ. އެހެންކަމުން އޭނާ (ފެންވަޅަށް ފައިބައި) އޭނާގެ ޚުއްފަށް ފެންފުރައި، އެ އޭނާގެ ދަތުން ހިފައިގެން އޮވެ އަރައި އެކުއްތާގެ ކަރުހިއްކުން ފިލުވައިދިނެވެ. އެހެންކަމުން الله އޭނާ އަށް ޝުކުރުދެއްވައި، އޭނާގެ ފާފަ ފުއްސެވިއެވެ."
قَالُوا يَا رَسُولَ اللَّهِ، وَإِنَّ لَنَا فِي الْبَهَائِمِ أَجْرًا قَالَ " فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ ". تَابَعَهُ حَمَّادُ بْنُ سَلَمَةَ وَالرَّبِيعُ بْنُ مُسْلِمٍ عَنْ مُحَمَّدِ بْنِ زِيَادٍ. متفق عليه، واللفظ للبخاري.
މީސްތަކުން ދެންނެވިއެވެ: "އޭ اللَّه ގެ ރަސޫލެވެ! ޖަނަވާރުގެ ފުށުންވެސް އަހަރެމެންނަށް އަޖުރު ވޭތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ: "ތެތް ފުރަމެޔެއްވާ ކޮންމެ އެއްޗަކަށް އަޖުރުވެއެވެ."
އެކަލޭގެފާނުގެ މިބަސްފުޅު: "ތެތް ފުރަމެޔެއް ވާ ކޮންމެ އެއްޗަކަށް އަޖުރުވެއެވެ." އެބަހީ: ކޮންމެ ހައިވާނަކަށްވިޔަސް ކާންދީ އަދި ފެންބޯން ދީފި މީހަކަށް އަޖުރު ޙާޞިލްވެއޭ އެވެ.
(އަދި އަލްބުޚާރީ އެނޫން ތަނެއްގައި މިޙަދީޘް ބާބު ކުރެއްވީ: "މީސްތަކުންނާއި ޖަނަވާރުންނަށް ރަޙުމް ކުރުން" މީގެ ދަށުންނެވެ.)
އެހެނަސް ބަޔެއް ޢިލްމުވެރިން މިޔަށް ޝަރުޠެއް ކުރައްވައެވެ: އެއީ އެއަކީ ޤަތުލުކުރުމަށް އަމުރު ވެވިގެންވާ ޙައިވާނަކަށް ނުވުމެވެ. އެއީ ނަގުލަންދާށި ނޫނީ ހަރުފަ އަދި އެފަދަ އެއްޗަކަށް ނުވުމެވެ. އެހެނީ އެތަކެތި "ޙަރަމްފުޅުގެ ތެރެއާއި ބޭރުގައި" ވެސް، މެރުމަށް ނަބިއްޔާ ﷺ އަމުރުކުރައްވާފައި ވުމުންނެވެ. (އަލްބުޚާރީ އާއި މުސްލިމުގައިވާ ފަދައިންނެވެ.)
— ޝެއިޚް، އަލްމުޙައްދިޘް، ޢަބްދުލް ޢަޒީޒް، އަލްޚުޟައިރް (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.