ސުވާލު
This article is available in Dhivehi only.
ސުވާލު:
އަހަރެމެންގެ ޝެއިޚެވެ. އަބޫސަޢީދު އަރިހުން އައިސްފައިވާ ޙަދީޘް، "ހުކުރު ދުވަހު ސޫރަތުލް ކަޙްފު ކިޔައިފި މީހަކަށް، ދެ ޙުކުރު ދެމެދުގައި އޭނާ އަށް ނޫރެއް ލެއްވޭނެތެވެ." މިއާއިމެދު ތިބޭފުޅުންގެ ރައުޔަކީ ކޮބައިތޯއެވެ؟
ޖަވާބު:
الله ތިބާ ރައްކާތެރިކުރައްވާށި، މިޙަދީޘް ތަފާތު ލަފުޡުތަކަކުން އައިސްފައިވެއެވެ. އަދި "ހުކުރު" މިލަފުޡު އައިސްފައިވާ ކޮންމެ ރިވާޔަތެއް ނުވަތަ "ހުކުރު ވިލޭރޭ" - އެރިވާޔަތްތަކުގައި ހާމަނޫން ބަލިކަށިކަން ވެއެވެ. އެހެނީ (އެނޫން ބޭފުޅުންނާއި ޚިލާފަށް) ދުވަހުގެ ނަން ގަނެވިފައިވަނީ، ނުޢައިމް ބުނު ޙައްމާދުލް ޚުޒާޢީ ގެ މަގުން އައިސްފައިވާ ރިވާޔަތްތަކުގައެވެ. އެއީ ޙަދީޘް ހިތުދަސްކުރުމުގައި ކުށްޖެހޭ ބޭފުޅެކެވެ.
އަދި "ވިލޭރޭ" ގެ ލަފުޡު އައިސްފައިވަނީ، އަބުލް ހާޝިމް އަރިހުން ހުޝައިމް ގެންނެވި ރިވާޔަތްތަކުގައި އެކަންޏެވެ. އަދި މިއީ އައްދާރިމީ ގައިވާ ލަފުޡެކެވެ. އަދި މިއީ ހާމަނޫން ބަލިކަށިކަން އެކުލެވޭ ރިވާޔަތެކެވެ.
އައްނަސާއީ "އަލްކުބްރާ" ގައި، ޝުޢުބާ މެދުވެރިކޮށް، ސުފްޔާންގެ އަރިހުން އަބޫ ހާޝިމް އައްރަމާނީ އަރިހުން އަބީ މަޖްލިޒް އަރިހުން ޤައިސް ބުނު ޢުބާދާ އަރިހުން އަބޫ ސަޢީދުލް ޚުދްރީ އަރިހުން، މިލަފުޒުން ރިވާކުރެއްވިއެވެ:
"އަލްކަހްފު ސޫރަތް ކިޔައިފި މީހަކަށް، ގަދީމީ ގެކޮޅު (އަލްކަޢްބާ) އިންފެށިގެން އޭނާ އާއި ދެމެދު، އޭނާ އަށް ލެވޭ ނޫރެއްވެއެވެ."
މިރިވާޔަތް ޞައްޙައެވެ. އަދި މިއީ މަޥްޤޫފު (ޞަޙާބީގެ ބަސްކޮޅެއް ގޮތުގައިވާ) ރިވާޔަތެކެވެ. އަދި އޭގެ ޙުކުމަކީ އަލްމަރްފޫޢު އެވެ. (ނަބިއްޔާ އަރިހުން އައިސްފައިވާ ބަސްކޮޅެއްކަމިގެ ޙުކުމެވެ.) އަދި އޭގައި ހަފްތާގެ އެންމެހާ ދުވަހެއް ހިމެނެއެވެ."
ޝެއިޚް ސުލައިމާން، އަލްޢުލްވާން (މަޞްދަރު)
~ގަލަންދާނު
Comments (0)
Be the first to comment.