ޙަދީޘް
This article is available in Dhivehi only.
ޙަދީޘް:
مَن تَركَ شَيئاً لله عَوضه الله خَيراً مِنهُ.
”ﷲ އަށް ޓަކައި އެއްޗެއް ދޫކޮށްފި މީހާއަށް، އެއަށްވުރެ ހެޔޮއެއްޗަކުން ﷲ ބަދަލުދެއްވާނެއެވެ.“
މިލަފުޡަކުން ނަބިއްޔު ﷺ އަރިހުން ވާރިދުވެފައެއް ނުވެއެވެ. އަދި ޘާބިތެއްވެސް ނޫނެވެ. [އެއީ ވަރަށް ގިނަ މީހުންގެ ތެރޭ މިލަފްޡު މަޝްހޫރުވިއެއްކަމަކު އެވެ.]
އަދި ޘާބިތުވެގެންވަނީ: އަބޫ ޤަތާދާ އަދި އަބުއް ދަހްމާއު ގެ ޙަދީޘެވެ:
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ:
إِنّكَ لن تَدعَ شَيئاً لله [عز وجل] إِلّا بدلكَ الله بِه مَا هو خَيرٌ لك مِنهُ.
ﷲ [عز وجل]
”ﷲ އަށްޓަކައި ތިބާ އެއްވެސް އެއްޗެއް ދޫނުކުރާނެތޭ — އެހެނަސް ތިބާއަށް އެއަށް ވުރެ ހެޔޮވެގެންވާނޭ އެއްޗަކަށް ﷲ އެ ބަދަލުކުރައްވާނޭ ގޮތުގައިމެނުވީއެވެ.“
ރިވާކުރެއްވީ އިމާމް އަޙްމަދު އެކަލޭގެފާނުގެ "މުސްނަދު" ގައި، އަދި އެނޫންވެސް ބޭފުޅުން، ”ރަނގަޅު ސަނަދަކުން“ ނެވެ.
— ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (ޓުވިޓަރ)
~ ގަލަންދާނު
Comments (0)
Be the first to comment.