ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާއި މެދު
This article is available in Dhivehi only.
⚠️ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާއި މެދު
ސުވާލު: މި ޙަދީޘް ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟ ﴿ لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتُرِضَ عَلَيْكُمْ ﴾ ”ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ވެއްޖެ ރޯދައެއް މެނުވީ، ހޮނިހިރު ދުވަހު ރޯދަ ނުހިފާށެވެ.“
ޖަވާބު: މި ޙަދީޘަކީ އޭގެ ސަނަދާއި އޭގެ މަތަނު (ބުނެވޭ އެތި) ވެސް އިންކާރުވެވިގެންވާ ޙަދީޘެކެވެ. އެއާއި މެދު އިމާމް މާލިކު ވިދާޅުވިއެވެ: ”މިއީ ދޮގެކެވެ.“ އެކަލޭގެފަނުގެ އަރިހުން މިވާހަކަ ޛިކުރު ކުރެއްވީ އަބޫ ދާވޫދު އެކަލޭގެފާނުންގެ ”ސުނަން“ ގައެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވި އެވެ: ”މި ފެތުރޭތަން ފެނުމާއި ހަމައަށް ތިމަންކަލޭގެފާނު މި ފޮރުވައިގެން ހުރީމެވެ.“ އެބަހީ، ހޮނިހިރު ދުވަހުގެ ރޯދައާއި މެދު މިވާ އިބްނު ބަސްރުގެ މި ޙަދީޘެވެ. ފަހެ ހަމަކަށަވަރުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ﴿ لَا يَصُومَنَّ أَحَدُكُمْ يَوْمَ اَلْجُمُعَةِ, إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ, أَوْ يَوْمًا بَعْدَهُ ﴾ ”އޭގެ ކުރިން އެއްދުވަހު ނޫނީ ފަހުން އެއްދުވަހު ރޯދަ ހިފާ ގޮތުގައި މެނުވީ، ހުކުރު ދުވަހު ތިޔަބައިމީހުން ކުރެ އެކެއްވެސް ރޯދަ ނުހިފާހުށި ކަމެވެ.“ (މިއީ އިއްތިފާޤުވެފައިވާ (އެބަހީ: އަލްބުޚާރީ އާއި މިސްލިމް) ޙަދީޘެއް، އަބޫ ހުރައިރާ އަރިހުން) މިއީ ހޮނިހިރު ދުވަހު ރޯދަ ހިފުމިގެ މައްޗަށް އޮތް ދަލީލެކެވެ. އަދި މިކަމުގައިވާ ޙަދީޘްތައް ގިނަގުނައެވެ — والله أعلم.
—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢުލްވާން (މަސްދަރު)
~ ގަލަންދާނު
----------------------
ނޯޓް: ޝައިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިޙަދީޘް އާއި މެދު ޙާފިޡުން ތެރޭ ޚިލާފުވެއެވެ. އެ ޞައްޙަ ކަމަށް ބައެއް ބޭކަލުން ވިދާޅުވިއެވެ. އަދި ޟަޢީފުކަމަށް އަނެއްބައި ބޭކަލުން ވިދާޅުވެއެވެ. އެއީ އިމާމް މާލިކުފަދައިންނެވެ... އަދި މީގެ އިސްނާދުގައި މާކަށް މައްސަލައެއް ނުވެއެވެ.“ އެއަށް ފަހު މިޙަދީޘް ގެ ޙުކުމް މަންސޫޚް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ދެޞަޙީޙްގައިވާ އަބޫ ހުރައިރާ ގެ ޙަދީޘް ގެ މައްޗަށް ބައްލަވައެވެ. އަދި މިއީ މިޙަދީޘް އާއި މެދު އިމާމް އަބޫ ދާވޫދުގެ ވެސް ނިންމެވުން ކަމުގައެވެ. (މަސްދަރު)
Comments (0)
Be the first to comment.