ނޯޓް: މިދުޢާ މީގައި އެކުލެވިފައިމިވާ މަތިވެރިކަން — ޞައްޙަ ނުވިޔަސް — އަޞްޙާބު ބޭކަލުންނާއި ސަލަފުން، މިދުޢާ ކިޔުއްވައި އުޅުއްވިކަން…
This article is available in Dhivehi only.
❷
(ނޯޓް: މިދުޢާ މީގައި އެކުލެވިފައިމިވާ މަތިވެރިކަން — ޞައްޙަ ނުވިޔަސް — އަޞްޙާބު ބޭކަލުންނާއި ސަލަފުން، މިދުޢާ ކިޔުއްވައި އުޅުއްވިކަން ޘާބިތެވެ. އޭގެ ތެރޭގައި އަލްބުޙާރީ އާއި އެނޫން ބޭކަލުން ރިވާކުރެއްވި ތަޔައްމުމް އާއި ބެހޭ އާޔަތް ބާއްވައިލެއްވުމުގެ ޙާދިޘާ ގައި، ޢާއިޝާ އަށް އުސައިދު ބުނު ޙުޟައިރު جَزَاكِ اللَّهُ خَيْرًا އޭ ވިދާޅުވި ކަމާއި، ޞަޙީޙް މުސްލިމް ގައިވާފަދައިން ޢުމަރު رضي الله عنه ޒަޚަމްކޮށްލެވިގެން ގެކޮޅަށް ގެނެވުނު އިރު، މީސްތަކުން އެކަލޭގެފާނަށް ޘަނާ ކިއުއްވާއި جَزَاكَ اللَّهُ خَيْرًا އޭ ދެންނެވިކަމަށް ވެއެވެ. އެހެނަސް މިއިން އެއްވެސް ރިވާޔަތެއްގައި މީގެ ޖަވާބެއް ގެ ގޮތުން ރައްދެއް ދެއްވިކަމަށް އައިސްފައި ނުވެއެވެ. އަދި މިދުޢާގެ ވަކި ޚާއްޞަ މަތިވެރި ކަމެއް އައިސްފައިވާ ޞައްޙަ ރިވާޔަތެއް ނުވެއެވެ.
އަދި ޠަލްޙަތަ ބްނު ޢުބައިދި ﷲ ބުނު ކަރީޒް އަރިހުން އިބްނު އަބީ ޝައިބާ، ޢުމަރުގެފާނު ވިދާޅުވި ބަސްފުޅެއް ގައިވަނީ: ”އެމީހެއްގެ އަޚާއަށް جَزَاكَ اللَّهُ خَيْرًا އޭ ބުނާ ބަސްކޮޅުން ލިބޭ އެއްޗެއް (އަޖުރު) އެނގޭނަމަ، ތިޔަބައިމީހުން ތެރޭ އެއްބަޔަކު އަނެއްބަޔަކަށް އެ ގިނަގުނަކޮށް ކިޔާނެތެވެ.“
އަދި އެހެނަސް އަލްމިއްޒީ މިރިވާޔަތުގެ ރާވީ، ޠަލްޙާ ބައްދަލުވެވާޑައިގެންނެވި އަޞްޙާބުންގެ ޖަމާއަތް ނަންގަންނެވިއިރު، ޢުމަރު ހިމެނިވަޑައިނުގަންނަވައެވެ. އެހެންކަމުން މިސަނަދު ވަނީ ކެނޑިފައެވެ.
Comments (0)
Be the first to comment.