އެހެންކަމުން މިފަދައިން ފޯނާއި އިންޓަރނެޓުގެ ވަޞީލަތްތައް ބޭނުންކޮށް، އަމިއްލައަށް ކުރެވިފައިވާ ކައިވެނިތައް ބާޠިލުކަމުގައި ޢިލްމުވެރިން…
This article is available in Dhivehi only.
❷
އެހެންކަމުން މިފަދައިން ފޯނާއި އިންޓަރނެޓުގެ ވަޞީލަތްތައް ބޭނުންކޮށް، އަމިއްލައަށް ކުރެވިފައިވާ ކައިވެނިތައް ބާޠިލުކަމުގައި ޢިލްމުވެރިން ކަނޑައެޅުއްވިއެވެ. އަދި ޢަޤުދުގެ ޞައްޙަކަން ނެތުމުން، އަންހެން މީހާގެ ޙުކުމަކީ އެފިރިހެނާގެ މައްޗަށް ހިލޭ މީހެއް ކަމެވެ. އަދި މިސަބަބަށްޓަކައި އިއްދައެއް އޭގައި ނުވެއެވެ. އެހެނަސް އެއަންހެނާގެ މައްޗަށްވަނީ ޙައިޟުވުމާއި ހަމަޔަށް އިތުރު ކައިވެންޏެއް ނުކޮށް މަޑުކުރުމެވެ. އެއީ ބަނޑުހުސްތޯ ކަށަވަރު ކުރުމަށެވެ. އަދި އިސްލާމްވެބް ގެ ފަތުވާ މަޖިލިހުގެ 44492 އާއި އެނޫން ފަތުވާ ތަކުގައި ވެސް މިކައިވެނިތައް ޞައްޙަވެގެން ނުވާކަމަށް ބަޔާން ކުރައްވާފައިވެއެވެ. (އިތުރަށް 79298, 53870)
ނޯޓް: އަދި އެހެނަސް ކައިވެނި ކޮށްދިނުމަށް ވަލީވެރިޔާއަށް ހާޒިރުވެވެން ނެތް ޙާލުގައި، އޭނާގެ ފުށުން އެކަމަށް ވަކީލެއް އައްޔަންކުރުމަށް ފޯނު ބޭނުން ކުރެވިދާނެއެވެ. އަދި އެ ވަކީލު ކައިވެނީގެ މަޖިލިހަށް ޙާޟިރުވުން ޝަރުޠުވެގެންވެއެވެ. (ތަފްޞީލަށް އިސްލާމްވެބް ފަތުވާ 56665) އަދި އަންހެނާ ކައިވެނި މަޖިލިހުގައި ހުރުން ލާޒިމެއް ނޫނެވެ. އަދި އޭނަގެ ފުށުން އެޢަޤުދު އޭނާގެ ވަލީވެރިޔާ ނޫނީ ވަލީވެރިޔާ އައްޔަން ކުރާ މަންދޫބު ފުދިގެން ވެއެވެ. — الله أعلم.
~ ގަލަންދާނު
-------------------------
ނޯޓް: މި ރައުޔުގައި އިޚްތިލާފު އޮތީ އޮޅުވައިލުމާއި ގޯސްހެދުމުގެ ފުރުސަތުގެ ގާތްކަމުގެ މައްޗަށެވެ. އަދި ފަތުވާގައި އެވަނީ ރައްކާތެރި ގޮތެވެ. ފަސާދައިގެ ދޮރުބަންދުކުރުމަށެވެ. އަދި އޮޅުވައި ނުލުމާއި އިތުބާރު އޭގައި ރަސްމީ ސިފަޔެއްގައި އޮވެއްޖެ ހިނދު، އެއީ އޭގެ ޒާތުގައި ޙުއްދަކަމެއް ކަމީ ބުރަދަން ބޮޑު ޤަޥްލެކެވެ. الله أعلم.
~ ގަލަންދާނު
Comments (0)
Be the first to comment.