މުޤީމެއްގެ ފަހަތުގައި ދަތުރުވެރިޔާ ގެ ނަމާދު ]
This article is available in Dhivehi only.
[ މުޤީމެއްގެ ފަހަތުގައި ދަތުރުވެރިޔާ ގެ ނަމާދު ]
ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން
ސުވާލު: މީހަކު ދަތުރުކޮށް، އޭނާ އެބިމަކަށް ދަތުރުކުރި ބިމަށް ދެވުނެވެ. އަދި މުޤީމުވެ ހުރި އިމާމެއް ފަހަތުގައި ނަމާދު ކުރުމަށް އިރާދަލިޔެވެ. (ޤަސްދުކުރިއެވެ.) އޭނާގެ ނަމާދު ޞައްޙަ ވާނެހެއްޔެވެ؟
ޖަވާބު: މުޤީމެއްގެ ފަހަތުގައި ދަތުރުވެރިއެއް ނަމާދުކުރުން މަނައު ވަނިވި ސަބަބެއް ނުވެއެވެ. އެއީ ނަމާދު ކުރާގޮތް ތަފާތުވިޔަސް ނޫނީ ނުވިޔަސް އެވެ. އަދި(ދެމީހުންގެ) ނިޔަތް ޚިލާފުވުމަކީ މިކަމަށް އަޘާރު ކުރާނޭ ކަމެއް ނޫނެވެ. އެހެނަސް (ނަމާދު ނިމެން) ރަކުޢަތަކަށްވުރެ މަދުވެފައިވަނިކޮށް ދަތުރުވެރިޔާއަށް އިމާމު ފަހަތަށް އާދެވިއްޖެތަ، އޭނާ އެނަމާދު ކުރުންވަނީ ޤަޞްރުކޮށެވެ. (ނުވަތަ ދަތުރުވެރިއެއް ފަދައިންނެވެ.)
މީގެ މިޘާލަކަށް: ދަތުރުވެރިޔަކަށް އިމާމު މީހާ ފަހަތަށް އެރުނުއިރު ލިބުނީ މެންދުރު ނަމާދުގެ ފަހު ތަޝައްހުދެވެ. (އައްތަޙިއްޔާތެވެ.) އެހިނދުން، އޭނާ އަށް ކުރުންވަނީ މެންދުރު ދެރަކުޢަތަށެވެ. މިއީ އޭނާއަށް ނަމާދު (ޖަމާޢަތު) ގައި އެއްރަކުޢަތް ނުވަތަ އެއަށްވުރެ އިތުރަށް ނުލިބިއްޖެނަމައެވެ.
ދެންފަހެ، މުޤީމުގެ ނަމާދުގައު ރަކުޢަތެއް ނޫނީ އެއަށްވުރެ އިތުރަށް އޭނާއަށް (ދަތުރުވެރިޔާއަށް) ލިބިއްޖެނަމަ، ފަހެ (އިމާމު މީހާ އާއި އެއްވަރަށް ރަކުޢަތުގެ އަދަދު) ފުރިހަމަކުރުން ވާޖިބެވެ. އަދި މިއީ ޢިލްމުވެރިން ކުރެ ގިނަ ބޭކަލުންގެ މަޛުހަބެވެ. (ދެކިލައްވާ ގޮތެވެ.) އެއީ އިބްނު ޢައްބާސް އާއި އިބްނު ޢުމަރު رضي الله عنهما އަރިހުން ރިވާވެފައިވާ ގޮތެވެ.
އަދި ޞަޙީހު މުސްލިމް (688) ގައި، މޫސާ ބުނު ސަލާމަތުކް ހަޒަކީ އަރިހުން ރިވެފައިވެއެވެ. ވިދާޅުވިއެވެ: އިބްނު ޢައްބާސް އަރިހު އަހަރެން ސުވާލުކުޅައީމެވެ: އަހަރެން މައްކާގައި (ދަތުރުގައި) ވޭމެ، އިމާމުގެ ފަހަތުގައި ނަމާދު ނުކުރާނަމަ، އަހަރެންގެ ނަމާދު ކުރަންޖެހޭނީ ކޮންފަދައަކުންތޯއެވެ؟ ވިދާޅުވިއެވެ: ”ދެރަކުޢަތެވެ. އަބުލް ޤާސިމް صلى الله عليه وسلم ގެ ސުންނަތަކީ މިއީއެވެ.“
އަދި ޞަޙީހު މުސްލިމް (694) ގައި، ނާފިޢުގެ މަގުން، އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ: ”އިބްނު ޢުމަރު އިމާމު މީހާ ފަހަތުގައި ނަމާދު ކުރައްވަނީ ނަމަ ހަތަރު (ރަކުޢަތް) ކުރައްވައެވެ. އަދި އެނަމާދު އެކަނި ކުރައްވަނީނަމަ ދެރަކުޢަތް ކުރައްވައެވެ.“
އަދި އަލްބައިހާޤީ "ސުނަން" ގައި، ސުލައިމާނު އައްތަމީމީގެ މަގުން، އަބޫ މަޖްލަޒް އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: އިބްނު ޢުމަރު އަށް އަހަރެން ދެންނެވީމެވެ: ދަތުރުވެރިޔާއަށް މީސްތަކުންގެ ނަމާދުން —އެބަހީ މުޤީމުންގެ ނަމާދުން — ލިބުނީ ދެރަކުޢަތެވެ. އޭނާއަށްވަނީ ދެރަކުޢަތުން ފުއްދައިލުން ހެއްޔެވެ؟ ނޫނީ މީސްތަކުންގެ ނަމާދާއި އެއްވަރު ކުރުން ހެއްޔެވެ؟ (އަބޫ މަޖްލަޒް) ވިދާޅުވިއެވެ: އެހިނދު އެކަލޭގެފާނު ހިނިވަރުނަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ”ނަމާދު ކުރާނީ އެވެރިންގެ ނަމާދުންނެވެ.“
އަދި ނަމާދު ގެ ވައްޓަފާޅި ތަފާތު ނަމަ، މިޘާލަކަށް ޢިޝާ ނަމާދު ކުރާ މުޤީމެއްގެ ފަހަތުގައި ދަތުރުވެރިޔާ މަޣްރިބު ނަމާދު ކުރާހިނދު، ފަހެ އޭނާ އަށްވަނީ އެހިނދު ތިންވަނަ ރަކުޢަތަށްފަހު އިށީނުނެވެ.
އެހިނދު އޭނާއަށް ވަނީ، ނަމާދު ފުރިހަމަކޮށް އަވަދިވުންތޯ ނޫނީ އިމާމު މީހާ ނަމާދު ފުރިހަމަކުރުމަށް އިންތިޒާރުކޮށް އޭނާއާއި އެކު ތަޝައްހަދު ކިޔައި ސަލާމް ދިނުންތޯ؟
މިދެޤައުލުން ކުރެ ކޮންމެ ޤައުލަކަށްވެސް ބުރަދަން އެބަހުއްޓެވެ. އަދި އަހަރެންގެ ނަޡަރުގައި ބޮޑަށް ބުރަދަން ބޮޑީ ދެވަނަ ރައުޔަށެވެ. އެއީ އިންތިޒާރުކުރުމެވެ.
އަދި މީގެ އިދިކޮޅަށް ކަންތައް އޮންނަހިނދު، އެއީ މިޘާލަކަށް މަޣްރިބު ނަމާދުކުރާ މުޤީމެއްގެ ފަހަތުގައި ޢިޝާ ނަމާދު ކުރާދަތުރުވެރިޔެއް ހުރެއްޖެ ޙާލަތުގައި، މިމަސްއަލާގައި އަހަރެންނަށް (ދަލީލުގެ މައްޗަށް) ފާޅުކަން ބޮޑީ، އޭނާ ދެރަކުޢަތް ކޮށް ދެން އިމާމުމީހާ ނަމާދު ފުރިހަމަ ކުރަންދެން އިންތިޒާރު ކުރުމެވެ. އަދި އޭނާ އާއި އެކީ ތަޝައްހުދު ކިޔައި ސަލާމް ދިނުނެވެ. والله أعلم .
~ ގަލަންދާން
___________
* ނޯޓް: މިފަތުވާގެ މަޞްދަރަކީ އިސްލާމް ސުވާލާއި ޖަވާބު ގެ ފަތުވާ ނަންބަރު 26186 އެވެ. އެއީ ޖަނުއަރީ 25، 2010 ވަނަ އަހަރުގައެވެ. އެހެނަސް މިހާރު އެސައިޓުގައި މިފަތުވާ އެއް ނެތެވެ. އޭގެ ކޮޕީއެއްް އިންޓަރނެޓް އަރކައިވް ގެ އަރުޝީފުގައި ވެއެވެ. (ޢަރަބި) (އިނގިރޭސި)
Comments (0)
Be the first to comment.