ވުޟޫއު ކުރުމުގައި ތުނބުޅި ވިނެއުމުގެ ފިޤުހު
This article is available in Dhivehi only.
➊
📌 ވުޟޫއު ކުރުމުގައި ތުނބުޅި ވިނެއުމުގެ ފިޤުހު
— އައްޠަރީފީ ގެ "ޞިއްފަތު ވުޟޫއިއް ނަބިއްޔި ﷺ ، ޞ. 130 - 137 )
🔻🔻
ތުނބުޅި ވިނެވުމަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި ޝަރުޢުވެގެންވާ ކަމެކެވެ. އަދި އެޢަމަލުގެ މައްޗަށް ސަލަފުން އަރިހުން އަޘަރުތައް ވާރިދުވެފައިވެއެވެ. އަދި ޖުމްލަގޮތެއްގައި އެކަން އެއީ ވުޟޫއު 'ފުރިހަމައަށް ކުރުމާއި ފުރިހަމަޔަށް (ފެން) ޖެއްސެމު' ގެ ތެރޭގައިވާ ކަންތަކުގެ ތެރޭން ކަމެއް ގޮތުގައި އެބޭކަލުން ހިމެނުއްވިއެވެ. އެއީ އެކަމުގެ މައްޗަށް މަރްފޫޢަ ޙަދީޘެއް ޘާބިތުވެފައި ނުވިޔަސް އެވެ. ފަހެ އަޞްޙާބު ބޭކަލުންގެ އަރިހުން އެކަމުގެ މައްޗަށް އަޘަރުތައް ޘާބިތުވެފައިވެއެވެ. އަދި ތުނބުޅި ވިނެވުންވަނީ މޫނު ދޮވުމާއި ވިދިގެނެވެ. އަދި ބޮލުގައި ފެންފުހުމަކާއި ވިދިގެނެއް ނޫނެވެ. އަދި ބޮލާއިއެކު އޭގައި ފެންފުހުމަކަށްވެސް ނޫނީ ވިނެވުނަކަށްވެސް، މަރްފޫޢަ ޙަދީޘެއްވިޔަސް، ނޫނީ އަޞްޙާބު ބޭކަލުން އަރިހުން މަޥްޤޫފު އަޘަރެއްވިޔަސް ޘާބިތުވެފައި ނުއެވެ.
📍 ތުނބުޅިއާއި މެދު ވުޟޫއުގައި ތިން ޙުކުމެއް ވެއެވެ. އެއިން ދެކަމެއްގެ މައްޗަށް އަޘަރު ވާރިދުވެފައިވެއެވެ. އަަދި އެކައްޗަކީ ސުންނަތާއި ޚިލާފު ކަމެކެވެ. އެކަންކަމީ:
ފުރަތަމަ ކަމަކަށް: ތުނބުޅި ވިނެވުން: ފަހެ މިއީ ޝަރުޢުވެގެންވާ ކަމެކެވެ. އެއީ ޢަޞްޙަބު ބޭކަލުންގެ ޢަމަލު ފުޅެވެ. މިކަން ޞައްޙަކަމާއި އެކު އިބްނު ޢައްބާސް⁽¹⁾ އާއި އިބްނު ޢުމަރު⁽²⁾ އާއި އަނަސް⁽³⁾ އާއި އަބޫ މޫސާ އަލްއަޝްޢަރީ⁽⁴⁾ އަރިހުން އައިސްފައިވެއެވެ. އަދި އެބޭކަލުންގެ މެދުގަައި މިކަމާއިމެދު ޚިލާފެއް ވާކަމަށް އެނގިފައެއް ނުވެއެވެ. އަދި (މިއާއިއެކު) އެއިން ބައެއް ބޭކަލުން ނުވިނުއްވައި ދޫކުރެއްވި ކަމަށް ރިވާވެފައި ވެއެވެ.⁽⁵⁾ އަދި މިއިން އޭގެ ޙުކުމް ލުއިކޮށްދިނުމަށް މަންފަޢު ކުރެއެވެ.
• ދެންފަހެ ތުނބުޅި ވިނެވުމުގެ ވައްޓަފާޅި އާއިމެދު:
ފަހެ އެއަށް މިޘާލު ވަނީ ވިނެވުމުގެ ޞިފައާއި މެދު ޞައްޙަ ގޮތުގައި، އިބްނު ޢައްބާސް⁽⁶⁾ އާއި އިބްނު ޢުމަރު⁽⁷⁾ އާއި އަބޫ މޫސާ⁽⁸⁾ އަރިހުން ރިވާވެފައިވާ: "އިސްތަށީގެ ބުޑު، އަތުން ހާއްކަވައޭ" އެވެ.
އަދި އިބްނު ޢުމަރު އާއި އަބޫ މޫސާ އަރިހުން ޞައްޙަވެގެން ވާގޮތުގައި، އެއިން ބޭކަލެއް ވުޟޫއު ކުރައްވާނަމަ، "މޫނުގެ ދެއަރިމަތި އަތުން އުނގުޅައިލައްވައޭ އެވެ. އަދި ބައެއް ފަހަރު އިނގިލިތަކުން ތުނބުޅި ވިނަވާލައްވައޭ އެވެ. އަދި ބައެއްފަހަރު އެކަން ނުކުރައްވަ އޭ އެވެ."
މިކަން ރިވާ ކުރެއްވީ އަބޫ ޢަމްރު ބުނުލް ޢުލާއު، އެކަލޭގެފާނު ނާފިޢު ފުށުން އިބްނު ޢުމަރު އަރިހުން ނެވެ. އަދި ޢަބްދާ ފުށުން އަބޫ މޫސާ ގެ އަރިހުންނެވެ. އަދި އިބްނު ޖަރީރް މިތަކެތި ރިވާކުރެއްވިއެވެ.⁽⁹⁾
އަދި މިކަން ތާބިޢީންގެ ބޮޑެެތީން ކުރެ ޢުބައިދި ބްނި ޢުމައިރު އަރިހުން ޞައްޙަކޮށް އައިސްފައިވެއެވެ.⁽¹⁰⁾ އަދި މީގެ މައްޗަށް މުޖާހިދު⁽¹¹⁾ އާއި ޢަޠާއު⁽¹²⁾ އާއި އިބްނު ސީރީން⁽¹³⁾ އާއި ސަޢީދު ބުނު ޖުބައިރު⁽¹⁴⁾ ޢަމަލު ކުރެއްވި އެވެ.
___________
[1] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" 99 ގައި
[2] ކުރީގެ (100)
[3] ކުރީގެ (101)
[4] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ "އައްތަފްސީރް" (8/174) ގައި
[5] ރިވާވެފައިވަނީ ޢަލީގެފާނު އަރިހުން ، އެއީ އިބްނު އަބީ ޝައިބާ (71) ގައިވާ ފަދައިން
[6] ރިވާކުރެއްވީ: އިބްނުލް މުންޛިރު "އަލްއަޥްސަޠު" (365) ގައި
[7] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ "އައްތަފްސީރް" (8/173) ގައި
[8] ކުރީގެ (8/174)
[9] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ "އައްތަފްސީރް" (8/173) ގައި
[10] ކުރީގެ (8/173)
[11] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ، "އަލްމުޞައްނަފް" (107) ގައި
[12] ކުރީގެ (129)
[13] ކުރީގެ (108)
[14] ކުރީގެ (103)
Comments (0)
Be the first to comment.