ތުނބުޅި މޫނާއި އެކު ވަނީ ދެ ޙާލަތަކަށެވެ
This article is available in Dhivehi only.
➌
📍 ތުނބުޅި މޫނާއި އެކު ވަނީ ދެ ޙާލަތަކަށެވެ:
ފުރަތަމަ ޙާލަތަކީ: އިސްތަށި ތުނިކޮށް ހުރެ އޭގެ ދަށުންވާ ހަންގަނޑު ފާޅުވާން ހުރުމެވެ. އެހިނދު ހަންގަނޑު (ތުނި ތުނބުޅިއާއި އެކު ފާޅުވާން ހުރި ބައި) ދޮވުންވެއެވެ. އަދި އިސްތަށީގައި ފެންފުހުމެއް (އެހިނދުގައި) ނުވެއެވެ. އަދި އެވިނެވުންވެސް ނުފުދޭނެއެވެ. އަދި މިއީ ހަތަރު އިމާމުންގެ ބަސްފުޅުން ފާޅުވާން އޮތް ގޮތެވެ.⁽²²⁾
ދެވަނަ ޙާލަތަކީ: އެއިސްތަށްޓާއި އެކުގައިވާ ހަންގަނޑު ފާޅުވާން ނުހުރުމެވެ. އެހެންކަމުން މޫނުގެ ހަންގަނޑުން ފާޅުވާން ހުރިބައި ދޮވެ ދެން އަދި ތުނބުޅީގެ އިސްތަށިން ފާޅުވާން ހުރިބައި ވިނަވާނީއެވެ. (އޭގެ ފަހަތުގައި ފޮރުވިފައިވާ މޫނުމަތީގެ ހަންގަނޑު ދޮވުމެއް ނުވެއެވެ.)
📍 ތުނބުޅި ވިނެވުމުގެ ޙުކުމް
ޢުޘްމާންގެފާނުގެ ރިވާޔަތުގައިވާ އެކަމުގެ ބަސްފުޅު: (އަދި އެކަލޭގެފާނުގެ މޫނުފުޅު ދޮންނެވިހިނދު ތުނބުޅިފުޅު ވިނަވާލެއްވި އޭ) ، އެ ރިވާކުރެއްވީ ޢާމިރު، ޝަޤީޤުގެ އަރިހުން، ޢުޘްމާނުގެފާނު އަރިހުންނެވެ. ގެންނަވާފައިވަނީ ޢަބްދުއް ރައްޒާޤު އެކަލޭގެފާނުގެ "މުޞައްނަފް"⁽²³⁾ ގައެވެ. އަދި އިބްނު ޚުޒައިމާާ އެވެ.⁽²⁴⁾ އަދި ހަމަ މި ސަނަދުގެ މަގުން އައްތިރުމިޛީ އާއި އިބްނު މާޖާ، ވިނެވިކަމުގެ މައްޗަށް އެކަނި ރިވާކުރެއްވި އެވެ.⁽²⁵⁾ އަދި ޢާމިރު އަކީ ޙަދީޘް ރިވާކުރުމުގައި ޟަޢީފު ފަރާތެކެވެ.⁽²⁶⁾ އަދި އަލްބުޚާރީ މިސަނަދުގެ ރާސްތާ އާއި މެދު ވިދާޅުވިއެވެ: ”ތުނބުޅި ވިނެވުމާއިމެދު ޞައްޙަކަމުގެ މިންވަރުގައި އެންމެ ބޮޑު އެއްޗަކީ މި (އެކަންޏެވެ.).“⁽²⁷⁾
ދެންފަހެ ތުނބުޅި ވިނެވުން ވާޖިބުވެގެން ނުވެއެވެ. އެއީ މިބާބުގައި މަރްފޫޢަު ކޮށް ނަބިއްޔު ﷺ އަރިހުން ޞައްޙަ ގޮތުގައި އެއްވެސް އެއްޗެއް ޘާބިތުވެފައި ނުވުމުންނެވެ. އަދި ނަބިއްޔު ﷺ ގެ ތުނބުޅި ފުޅު ބޯވެގެން ވެއެވެ. އަދި ޢަމަލުން ވިނެވާލެއްވިކަމަށް ޞައްޙަ އެއްވެސް އެއްޗެއް ނެތުން އެކަނި، މިކަމުގައި ވާޖިބުކަން ނުވާކަމުގެ މައްޗަށް ދަލީލަކަށް ފުދެއެވެ.
އަދި ނަބިއްޔު ﷺ ވުޟޫއު ކުރެއްވި ކަމުގެ ޞިފަފުޅާއިމެދުގައި ވާ ބައެއް ރިވާޔަތް ތަކުގައި ވިނަވައިލެއްވި ކަމަށް އައިސްފައިވެއެވެ. އެއީ ޢުޘްމާންގެފާނުގެ ޙަދީޘް⁽²⁸⁾ އާއި ޢާއިޝާ⁽²⁹⁾ އާއި އުއްމު ސަލަމާ ⁽³⁰⁾ އާއި އަނަސް ⁽³¹⁾ އާއި އިބްނު ޢައްބާސް ⁽³²⁾ އާއި ޢައްމާރި ބްނި ޔާސިރް ⁽³³⁾ އާއި އަބޫ އުމާމާ ⁽³⁴⁾ އާއި އަބޫ އައްޔޫބު ⁽³⁵⁾ އާއި އިބްނު ޢުމަރު⁽³⁶⁾ އާއި ޖާބިރު ⁽³⁷⁾ އާއި އެނޫން ބޭކަލުންގެ އަރިހުން ނެވެ. އަދި އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އެއީ އަޙްމަދު⁽³⁸⁾ އާއި އަބޫ ޙާތިމް⁽³⁹⁾ ވިދާޅުވި ފަދައިންނެވެ.
އަދި ދެ ޝައިޚުން (އެބަހީ: އަލްބުޚާރީ އާއި މުސްލިމް) އެކަމުގައި އެއްވެސް އެއްޗެއް — މަރްފޫޢަު ކޮށްވިޔަސް މަޥްޤޫފު ކޮށް ވިޔަސް — ރިވާ ނުކުރައްވައެވެ. އަދި ޞައްޙަ ޙަދީޘް ތކުގައި ތުނބުޅި ވިނެވައިލެއްވި ކަމަށް — އެއީ އެ (ޞައްޙަ) ރިވާޔަތް ތަކުގެ ގިނަ ކަމާއި ގިނަ އަދަދެއްގެ ބަސްމަގާއި ރާސްތާ ތަކުން އައިސްފައިވާ ހިނދު — ޛިކުރު ވެފައި ނުވުމަކީ، މިކަމުގައި ވާޖިބުކަން ނުވާ ކަމުގެ މައްޗަށް ދަލީލެކެވެ. އަދި ސަލަފުން އެކަން (ޝަރުޢުވެގެންވުން) ކަށަވަރު ނުކުރައްވަތެވެ. އަދިކިއެއްތަ، މާލިކު ވިދާޅުވެފައި ވެއެވެ: ”ވުޟޫއުގައި އެ ވިނެވުމީ މީސްތަކުން ކޮށްއުޅޭ ކަމެއް ނޫނެވެ.“⁽⁴⁰⁾
__________
[22] ބައްލަވާ: ޙާޝިޔަތި އިބްނި ޢާބިދީން (1/117) ، އަލްޚައްޠާބް ގެ މަވާހިބިލް ޖަލީލް (1/190) އައްނަވަވީ ގެ "އަލްމަޖްމޫޢް" (1/376) އަދި އޭގައި މިކަމުގެ މައްޗަށް އިއްތިފާޤުވާކަމަށް ގެންނެވި، އިބްނު ޣުދާމާ ގެ "އަލްމުޣްނީ" (1/86)
[23] (125) ގައި
[24] ރިވާކުރެއްވީ: އިބްނު ޚުޒައިމާާ (152)
[25] ރިވާކުރެއްވީ: އައްތިރުމިޛީ (31) އަދި އިބްނު މާޖާ (430)
[26] ޞ. 90 މިވާހަކަ އިސްވެ ބަޔާންވެއްޖެ
[27] އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވީ އައްތިރުމިޛީ "އައްސުނަން" (1/86) ގައި
[28] އެއީ މިބާބުގައި ވާހަކަ މިދެކެވޭ މައިގަނޑު ޙަދީޘް
[29] ރިވާކުރެއްވީ: އަޙްމަދު "މުސްނަދު" (25971) ގައި
[30] ރިވާކުރެއްވީ: އައްޠަބަރާނީ "އަލްކަބީރް" (664) ގައި
[31] ރިވާކުރެއްވީ: އިބްނު މާޖާ (431) އަދި އައްޠަބަރާނީ "އަލްއަޥްސަޠް" (520) ގައި
[32] ރިވާކުރެއްވީ: އައްޠަބަރާނީ "އަލްއަޥްސަޠް" (2277) ގައި
[33] ރިވާކުރެއްވީ: އައްތިރުމިޛީ (29) އަދި އިބްނު މާޖާ (429)
[34] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (112) އަދި އައްޠަބަރާނީ "އަލްކަބީރް" (8080) ގައި
[35] ރިވާކުރެއްވީ: އަޙްމަދު "މުސްނަދު" (23541) ގައި ، އަދި އިބްނު މާޖާ (433)
[36] ރިވާކުރެއްވީ: އިބްނު މާޖާ (432) ، އައްޠަބަރާނީ "އަލްއަޥްސަޠް" (1363) ގައި
[37] ރިވާކުރެއްވީ: އިބްނު ޢަދިއްޔު "އަލްކާމިލް" (2/89) ގައި
[38] ބައްލަވާ: އަބޫ ދާޥޫދު ރިވާކުރެއްވި "މަސާއިލުލް އިމާމި އަހްމަދް" (1/13)
[39] ބައްލަވާ: އިބްނު އަބީ ޙާތިމް ގެ "އަލްޢުލަލް" (101)
[40] އިބްނު ޢަބްދުލް ބައްރު ގެ އަލްއިސްތިޛްކާރް (1/127)
Comments (0)
Be the first to comment.