Fiqh / Namaadhu
މުޢައްޛިން (ބަންގި ގޮވާ މީހާ) އަށް ވުޟޫއު ވާޖިބު ވެގެންވޭތޯ އަހަރެންގެ ބައްޕަ ގާތު އަހަރެން ސުވާލު ކުރީމެވެ. ވިދާޅުވިއެވެ
By Galandān Admin31 December 2021 at 05:040 Comments
This article is available in Dhivehi only.
••
މުޢައްޛިން (ބަންގި ގޮވާ މީހާ) އަށް ވުޟޫއު ވާޖިބު ވެގެންވޭތޯ އަހަރެންގެ ބައްޕަ ގާތު އަހަރެން ސުވާލު ކުރީމެވެ. ވިދާޅުވިއެވެ:
❞ އޭނާގެ މައްޗަށް ވުޟޫއު ވާޖިބު ވެގެން ނުވެއެވެ. އެހެނީ ބަންގި އަކީ ޛިކުރެކެވެ. ފަހެ ވުޟޫއު ގައި ހުރުން، އެއީ މޮޅު އިތުރުގޮތެވެ. އަދި ވުޟޫއު ގައި ނެތިމެ، ބަންގި ގޮވައިފިނަމަ، އޭގައި މައްސަލައެއް ނެތެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ”ނަބިއްޔު ﷺ އެންމެހާ އިރެއްގައިވެސް ﷲ ޛިކުރު ކުރައްވަ އެވެ. ❝
—ޢަބްދުލް މަލިކް، އަލްޢަލްވާން (މަސްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.