އަދި ޞައްފު ގާތް ކުރުމުގައި އެއަކަށް އަސާސެއް ނެތް ކަންކަމުގެ އަލަށް އުފެދިފައިވާ ކަންކަމުގެ ތެރޭގައި: ބައެއް ނަމާދުވެރީން ފަރާތުން…
This article is available in Dhivehi only.
➋
އަދި ޞައްފު ގާތް ކުރުމުގައި އެއަކަށް އަސާސެއް ނެތް ކަންކަމުގެ އަލަށް އުފެދިފައިވާ ކަންކަމުގެ ތެރޭގައި: ބައެއް ނަމާދުވެރީން ފަރާތުން އަހަރެމެންނަށް ފެންނަ އެއްކަމަކީ: ސަފުގެ ކަނާތުގައި އޭނާ ހުރެއްޖެނަމަ ކަނާތައް ޖެހި ވާތުގައި ހުރެއްޖެނަމަ ވާތަށް ޖެހި، އޭނާއާއި ޖެހިގެން ހުރި މީހާގެ ފައިގެ ކުޑަހުޅުގައި އޭނާގެ ކުޑަހުޅު ޖައްސުމުގެ ގޮތުން އޭނާގެ ފުންނާބު ފޭކުރުމެވެ. އަދި މިއީ ވާރިދުވެފައިވާ ގޮތުގެ މައްޗަށް އިތުރުކުރެވޭ ކަމެކެވެ. އަދި ސުންނަތް އަދާކުރުމުގައި (އޭގައި އޮންނަގޮތާއި ޚިލާފަށް) ހައްދުފަހަނަ އެޅުމެކެވެ. މިއީ ދެގޮތަކުން ކުށް ގޮތެކެވެ:
ފުރަތަމައީ: ޞަފު ގާތްވުން ވަނީ، އިމާމު މީހާ އާއި ދިމާލަށެވެ. އެހެންކަމުން ޞަފުގެ ކަނާތުގައިވާ މީހާ ގާތްވުން ވަނީ ވާތަށެވެ. އިމާމު މީހާ އާއި ދިމާލަށެވެ. އަދި އެހެން އެކަކަށް ފަހު އަނެކަކު ވާތަށް ޖެހި އޭގެ ސަބަބުން: ސަފު ސީދާވެ، ހުސްޖާގަ ފުރި، ކަރުތައް ގާތްވެ އެއްހަމަވެ، އަދި ކޮނޑުތަކާއި ކުޑަހުޅުތައްވެސް އެވެ. އަދި ފުރަތަމަ ޞަފު އެންމެފުރަތަމަ ފުރާލުމެވެ. ޞަފަކަށްފަހު ޞަފެވެ.
ދެންފަހެ ކަނާއަތު ފަޔަށް ގާތްވުން ވަނީ ޞަފުގެ ވާތްފަރާތުގައިވާ މީހުންނެވެ. އަދި މިކަމުގައި ފައި ގާތްކުރަމުން ގޮސް (އަނެކާގެ ފަޔާއި) ތަތްވުމާާއި ހަމައަށް އެ ގާތް ކުރުން، ފަހެ މިއީ ސާފު ކުށެކެވެ. އަދި ފާޅުވެގެންވާ ފަދައިން ތަކުލީފެކެވެ. އަދި މިފަހަކުން ފާޅުވެފައިވާ ސުންނަތް އަދައުކުރުމުގެ(މާނައިގައިވާ) ހައްދުން ނެއްޓުމެކެވެ. އަދި ބާރަށް ފިތި، އެއަކަށް ޝަރުޢުވެފައި ނުވާ ކަމެއްގައި މީހާ މަޝްޣޫލުވެ، ޞަފުގެ ތެރޭ ހުސްޖާގަތައް (އެއިން) ފުޅާވެއެވެ. މިކަން ފެންނަނީ އޭނާ މައުމޫމުވެ ހުރެ ސަޖިދަޔަށް ދިޔުމަށް ފަހުއެވެ. އަދި ތެދުވެ ހުސްޖާގަ ފުރުމަށް މީހާ މަޝްޣޫލުވެގަނެއެވެ. އޭނާގެ ފުންނާބު ތަންފުކުފުކަށްޖައްސައި އޭނާގެ ފައިގެ ކޮޅު ޤިބުލައިން ނެއްޓި ހިނގައިދެއެވެ.⁽⁸⁾
އަދި މިކަމުގައި އެމީހަކަށް ވުރެ އަވަހަށް އަވަދިވާ މީހެއް އޭނާގެ ޖާގަ ދަމައިގަތުންވެސް ހިމެނެއެވެ. އަދި ޙައްޤަކާއި ނުލައި އެނޫން މީހާގެ ފައިގެ ޖަގަހަ ޖަހައިގަތުންވެސް މެއެވެ. އަދި މިއެންމެހާ ކަމީ އެއަކަށް ޝަރުޢުވެވިފައިނުވާ ކަމެއް ސުންނަތް ކުޅައުމެވެ.
ދެވަނައީ: ނަބިއްޔު ﷺ ފައިގެ ކުޑަހުޅުތަކާއި ކޮނޑުތައް އެއްހަމަ ކުރުމަށް އަމުރުކުރެއްވި ހިނދު، «ކަރުތައް» އެއްހަމަ ކުރުމަށްވެސް އެކަލޭގެފާނު އަމުރު ކުރެއްވިކަމެވެ. އެއީ އަނަސް رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް ގައި އައްނަސާއީ (ޞ 814) ގައި ވާރިދުވެފައިވާ ފަދައިން ނެވެ.
އަދި މިއެންމެހާ ކަމެއް، އެބަހީ: ޞަފު ސީދާ ކުރުމާއި، އެއްހަމަ ކުރުމާއި، (ދެއަތަށް) އެއްވަރު ކުރުމާއި، ހުސްޖާގަ ފުރުން — އޭގެ މާނައީ «الإلزاق» (ޖެހި ތަތްވާފަދައިން) އެކަން ކުރުމެއް ނޫނެވެ. އެހެނީ ކަރާއިކަރު އަދި ކަކުލާއިކަކޫ ޖެއްސުމަކީ ކުޅަދާނަކަމެއް ނޫނެވެ. އަދި ކުޑަހުޅާއި ކުޑަހުޅު ޖެއްސުން، މިއީ އެކަމެއް ސީދާ ކުޅައުމަށް އެންމެންނަށްވެސް ޢުޛުރު އެކުލެވޭ، އެކަމުގައި ތަކުލީފާއި، އުދަގުލާއި، ތައްޔާރީވާން ޖެހޭ، އަދި ކޮންމެ ރަކުޢަތަކަށް އެކަމުގައި އަވަދިނެތި އުޅޭންޖެހޭ ކަމެކެވެ. މިއީ ސާފުކޮށް ފެންނާން އޮތް ކަމެކެވެ.
ވީމާ، އެނގިބަޔާންވާން އޮތީ އެއްވަރުކޮށް (ސީދާކުރުން) ވަނީ ހަތަރު ގުނަވަނެއްގައި ކަމެވެ: ކަރާއި، ކޮނޑާއި، ކަކުލާއި ކުޑަހުޅެވެ. މިހުރިހާ ކަމެއް ވަނީ އެއް ދޮރާއްޓަކުންނެވެ. އޭގެ މުރާދަކީ ޞައްފު ޤާއިމު ކުރުމާއި އެއްހަމަކުރުމަށް ހިއްވަރުދިނުމެވެ. އަދި (ދެއަތަށް) އެއްވަރުކުރުމާއި، ބަނޑުކަމެއް ހުސްތަނެއް ނެތް ގޮތުގައި އެކަތިގަނޑަކަށް ގާތްކުޅައުމެވެ. އަދި މިއިން ޝަރުޢު ކުރެއްވި ފަރާތުގެ (ﷲ ގެ) ، އަމުރުގެ މަޤްޞަދު ފުދެއެވެ.
އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ: "ޞަފުތައް ސީދާ ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެއްގޮތަކަށް ޞަފު ސީދަލަށް އެއްހަމައަށް ޖެއްސުމެވެ. ނޫނީ އޭގެ މުރާދަކީހުސްޖާގަތައް ފުރުމެވެ..."⁽⁹⁾
އަދި ޞަފުތައް ސީދާ ކުރުމާއި ބެހޭ ޙަދީޘް ތަކުގެ ފިޤުހު އަކީ މިއީއެވެ. އެއީ އައްނުޢުމާނު ބުނު ބަޝީރު رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް ގައި ވާފަދައިންނެވެ. ވިދާޅުވިއެވެ:
"މީހަކު ތީރެއް ސީދާ ކުރާހެން ނަބިއްޔު ﷺ އަހަރެމެންގެ ޞަފުތައް ސީދާ ކުރައްވައެވެ. އެއީ އަހަރެމެންނަށް އެކަން ކުރާން (އަމިއްލަޔަށް) ދަނެވިއްޖެ ކަމަށް ހީވެއްޖެއުމާއި ހަމައަށެވެ. އެއްދުވަހަކު އެކަލޭގެފާނު މޫނު އަނބުރާލެއްވި ހިނދު، މީހެއް އެމީހާގެ މޭ ސަފުން ބޭރަށް ފުޅާވެފައިވާތަން ފެނިވަޑައިގެންނެވިއެވެ. ދެން ޙަދީޘް ކުރައްވާފައިވެއެވެ: «لَتُسَوُّنَّ صُفُوفَكُم أو لَيُخَالِفَنَّ الله بين وُجُوهِكُم» (އެހެންޏާ ތިޔަބައިމީހުން ތިޔަބައިމީހުންގެ ޞަފުތައް ސީދާ ކުރާހުށިކަމެވެ.
Comments (0)
Be the first to comment.