މިފޮތުގެ ގައި ހިމެނޭ އެހެން އެއް މަޥްޟޫޢު އަކީ، ސަޖިދާގައި އޮންނަ އިރު ފައިގެ ފުއްނާބު (ނޫނީ ފައިތިލަ އެއްކޮށް) ޖެއްސުމާއި މެދު ގައެވެ.…
This article is available in Dhivehi only.
🔺
މިފޮތުގެ ގައި ހިމެނޭ އެހެން އެއް މަޥްޟޫޢު އަކީ، ސަޖިދާގައި އޮންނަ އިރު ފައިގެ ފުއްނާބު (ނޫނީ ފައިތިލަ އެއްކޮށް) ޖެއްސުމާއި މެދު ގައެވެ. އަދި މިކަމުގައިވެސް ރާޖިހު ގޮތަކީ، އަހަރެމެންގެ ޝާފިޢީ މަޒުހަބުގައިވެސް ވާ އަދި އިހުގެ ޖުމްހޫރު ޢިލްމުވެރިން ގެ ރައުޔެވެ. އެއީ އެގޮތަށް ޖެއްސުން ޘާބިތު ނޫން ކަމެވެ. އަދި ރާޖިޙު ގޮތަކީ ފައިގެ ފަލަމަސްގަނޑޭ އެއްފަދައިން ދުރުކޮށް އިނގިލީގެ ކޮޅުތައް ޤިބުލަޔަށް ކުރިމަތި ކުރުވައިފައި ވުމެވެ. އަދި އައްޝައިޚް ބަކުރު އަބޫ ޒައިދު ގެ އިތުރުން، އައްޠަރީފީގެ ނަމާދު ފޮތުގައި މިކަމުގައި ފަހުގެ ޢިލްމުވެރިން އެނޫން ގޮތެއް ޚިޔާރުކުރެއްވުމަށް ގެންނަވާ ރިވާޔަތެއްގެ ބަލިކަށިކަން ބަޔާން ކުރެއްވިއެވެ. (ޞ. 150-151 ، އަލްފަޙްލު ގެ ޗާޕު)
ޝައިޚް ބަކުރު އަބޫ ޒައިދުގެ ފޮތް، "ނަމާދުގެ އަޙްކާމުތަކުގައި އައުކަމެއް ނުވޭ"، ވަނީ 2015 ވަނަ އަހަރު ދިވެހިބަހަށް ތަރުޖަމާ ކުރެވިފައެވެ. ވީމާ މިބުނެވުނު ނުކުތާއަށް އެފޮތުގެ ޞ 52 އަށް ރުޖޫޢަވާށެވެ.
📄 ފޮތް: "ނަމާދުގެ އަޙްކާމުތަކުގައި އައުކަމެއް ނުވޭ" (ދިވެހި ތަރުޖަމާ)
~ ގަލަންދާނު
Comments (0)
Be the first to comment.