އަދި ތިންވަނަ ޤަޥްލުގެ ބައިވެރިން ދެކިލެއްވީ މިޤަޥްލުތައް އެކަތި އަނެކެއްޗާއި މުޑިނާރާހެން ގުޅުވުމެވެ. އަދި ދެކިލެއްވީ ނަބިއްޔު ﷺ ގެ ޤަޥްލު…
This article is available in Dhivehi only.
④
✅ އަދި ތިންވަނަ ޤަޥްލުގެ ބައިވެރިން ދެކިލެއްވީ މިޤަޥްލުތައް އެކަތި އަނެކެއްޗާއި މުޑިނާރާހެން ގުޅުވުމެވެ. އަދި ދެކިލެއްވީ ނަބިއްޔު ﷺ ގެ ޤަޥްލު (لا صلاة لمنفرد) (އެކަހެރިކޮށް ހުރެއްޖެ މީހާއަށް ނަމާދެއް ނުވެޔޭ) ލާޒިމުވަނީ، ހުސްޖާގަ އޮވެމެ، ދަނެހުރެ އެކަހެރިކޮށް ނަމާދުކުރާ މީހާ އަށް ކަމެވެ. އެއީ މިޒަމާނުގައި ބައެއް މީހުން ކަންތައް ކުރާތީ ފެންނަފަދައިންނެވެ. ކަންފަސޭހަކޮށްލައިގެނެވެ. އަދި މިޤަޥްލު ނުހަނު ވަރުގަދައެވެ. އެހެނީ މިޘާލަކަށް އަބީ ބަކްރާ ގެ ޙަދީޘާއިމެދު، (އިމާމު މީހާ ރުކުޢުއިން) ބޯހިއްލައި ލުމުގެ ކުރިން އެކަލޭގެފާނު ޞަފަށް ވަދެ ވަޑައިގެންނެވި ނަމަ އޭގައި މައްސަލައެއް ނެތްކަމުގައި ދެކުނަސް، އެކަހެރިކޮށް ހުރެ އަދާ ކުރި ހަށަންބަން ތަކްބީރު ޞައްޙަކުރާނީ ކިހިނަކުންހެއްޔެވެ؟ އެހެނަސް އަނެކެއްޗާއި މުޑިނާރާހެން ޖަމަޢަ ކުރެވިދާނެއެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވީ (زادك الله حرصاً ولا تعد) ”ތިބާގެ ތި ޖޯޝު ﷲ އިތުރުކުރައްވާށިއޭ، އެހެނަސް އެގޮތަށް އަލުން އެކަން ނުކުރައްޗޭ“ އެވެ. އެހެންކަމުން ނަބިއްޔު ﷺ އެކަލޭގެފާނަށް ނޭގިހުރި ކަމުގެ ޢުޛުރު (ޖާހިލުކަމުގެ ޢުޛުރު) ދެއްވިއެވެ. ދެން އެޢަމަލު ޢަލުން އެގޮތަށް ނުކުރުމަށް އެންގެވިއެވެ. އެހެނީ މިޢަމަލު ޖާއިޒު ކަމުގައި ނުވާތީއެވެ. ވީމާ އަލްޢުދުރު ބިލްޖަހްލި ގެ މައްޗަށް (ޢުޛުރުދެވޭހިނދު) ކުރެވުނު ނަމާދު ޞައްޙަވިއެވެ. މިގޮތުން ތިންވަނަ ޤަޥްލު ވަރުގަދައެވެ. އެހެނީ ނަމާދާއި އެނޫން ކަންކަމުގައި ވިޔަސް ޝަރުޢު ކުރައްވާ ފަރާތުގެ ޙުކުމް ފުޅު ތަކަށް އަހަރެމެން ފިކުރު ހިންގާނަމަ، ޢުޛުރު ތައް ދިމާވުމުން އެއިން އެތަކެއް ވާޖިބުތަކެއް ކެނޑިދާކަން ދަނެގަނެވެއެވެ. މިގޮތުން ކެރިކުޅަދާނަ މީހާ ޤިޔާމުގައި ހުރުން (ނަމާދުގައި ކޮޅަށް) ހުރުން، ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމުގައި ވީހިނދު، ޖުމްހޫރު ޢިލްމުވެރިން ގެ ގާތުގައި ޢުޛުރަކާއި ވިދިގެން އެވީއްލިދެއެވެ. އަދި ނަމާދުގެ އެންމެހާ ވާޖިބާތުތަކެއް ހަނދުމަ ނެތުމުގެ (ޢުދުރުގެ) ދަށުން ވީއްލި، ކުށުސަޖިދަ މަޖުބޫރުވެއެވެ. އަދި އިމާމެއް ގެ ފަހަތުގައި ނަމަ، އެކަން އުފުލަނީ އިމާމުމީހާ އެވެ. އަދި ޤަޥްލުގެ ދަށުން، ޞަފަށް ވަނުމަކީ ވާޖިބެކެވެ. މިކަމުގައި ޝައްކެތްނެތެވެ. އަދި ހުސްޖާާގަ އޮވެމެ އެކަހެރިކޮށް ކުރާ ނަމާދު ބައްޙަ ނޫނެވެ. އެހެނަސް އެކަމުގައި ޢުޛުރު އޮވެއްޖެނަމަ އެނަމާދު (އެކަނިހުރެ ކުރުން) ޞައްޙަކަމަށް ބުނެވެއެވެ. އަދި މީހަކު ޞަފުހެދުމުގައި ބައިވެރިވާނޭ އެހެން މީހަކަށް މަޑުކޮށްގެން ހުރުމުގައި މަނަލެއް ނެތެވެ. އެއީ އިމާމު އަޙްމަދުގެ ދެކިލެއްވުމުގައި ވާފަދައިންނެވެ. އަދި ޙަންބަލީންގެ ގާތު ނަމާދު ގެއްލުނަސް ވަނީ އެގޮތެވެ. އެއީ އޭނާއަށް އެކަމުގައި ޢުޛުރު އޮތަތީއެވެ.
ދެންފަހެ ޝެއިޚުލް އިސްލާމް، މި ބުނުމަށް ދިގު ރައްދެއް ދެއްވިއެވެ. އަދި ހުސްޖާގައެއް ނެތުމުގެ ޢުދުރުވެރި ޙާލު އޭނާއަށް ވަނީ އެކަނި ހުރެ ނަމާދު ކުރުން ކަމުގައި ވިދާޅުވިއެވެ.
=
Comments (0)
Be the first to comment.