މިއާއިއެކު، ބައެއް މީހުން ކަންތައް ކުރާ ފަދައިން، (ކުރިމަތީ އޮތް ޞަފުން) މީހެއް ފަހަތަށް ގެނައުމީ، ގޯސް ކުށެކެވެ. އަދި ހުސްޖާގަޔެއް…
This article is available in Dhivehi only.
⑤
❌ މިއާއިއެކު، ބައެއް މީހުން ކަންތައް ކުރާ ފަދައިން، (ކުރިމަތީ އޮތް ޞަފުން) މީހެއް ފަހަތަށް ގެނައުމީ، ގޯސް ކުށެކެވެ. އަދި ހުސްޖާގަޔެއް ނުލިބިއްޖެ މިހާ އެހެން މީހެއް ފަހަތަށް ގެނައުމާއި މެދު ، އިމާމް މާލިކާއި ސުވާލު ވެވުނެވެ. އެއީ "އަލްމުދައްވަނާ" ގައި ނަގުލުވެފައިވާ ފަދައިންވެ. ވިދާޅުވިއެވެ: ”އެއީ އަނިޔާއެކެވެ.“ އެބަހީ، އެއީ އެމީހާއަށް ވެވޭ ބޭއިންސާފެކޭ އެވެ. އަދި އެއާއެކު އެއީ ޞަފެއް ކަނޑައިލުންވެސް މެއެވެ. އެބަހީ: ގުޅިފައިވާ ސަފެއް މެދުކަނޑައިލުމެވެ. (ومن قطع صفاً قطعه الله) "އަދި ގުޅިފައިވާ ޞަފެއްގެ މެދުކަޑައިފި މީހާ، ދަންނައެ، ﷲ އޭނާ އާއި ގުޅުން ކަނޑުއްވައެވެ.“ މިސަބަބަށްޓަކައި (ކުރީ ސަފުން) މީހަކު ދަމައި ގެނައުން ހުއްދަވެގެންނެއް ނުވެއެވެ. އަދިކިއެއްތަ، އޭނާއަށް ވަނީ އެކަނި ހުރެ ނަމާދު ކުރުމެވެ. އެހެން ނޫނީ ނަމާދު ޖަމާޢަތް ގެއްލި ދިޔަޔަސް މީހަކަށް އިންތިޒާރުކޮށްގެން ހުރުމެވެ.
(މިގޮތް ހެޔޮކަން ބޮޑޭ ސަފުކެނޑުމަށްވުރެ) އަދި އޭނާ އަށް ވަނީ ޞަފުގެ ތެރެއިން ދަމައިގެނެގެން މިއަނެކާއަށް ޢަނިޔާވެރި ނުވުމެވެ. އަދި ފުރަތަމަ ޞަފުގެ ފަޟުލުން އޭނާ މަހުރޫމު ނުކު
ރުމެވެ.
އަދި (ވަކިން ހުންނަ) މައުމޫމު މީހެއް ، އިމާމު މީހާގެ ކަނާތް ފަރާތުގައި ހުރުމުގައިވެސް މަނަލެއް ނެތެވެ. އެހެނީ ނަބިއްޔު ﷺ ގެ އާލާސްކަންފުޅުގައި، ލުއެއް އިހުސާސުވެލެއްވުމުން ނިކުމެވަޑައިގެން އިމާމުވެލައްވައި މީސްތަކުންނާއި އެކު ނަމާދު ކުރެއްވިއެވެ. އަދި އަބޫ ބަކުރު ހުންނެވީ އެކަލޭގެފާނުގެ ކަނާއަތުގައެވެ. އެހެންކަމުން ނަބިއްޔު ﷺ އަކީ އިމާމެވެ. އަދި އަބޫ ބަކުރު ނަމާދު ކުރެއްވީ ރަސޫލު ﷲ ﷺ ގެ ނަމާދުފުޅުންނެވެ. އަދި މީސްތަކުން ނަމާދު ކުރީ އަބޫ ބަކުރުގެ ނަމާދުފުޅުންނެވެ. އަދި ކުރިން މިޙަދީޘް ނަންގަނެވި ހިނގައްޖެއެވެ. އަދި އެއީ އޭގެ ޞައްޙަކަމުގައި (އަލްބުޚާރީ އާއި މުސްލިމް) އިއްތިފާޤުވެލެއްވި ޙަދީޘެކެވެ.
އަދި މިޙަދީޘުގައި: އެހެންޏާ ހުސްޖާގަ ނެތިގެން ނޫނީ އެނޫން ޢުޛުރެއް ނޫނީ ސަބަބުތަކުން ސަބަބަކަށްޓަކައި ވިޔަސް އިމާމު މީހާގެ ކަނާތުގައި ހުރުމުގެ ހުއްދައިގެ މައްޗަށް ދަލީލުވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ثبته الله)
~ ގަލަންދާނު
Comments (0)
Be the first to comment.