Fiqh / Namaadhu
ޖަމާޢަތުގައި ނަމާދު ކުރާ އިރު، ވަރަށްގިނަ މީހުންނަށް ނޭގޭ ސުންނަތެއް
By Galandān Admin9 March 2020 at 02:460 Comments
This article is available in Dhivehi only.
📚 ޖަމާޢަތުގައި ނަމާދު ކުރާ އިރު، ވަރަށްގިނަ މީހުންނަށް ނޭގޭ ސުންނަތެއް
އިމާމު މީހާ ސަޖިދަ ކުރުމުގެ ކުރިން ތިބާގެ ބުރަކަށި ގުދުނުކުރުމަކީ ސުންނަތުގެ ތެރެއިންވާކަމެކެވެ. އަދި ސަޖިދަ އަށް ދިއުން ވަނީ އިމާމު މީހާގެ ނިއްކުރި ބިންމަތީ ޖެއްސުމަށްފަހުއެވެ. އެއީ އަލްބަރާއު ގެ ޙަދީޘްގައި ވާފަދައިންނެވެ: ވިދާޅުވިއެވެ: ”ނަބިއްޔާ ﷺ (ރުކޫޢުން ތެދުވެވަޑައިގަންނަވަމުން) سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުއްވާހިނދު، އަހަރެމެން ތެރެއިން އެކެއްވެސް، ނަބިއްޔާ ﷺ ސަޖިދަ ނުކުރައްވަނީހެއް އަހަރެމެންގެ ބުރަކަށްޓެއް ގުދު ނުކުރަމެވެ. ދެން އެކަލޭގެފާނަށްފަހު އަހަރެމެން ސަޖިދައަށް ދަމެވެ.“ (متفق عليه) އަދި މި ލަފްޡަކީ البخاري ގެ ރިވާޔަތުންނެވެ.
(ޢަބްދުﷲ އައްސަޢްދު)
https://t.me/Aaalsaad7/802
Comments (0)
Be the first to comment.