މިއެންމެ ބޭކަލުން ދެކިލެއްވީ ވަކި ޚާއްޞަ ވަޤުތުތަކެއްގައި ނަމާދު ކުރުން ނަހީ އައިސްފައިއޮތް އޮތުމަކީ ފަރުޟު ފިޔަވައިވާ ނަފްލު (ސުންނަތް)…
This article is available in Dhivehi only.
②
މިއެންމެ ބޭކަލުން ދެކިލެއްވީ ވަކި ޚާއްޞަ ވަޤުތުތަކެއްގައި ނަމާދު ކުރުން ނަހީ އައިސްފައިއޮތް އޮތުމަކީ ފަރުޟު ފިޔަވައިވާ ނަފްލު (ސުންނަތް) ނަމާދުތަކަށް ކަމުގައެވެ. ދަލީލެއް ގޮތުގައި އެކަން ކުޅައުމަށް އިތުރުއެކަލޭގެފާނުން ﷺ ކުރެއްވި އަމުރުފުޅަށް ބިނާކޮށެވެ. އެއީ ފަތިސް ނަމާދުން އެއްރަކުޢަތް ކޮށްފި މީހާ، ދެން އިރުއަރައިފިނަމަ، އެއާއި އެކު އަނެއް ރަުޢަތްވެސް ކުޅައުމަށެވެ. އަދި އޭރުން އޭނާއަށް ނަމާދު ފުރިހަމަ ވީ ކަމުގައެވެ. މިޙަދީޘު އިހު ޛިކުރުކުރެވިއްޖެއެވެ. ⁽¹⁾
އަދިވެސް ދަލީލު ގެންނަވަނީ އިތުރުއެކަލޭގެފާނުން ﷺ ގެ މިޙަދީޘްފުޅުގެ ޢާންމު މާނައިންނެވެ: ( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا ) رواه البخاري (597) ومسلم (684)
”ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ މީހާ ހަނދާންވި އިރަކުން އެ ނަމާދު ކުރާށެވެ.“
އަދި މިއީ އޭނާ އެއަށް ހަނދުމަވެއްޖެ ކޮންމެ ވަޤުތަކަށް ޢާންމު އެންގެވުމެކެވެ. ނަހީގެ ވަޤުތު ނޫނީ އެނޫން ވަޤުތެއް ވިޔަސް ފަރުވާލެއް ނެތިއެވެ.
⚠️ބަޔަކު ބުނާނަމަ: ތިބުނުމުން ނަހީގެ ވަޤުތުތަކުގައި ނަމާދު ކުޅައުން މަނައު ވުމުގެ ޢާންމު ޤަޥްލާއި ތަޢާރުޟު ވެޔޭ، އެހެނީ އޭގައި ނާފިލާ ނަމާދަކާއި ފަރުޟު ނަމާދެއް އިސްތިޘްނާ ކުރައްވާފައި ނުވެޔޭ.
އެއަށް ބުނެވެއެވެ: އެ އަމުރު އުފުލެވެނީ ނާފިލާއަށެވެ. އަދި ޢާންމު މަނަލުން ފަރުޟު ނަމާދު އެކަހެރި ކުރެވި އިސްތިޘްނާއެއް ދެވެއެވެ. އެއީ (އެނަމާދުގެ) ވަޤުތު އެހިނދުގައި ފަރުޟުވީކަން ދަލީލުކޮށެވެ. އެހެނީ އެކަން ކުޅައުން ނަހީގެ ވަޤުތުގައި ޖާއިޒުވެގެން ވެއެވެ. އެއީ ޢަސުރު ނަމާދުވެސް އިރުއޮއްސޭއިރު ކުރެވޭ ފަދައިން ނެވެ. އަދި މިކަމުގައި ޚިލާފެއް ނުވެޔޭ ސަމްރާ (ބްނު ޖުންދުބް) އަރިހުން މެނުވީއެވެ. އަދި ފަތިސް ނަމާދު ކުރަން ހުއްޓައި އިރުއުދަރެހުން އަރައްޖެ މީހާ، އެނަމާދު ފުރިހަމަކޮށް ނިންމާން އޮތް ދަލީލުގެ މައްޗަށްވެސް އެވެ. އަދި (ފިޤުހީ އުޞޫލު) ދެ ޢާންމު އަމުރެއް ތަޢާރަޟު ވާނަމަ، އަދި އެއިން އެކައްޗަކީ ލާޒިމުވެވޭ ވާޖިބެއް ކަމުގައި ވެފައި، އަނެކައްޗާކީ މަނައުވެވޭ މަނަލެއް ކަމުގައި ވާނަމަ، އިސްކުރުން ވަނީ ލާޒިމުވެގެންވާ ވާޖިބުކަމެވެ. އެހެނީ އެގޮތް ރައްކާތެރިއެވެ.
އަދި މީގެ މައްޗަށް (މިއުޞޫލުގެ މައްޗަށް) ދަލީލު ކުޮށްދެނީ: ނަމާދު ކުރައްވަން ހުންނެވި އަބޫ ސަޢީދުލް މުޢައްލިމީ އަށް ނަބިއްޔު ﷺ ގޮވާލެއްވުމުން، ސަލާމް ދިނުމަށް ފަހުގައި މެނުވީ އިޖާބަނުދެއްވީތީ، އެކަމާ، އިޖާބަދިނުން ފަސްކުރެއްވީތީ އިތުރުއެކަލޭގެފާނުން ނުރުއްސެވި ކަމެވެ. އަދި ޙަދީޘް ކުރެއްވިޔޭ: ﷲ ވަޙީ ނުކުރައްވައިހޭ: {اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ} (ﷲ އާއި رسول އާ ކަލޭމެނަށް އަމުރުކުރައްވައިފިއްޔާ ކަލޭމެން ﷲ އާއި رسول އާއަށް ޖަވާބުދޭށެވެ!)
މިއިން ދަލީލުކޮށްދެނީ، އެކަމެއް ލާޒިމުކޮށް ވާޖިބުކުރުވާ ޢާންމު ނައްޞުތައް އިސްވެޔޭ މަނައުކޮށް މަނައުކުރުވާ ޢާންމު ނައްޞުތަކުގެ މައްޗަށް — އަދި މިތާގައި އެއީ ނަމާދުގައި ވާހަކަދެއްކުމުގެ މައްޗަށް އޮތް ނަހީއަށެވެ.
❌މިއީ ހުއްދަ ނުވަތަ އެދެވިގެންވާ ކަންކަމުގެ މައްޗަށް ހުރި ޢާންމު ނައްޞުތަކާއި ޚިލާފަށެވެ. ފަހެ އެތަކެތި މަނައުކޮށް މަނައުކުރުވާ ޢާންމު ނައްޞުތަކުގެ މައްޗަށް އިސް ނުކުރެވޭ ހުއްޓެވެ. އެހެންކަމުން (އެފަދަ ނަމާދުތައް) ނަހީގެ ވަޤުތުތަކުގައި ނުކުރުމީ ގާތް ގޮތެވެ.
ދެންފަހެ، ސުންނަތުން އެކަމަށް ދަލީލުވާ ފަދައިން، އިމާމު މީހާ ޚުޠުބާ ދެނިކޮށް ކުރެވޭ ދެރަކުޢަތް، ހަމަކަށަވަރުން މިސްކިތުތެރެއަށް ވަންނަމީހާއަށް ވާ މިއަމުރުގެ ނައްޞު، އިމާމް މީހާ ޚުޠުބާ ދެނިކޮށް ނަމާދު ނުކުރުމަށް އޮތް ނައްޞާއި މުޑިއެރުމެއް ނުވެއެވެ.
✅ އަދި މުސްލިމް ނަޤުލުކުރެއްވި އަބޫ ޤަތާދާގެ ޙަދީޘުގައި ވެޔޭ، އިތުރުއެކަލޭގެފާނުން އެނަމާދު ކުރެއްވީ އެހެން ހުރިހާ ދުވަހެއްގައިވެސް ކުރައްވާފަދައިންނޭ.
މިއިން ދަލީލުކުރަނީ، ފަތިސް ނަމާދު ކުރުންވަނީ އިތުރެއް އަދި މަދެއްވެސް ނުކޮށް އެހެން ހުރިހާ ދުވަހެއްގައިވެސް އެކުރާ ބީދާއިން ކަމެވެ.
އަދި ޛޫ މިޚްބަރް އަލްޙަބަޝީގެ ރިވާޔަތުގައި ވަނީ: ވިދާޅުވިޔޭ: ފަހެ އެކަލޭގެފާނު އަވަސްއަރުވައިލެއްވުމެއްނެތި އެނަމާދުކުރެއްވިޔޭ އެވެ.
އަދި މިތަކެތި އިބްނު ޢުމަރު އަރިހުން ރިވާވެފައިވާ ޙަދީޘަށް ރައްދުދެއެވެ. އެއީ އެދުވަހުގެ ފަތިހުގައި ނަބިއްޔު ﷺ އެބޭކަލުންނާއިއެކު ނަމާދު ކުރެއްވިޔޭ ، އެގޮތުން ކިޔަވާ ވިދާޅުވި {قل يا أيها الكافرون} އާއި {قل هو الله أحد} އޭ އެވެ. ދެން ޙަދީޘް ކުރެއްވިޔޭ: ( صليت بكم بثلث القرآن ، وربع القرآن ) ”ތިމަންކަލޭގެފާނުގެ ތިޔަބައިމީހުންނާއިއެކު މިނަމާދު ކުރީ ޤުރުއާނުގެ ތިންބައި ކުޅަ އެއްބަޔާއި ހަތަރުބައިކުޅަ އެއްބައިންނެވެ.“ އަދި ޙަދީޘް ކުރެއްވިޔޭ: ( إذا نسيت صلاة الفجر إلى صلاة العشاء فذكرتها ، [ فابدأ ] ، فإنها كفارتها ) ”ތިބާ އިޝާ ނަމާދާއި ހަމަޔަށް =
Comments (0)
Be the first to comment.