ފަތިސްނަމާދު ކުރަން ހަނދާން ނެތިހުރެފައި، ހަނދާންވެއްޖެނަމަ އޭގެން ފަށާށެވެ. އެހެނީ އެއީ ކައްފާރާއެކެވެ.“
This article is available in Dhivehi only.
③
ފަތިސްނަމާދު ކުރަން ހަނދާން ނެތިހުރެފައި، ހަނދާންވެއްޖެނަމަ އޭގެން ފަށާށެވެ. އެހެނީ އެއީ ކައްފާރާއެކެވެ.“
ރިވާކުރެއްވި އިބްނު ޢަދިއްޔު އެވެ. އެއީ ޖަޢުފަރު ބްނު އަބީ ޖަޢުފަރުލް އަޝްޖަޢީ ގެ ރިވާޔަތް ތަކުންނެވެ. އެއީ އޭނާގެ ބައްޕަ ފަރާތުން ދެން އިބްނު ޢުމަރު އަރިހުންނެވެ.
☝️މި ޖަޢުފަރާއި މެދު އަލްބުޚާރީ ވިދާޅުވިއެވެ: ޙަދީޘް މުންކަރު މީހެކެވެ. (އޭނާ ފުށުން ބަލައިނުގަވެއެވެ.)
އަދި "އަލްމަރާސީލް" ގައި އަބޫ ދާވޫދު ރިވާކުރެއްވިޔޭ: ޔޫސުފު ބުނު މޫސާ ވިދާޅުވިޔޭ، ޖަރީރު ވިދާޅުވިޔޭ ޢަލީ ބުނު ޢަމްރުއް ޘަޤަފީ އަރިހުން، ވިދާޅުވިކަމަށް: ނަބިއްޔު ﷺ ހެދުނުގެ ނަމާދުން (ހޭފުޅުވެނުލެއްވި) އަވަހާރެލެއްޕެވުމުން، ހޭފުޅުލެއްވެވުމުން، ޙަދީޘު ކުރެއްވިޔޭ: ( لنغيظن الشيطان كما أغاظنا ) ”ހިނގާށޭ ޝައިޠާނާ ރުޅިއަރުވައިލުމަށް އޭނާ އަހަރެމެން ރުޅިއަރުވައިލިފަދައިން“ ، ދެން އެދުވަހުގެ ފަތިސް ނަމާދަށް އަލްމައިދާ ސޫރަތް ކިޔަވައިވިދާޅުވިއޭ އެވެ.
މިއީ ނުހަނު ޣަރީބު (ސަނަދުގައި އާދަޔާ ޚިލާފު އަދި ބަލިކަށި) ރިވާޔަތެކެވެ.
✅އަދި ޙަދީޘްތަކުން ފާޅުވާ އެއްޗަކީ މިނަމާދުގައި ކިޔަވާއިރު އަޑުހަރުކޮށް ކިޔެވުމެވެ. އެހެނީ އެކަލޭގެފާނު ނަމާދު ކުރެއްވީ އެހެން ހުރިހާ ދުވަހަކުވެސް ނަމާދު ކުރައްވާފަދައިންނެވެ.
✅ އަދި އިހު ބަޔާން ވެވުނު އެތަކެއް ރިވާޔަތެއްގައި އެކަލޭގެފާނު ފަތިސްނަމާދުގެ (އިހު ސުންނަތް) ދެރަކުޢަތް ކުރެއްވިކަމުގައި އައިސްފައިވެއެވެ. އަދި ބައެއް ރިވާޔަތް ތަކުގައި މިވާހަކަ ނަންގަނެވިފައި ނުވެއެވެ.
ޢިލްމުވެރިން ވަނީ އިރުއެރުމާއި ހަމަޔަށް ނިދި ޖެހިއްޖެ މީހާ ފަތިސް ނަމާދުގެ އިހު (ސުންނަތް) ދެރަކުޢަތް ކުރުމާއި މެދު އިޚްތިލާފުވެލައްވާފައެވެ:
އެގޮތުން ގިނަ ބޭކަލުން ގޮތްނިންމަވާފައިވަނީ ފަރުޟު ނަމާދުގެ ކުރިން އެދެރަކުޢަތް ޤަޟާއު ކުރުމެވެ. އޭގެ ތެރޭގައި: އަބޫ ޙަނީފާ އާއި، އައްޘަޥްރީ އާއި އަލްޙަސަން ބުނު ޙައްޔި އާއި، އައްޝާފިޢީ އާއި އަޙްމަދާއި އަބޫ ޘަޥްރާއި ދާވޫދު ހިމެނިލައްވައެވެ. އަދި މިއީ މާލިކުގެ އަޞްޙާބުން ކުރެ އަޝްހަބާއި އެނޫން ބޭކަލުންގެ ވެސް ބަސްފުޅެވެ.
އަދި އަޙުމަދާއި ސުވާލުވެވުނެވެ: (އެހިނދުގައި) ފަތިސް ނަމާދުގެ އިހު ދެރަކުޢަތް ނުކުރުމަށް އެއްވެސް މީހަކު ވިދާޅުވޭ ހެއްޔެވެ؟ ވިދާޅުވިއެވެ: ”ނޫނެކެވެ.“
އަދި މާލިކު ވިދާޅުވިއެވެ: ”(އެޙާލަތުގައި) ފަތިސް ނަމާދުގެ އިހު ދެރަކުޢަތް ކުރުން ނުވެއެވެ. އަދި ފެށުން ވަނީ ފަރުޟުންނެވެ.“ އަދިވެސް ވިދާޅުވިއެވެ: ”ނަބިއްޔު ﷺ އެދެރަކުޢަތް ކުރެއްވި ކަމުގައި އަހަރެމެންނަށް ރިވާޔަތެއް ފޯރާފައި ނުވެއެވެ.“
⚠️ވީމާ މާލިކު ގެ ބަސްފުޅަކީ އެކަލޭގެފާނަށް މިބާބުގައި ފޯރާފައިވާ އެއްޗެއްގެ މައްޗަށް ވިދާޅުވި ބަސްފުޅެކެވެ. އަދި އެކަލޭގެފާނު ނޫން ބޭކަލުން ފުށުން ޞައްޙަވެފައިވާ ގޮތުގައި ނަބިއްޔު ﷺ އެދެރަކުޢަތް ކުރެއްވިއެވެ.❝
— އިބްނު ރަޖަބް އަލްޙަންބަލީގެ ފަތުޙުލް ބާރީ
ޖ 3 ، ޞ. 331 - 336 (ބެލުމަށް)
~ ގަލަންދާނު
------------------------
[1] އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވި އަބޫ ހުރައިރާ ގެ ޙަދީޘުން: ރަސޫލު ﷲ ﷺ ހަދީޘްކުރެއްވިޔޭ: (( مَنْ أَدْرَكَ رَكْعَةً مِنْ الصُّبْحِ قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ)) "އިރު އެރުމުގެ ކުރިން ފަތިސްނަމާދުގެ އެންމެ ރަކުޢަތެއް ލިބުނު މީހާއަށްވެސް ފަތިސް ނަމާދު ލިބިއްޖެ އެވެ. އަދި އިރު އޮއްސުމުގެ ކުރިން އަސުރު ނަމާދުގެ އެންމެ ރަކުޢަތެއް ލިބުނު މީހާއަށް އަސުރު ނަމާދު ލިބިއްޖެއެވެ."
Comments (0)
Be the first to comment.