5] މުޞައްނިފު އިތުރު ކުރެއްވި ޤަޥްލު
This article is available in Dhivehi only.
[5] މުޞައްނިފު އިތުރު ކުރެއްވި ޤަޥްލު
والدرجة الرّفيعة
މިއީ މީސްތަކުންގެ ދޫމަތީ މިދުޢާގެ ތެރޭގައި މަޝްހޫރު ޢާންމު ޖުމްލަޔެއް ވިޔަސް، މަޝްހޫރު އެއްވެސް ޙަދީޘް ފޮތެއްގައި ވާރިދުވެފައި ނުވާ ލަފްޡެކެވެ.
އަލްޙާފިޡު އިބްނު ޙަޖަރު ”التلخيص الحبير في تخريج أحاديث الرافعي الكبير“ (1 / 518) ގައި ވިދާޅުވިއެވެ:
”(الدرجة الرفيعة) މިޛިކުރަކަށް އެއްވެސް ސަނަދުގެ މަގެއް ވާރިދުވެފައި ނުވެއެވެ.“
އަދި އަލްޙާފިޡު އައްސަޚާވީ (المقاصد الحسنة في بيان كثير من الأحاديث المشتهرة على الألسنة) (ص/ 343-344) ގައި ވިދާޅުވިއެވެ:
”ޢާންމުގޮތެއްގައި ބަންގިޔަށްފަހު ކިޔޭ ތަކެތީގައި އެކުލެވޭ ޙަދީޘު (الدرجة الرفيعة) ، އެއްވެސް ސަނަދުގެ ރިވާޔަތަކުން އަހަންނަށް މި ފެނިފައި ނުވެއެވެ.“
އަދި އިތުރަށް ވިދާޅުވިއެވެ: ”ފެންނަފެނުމަށް ހީވަނީ މިބައި އިތުރުކުރި ބަޔަކަށް އެއޮޅުން އަރާފައިވަނީ "އައްޝިފާ" ފޮތުގެ ބަޔެއް އަތު ކޮޕީ ތަކުގައި އެކުލެވުނު، ޖާބިރުގެފާނުގެ ޙަދީޘަށް އިތުރުވީ ތަންކޮޅަކުން ކަމެވެ. އަދި މި އިތުރުވުން އޮތް ކޮޕީގައި އޭގެ އަތުލިޔުންތެރިޔާ ވަނީ އެތަންކޮޅަށް ކަށަވަރުކަން ނެތް ފަދައިން ރަމްޒުކޮށްދީފައެވެ. އަދި އެނޫން އެހެން އެއްވެސް "އައްޝިފާއު" ފޮތުގެ ކޮޕީއެއްގައި އަހަރެން އެ އިތުރުކުރުން ނުދެކެމެވެ. އަދި ކިޔެއްހެއްޔެވެ؟ އެނޫން ތަނެއްގައި "އައްޝިފާއު" ފޮތުގައި މިޖުމްލަޔަށް ވަކި ފަޞްލެއް އެކުލަވާލާފައިވާ އެވެ. އަދި އެއަށް (ބާރުދިނުމަށް) ޞަރީޙަ ޙަދީޘެއް އޭގައި ޛިކުރު ނުކުރައްވައެވެ. އަދި މިއީ (ޖާބިރުގެފާނުގެ ޙަދީޘަށް އެ ކޮޕީގައި އޮތް އިތުރުވެފައި ބަޔަކީ) ކުށެއްކަން ދޭހަކޮށްދޭ ދަލީލެކެވެ.“
(އިތުރު ތަފްސީލަށް، ކުވެއިތުގެ ފަތުވާ މަޖިލުހެ ލިޔުން روايات حديث إجابة النّداء وحكم بعض الزيادات الواردة فيه އަށް ރުޖޫޢަވޭ.)
[6] މުޞަޢްނިފުގެ އިތުރު ކުރުން:
وارزقني شفاعته، برحمتك يا ارحم الراحمين.
މިއިތުރު ބަޔަކީ ބަންގީގެ ދުޢާގައި، ސުންނީ އެއްވެސް ފޮތަކުން އަހަންނަށް ފެންނާން ނެތް އިތުރު ކުރުމެކެވެ. މިއާއިއެކު އަލްބުޚާރީ ގެ ރިވާޔަތުގައިވާ ދުޢާގެ ފަހަތުގައި، އިތުރުއެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވީ : އެދުޢާ ކިޔާ މީހަކަށް އެކަލޭގެފާނުގެ ޝަފާޢަތް ޙައްޤުވާނޭ ކަމެވެ. އެހެނަސް ދުޢާގެ ތެރެއަށް ޝަފާޢަތަށްއެދި ކުރެވޭ ވަކި ޚާއްޞަ ދުޢާއެއް ޙަދީޘު ކުރައްވާފައި ނުވެއެވެ.
މީގެ އިތުރުން، މަގުފުރެދިފައިވާ ޝިޔަޢީންގެ ދޮގުފޮތްތަކުން ކުރެ "بحار الأنوار" އޭ ކިޔުނު ފޮތުގައި، ބަންގީގެ ދުޢާއެއް ގެނެސް އޭގެ އާޚިރުގައި ވެއެވެ: ”وارزقني شفاعته يوم القيامة“.
އަދި ފަހަރެއްގައި މިއިތުރު ވުމުގެ އަޞްލަކީ މިއަށް ވުންވެސް އެކަށީގެން ވެއެވެ.
އަދި ”برحمتك يا ارحم الراحمين“ މިއީ ގިނަގުނަ ޟަޢީފު ޙަދީޘު ތަކުން ބަންގީގެ ދުޢާނޫން ކަންކަމުގައި ވާރިދުވެފައިވާ ޖުމްލަޔެކެވެ. އަދި އޭގެ މާނަ ޞައްޙައެވެ. އޭގެ އަޞްލަކީ الأعراف ސޫރަތުގެ 151 އާޔަތެވެ:
﴿قَالَ رَبِّ ٱغۡفِرۡ لِى وَلِأَخِى وَأَدۡخِلۡنَا فِى رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ﴾
”އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ. މިއަޅާއަށާއި މިއަޅާގެ أخ އަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެތެރެއަށް އަޅަމެން ވައްދަވައިދެއްވާނދޭވެ! އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ބޮޑުވެގެންވާ ކަލާނގެއެވެ.“
⚠️ މިއާއިއެކުވެސް ބަންގީގެ ދުޢާގައި މިއީ އިތުރުވުމެކެވެ. އަދި ޞައްޙަ ޙަދީޘަކުން މިލަފުޡުން އޮތް ދުޢާއެއް އޮތް ކަން، އަހަރެންނަށް ހޯދިފައި ނެތެވެ.
Comments (0)
Be the first to comment.