ތިންވަނަކަމަކަށް
This article is available in Dhivehi only.
②
ތިންވަނަކަމަކަށް:
އިހުގެ ޢިލްމުވެރިން ތެރެއިން އެއްވެސް ބޭކަލެއް "ކިޔެވުމުގެ ކުރިން ނަފަޘަ ކުރުމަށް" އަލބުޚާރީގެ އެރިވާޔަތުން ދޭހަކޮށް ވިދާޅުވެފައެއްނުވެއެވެ.
ދެންފަހެ އަލްބުޚާރީގެ ރިވާޔަތްތަކުން މިނަންގަނެވުނު "فَ" އައިސްފައިވާ މިރިވާޔަޔަތް:
"...ދެއަތްތިލަ ޖޯޑުކުރައްވައި، ދެން އެއަށް ނަފަޘަ ކުރައްވައެވެ. —فَقَرَأَ— "ފަހެ އެހެންކަމުން" ކިޔަވާ ވިދާޅުވެއޭ އަތްޖޯޑަށް قُلْ هُوَ اللَّهُ أَحَدٌ އާއި قُلْ أَعُوذُ بِرَبِّ الْفَلَقِ އާއި قُلْ أَعُوذُ بِرَبِّ النَّاسِ..."
އަސްލަކީ މިރިވާޔަތަކުން ކިޔެވުމުގެ ކުރިން ނަފަޘަ ކުރުމަކަށް ދަލީލެއް ނުވާކަމެވެ. އެހެނީ މިތާނގައި فَ އައިސްފައިމިވަނީ، ﷲ ގެ ވަހީ ބަސްފުޅު (فَإِذَا قَرَأْتَ الْقُرْآَنَ فَاسْتَعِذْ) ގައި فَ އައިސްފައިވާ ދޭހައިގައެވެ:
"ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާހިނދު، ފަހެ ﷲ ހަޒުރަތުން ރައްކައުތެރިކަމަށް އެދޭށޭ...."
އަދި އެނގިބަޔާންވެގެންވާ ފަދައިން، މިތާނގައި އަޢޫޛު ކިޔުމަށް އައިސްފައިވާ އަމުރު ވަނީ، ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނެވެ. އަދި މިޙަދީޘްގައިވެސް ދޭހައަކީ މިއީއެވެ. ކިޔެވެލި ކިޔުންވަނީ ނަފަޘައިގެ ކުރިންކަމެވެ. އަދި މިއީ އަލްޢައިނީ ގެންނެވި ޝަރަޙައެކެވެ. އެއީ އަލްމުޡްހިރީ "ޝަރަޙް އަލްމަޞާބީޙް" ގައި ވިދާޅުވި ބަސްފުޅެއް ނަގުދުކުރައްވަމުންނެވެ.
އަލްޤުރުޠުބީ މިނަންގަނެވުނު އާޔަތާއިމެދު ވިދާޅުވިއެވެ: ”މިއީ މިޙަދީޘްގައިވާ ފަދައިންނެވެ: «إذا أكلت فقل بسم الله» "ތިބާ ކާހިނދު، ފަހެ ބިސްމިކިޔާށެވެ." ވިދާޅުވިއެވެ: އެބަހީ ކެއުމަށް އިރާދަކުރާ ހިނދުގައެވެ." (ކަންކުރުމުގެ ކުރިންނެވެ.) —الله اعلم.
📎 ތިންފަހަރު މަތިން އަތްހޭކުން
ޙަދީޘްގައި ސާފުކޮށްބަޔާންވެފައިވާ ފަދައިން، قُلْ هُوَ اللَّهُ أَحَدٌ ނިމެންދެން ކިޔައި، ދެން قُلْ أَعُوذُ بِرَبِّ الْفَلَقِ ނިމެންދެން ކިޔައި، ދެން قُلْ أَعُوذُ بِرَبِّ النَّاسِ އެސޫރަތްވެސް ނިމެންދެން ކިޔުމަށްފަހު ނަފަޘަ ކޮށް ގައިގައި އުނގުޅާނީއެވެ. އަދި މީގައި ފެށުންވަނީ ބޮލުންނެވެ. ދެން މޫނެވެ. ދެން ތަންމަތީގައި ހުރެ ހަށިގަނޑުން އަތްހޭކޭ ހިސާބެއްގައެވެ. އަދި މިކަން ކުރުމަށްޓަކައި ތެދުވެ ބުރަކަށްޓާއި އަތްނުފޯރާ ހިސާބުތަކަށް އަދި ތަންމަތީގައި އޮވެ އެޔަށް ބުރަޖެހިފައިވާ ހަށިގަނޑުގެ ބައިގައި އަތްހޭކުމުގެ ތަކުލީފެއްނުވެއެވެ. އެހެނީ މިކަން މިހެން ޝަރުޢުވެފައިވާނަމަ، ރިވާޔަތުގައި އެކަން ނަންގަނެވުނީހެވެ. އަދި ރިވާޔަތުން ދޭހަވަނީ މިއާއި އިދިކޮޅަށެވެ. އަދި ހެދުމުން ނިވާވެފައިވާ ބަޔެއް އެހެދުމެއްގެ މަތިން އަދި އަތްފައި —މިސާލަކަށް— ހާމަޔަށް ހުރެއްޖެ ނަމަ ހާމަޔަށް ހުރި ބަޔެއްގެ މަތިން އަތް ހާކާނީއެވެ.
މަރުޖިޢުތައް: ތުޙުފަތުލް އަޙްވަޛީ (9/245) ، އަލްއަލޫކާ ފޯރަމްގެ (ލިންކު 1) (ލިންކު 2) އަދި އައްޠަރީފީގެ ފަޠުވާ (ވީޑިއޯ)
~ ގަލަންދާން
Comments (0)
Be the first to comment.