އަހަރެން ބުނަނެވެ: އިމާމް އަޙްމަދުގެ ބަސްކޮޅުގެ ޞައްޙަކަމާއިމެދު އައްޠަރްހޫނީ ސުވާލުވެވުމުން ވިދާޅުވިއެވެ
This article is available in Dhivehi only.
③
📝 އަހަރެން ބުނަނެވެ: އިމާމް އަޙްމަދުގެ ބަސްކޮޅުގެ ޞައްޙަކަމާއިމެދު އައްޠަރްހޫނީ ސުވާލުވެވުމުން ވިދާޅުވިއެވެ:
އަޞްލަކީ އޭގެ ޞައްޙަަކަމެވެ. އެއީ އެ ނަޤުދުވެފައިވާ މަރްޖިޢުގެ އަގުމާތްކަމުގެ މައްޗަށެވެ. އަދި ޞައްޙަވިޔަސް ނުވިޔަސް މީގައި މުޙިއްމީ އޭގެ މާނަ ފަހުމް ވުމެވެ. އަދި ޞައްޙަ ގޮތުގައި އެއަށް ޢަމަލުކުރުމުގައި އެފެއްތުމެވެ. މިޘާލަކަށް އޭގައި ބިދުޢަ ފެތުރިފައިވާ މުޖުތަމަޢެއްގައި ޙާލަތް ނޭނގޭ މީހެއްގެ ފަހަތުގައި ކުރެވޭ ނަމާދު ބާޠިލުކަމުގައި ނުވެއެވެ. އަދި (އެފަދަ ޒަމާނާއި ތަނެއްގައި) އެނގޭ މީހެއް ފަހަތުގައި ނަމާދު ކުރުމަށް އިންތިޒާރު ކުރުމުގެ މޮޅުއިތުރު ކަމަށް ވުރެ އިތުރަކަށް މިބަސްފުޅު ހާމަނުކޮށްދެއެވެ. އަދި ދަންނަ މީހެއް އަތު ނުވެއްޖެނަމަ މިޙުކުމް އެގޮތުގައި ދެމިއޮންނާނެއެކޭ ވެސް ނުވެއެވެ. (އެބަހީ އެހިނދު މޮޅު އިތުރީ ޖަމާޢަތުގައި ކުރުން ކަމެވެ.)
🔴 މިމައްސަލަޔާއި ގުޅުންހުރި ނުކުތާއަކަށް ނަޒަރެއް
ދަނެހުރެ އެމީހެއްގެ ނަމާދު ބާޠިލު މީހެއް ފަހަތުގައި ނަމާދު ކުރުމާއި މެދު އަދި އެއަށްފަހު އެ ނަމާދު އިޢާދަ ކުރުމާއި މެދު އައިސްފައިވާ ރިވާޔަތްތަކުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީ ”تحفة الأبرار في أحكام مساجد“ ގައި ވިދާޅުވިއެވެ:
❞ ދަންނާށެވެ. މިފަދަ ގޮތުގައި ޢަމަލުކުރުން ވަނީ ވެރިން ނޫނީ އެބައެއްގެ ފުށުގައި ބާރު ހުރި މީހުންގެ ފަހަތުގަވެ. އެއީ އެވެރިން ފަހަތުގައި ނަމާދު ނުކޮށްފިނަމަ ނުރައްކަލެއް ނޫނީ ފިތުނައެއް ކުރިމަތިވެދާނޭތީއެވެ... އެހެނަސް އެއީ، މިޒަމާނުގައި މިތިބޭ ފަދަ، މުވައްޒަފުން ގޮތުގައި ތިބޭ އިމާމުން ނަމަ، އަދި އެތަނަކީ އެތަކެއް ހުކުރު ނަމާދުގެ ޖަމާޢަތް ތަކާއި ފަރުޟު ނަމާދުގެ ތަފާތު އެކި ޖަމާޢަތްތައް (އެކިމިސްކިތްތަކުގައި) ހެދޭ ތަނެއް ނަމަ، މި ޙާލަތް (އިސްވެ ބަޔާންވެވުނު ޙާލަތާއި) ތަފާތެވެ. (އެބަހީ: އޭނާ ފަހަތުގައި ނަމާދު ނުކުރުމުގެ ނުރައްކަލެއް ނޫނީ ގެއްލޭ މަޞްލަޙަތެއް ނެތެވެ.) ...
މިސަބަބަށްޓަކައި "ޢަބްދުލް މަލިކް އަލްމައިމޫނީ ގެ "މަސާއިލު" ގައި އިމާމު އަޙުމަދު އަރިހުން ވާރިދުވެފައި ވެޔޭ: ”ރަށްފުށު މިސްކިތެއްގެ އިމާމެއް މަސްތުވެއްޖެނަމަ، އޭނާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުނުވާހިނދު، އޭނާ ފަހަތުގައި ތިމާ ނަމާދު ކުރާނީ ކިހިނަކުންހެއްޔެވެ؟ [އަޙްމަދު ވިދާޅުވިޔޭ] ތިމާއަށް މިކަމުގައި އިޚްތިޔާރުވެއެވެ. އެހެނީ އެއިމާމަކީ މުސްލިމުންގެ ވަލިއްޔުލް އަމްރެއް ނޫނެވެ. ފަހެ ވެރިންގެ ފަހަތުގައި ނަމަ، ގައިމެވެ. ކުރަން ޖެހޭނެއެވެ. އެހެނަސް ރަށްފުށު (ޢާންމު) މިސްކިތް ތަކުގައި ތިބޭ އިމާމުންގެ ކަންތަކުގައި، އަހަރެމެންނަށް (އޭނާ ދޫކޮށްލައި އެހެން އިމާމެއް ފަހަތުގައި ކުރުމުގެ) އިޚްތިޔާރު ލިބިގެންވެއެވެ.“ أهـ
އަހަރެން [އަލްމަޤްދިސީ] ބުނަމެވެ: އަދި މިހެން މިވިދާޅުވީ މަސްތުވީކަން ފާޅުވެގެންނެވެ. ދެންފަހެ ކުފުރު ފާޅުވެއްޖެ ހިނދު އަދި ކޮބައިހެއްޔެވެ؟ ނުވަތަ އޭނާ ގެ (އަލްމާނީ ސެކިއުލަރ) ރައްބުންނަށް ނުޞްރަތާއި ތަވައްލީ ފާޅުވެއްޖެ ހިނދު ފަހެކޮބައިހެއްޔެވެ؟ މިއީ ޠާޣޫތުންގެ ދީނަށް ވަދެ —ޙަޤީޤީ އިކުރާހުގެ ޙާލަތެއް ނެތީސް— އެވެރިންނަށް ނަޞްރުދީ، ˺މުސްލިމުންނާއި ދެކޮޅަށް˹ އެވެރިންނަށް ވާގިވެރިވުން ފަދަ ކަންކަމެވެ...
އަދި އެކަލޭގެފާނުގެ މި ބަސްކޮޅަށް ރަނގަޅަށް ފިކުރު ހިންގާށެވެ: ”ފަހެ ވެރިންގެ ފަހަތުގައި ނަމަ، ގައިމެވެ. ކުރަން ޖެހޭނެއެވެ. އެހެނަސް ރަށްފުށު (ޢާންމު) މިސްކިތް ތަކުގައި ތިބޭ އިމާމުންގެ ކަންތަކުގައި، އަހަރެމެންނަށް އިޚްތިޔާރު ލިބިގެންވެއެވެ.“
އަދި މިހެން ކަމުން މީހަކު އެކަލޭގެފާނު (އެބަހީ: އަޙްމަދު) އާއި މިހެން ސުވާލު ކުރުމުން ވިދާޅުވިއެވެ؛ ”މީހަކު މަސްތުވެފައި ވަނިކޮށް އަހަރެންނަށް ފެނުނެވެ. އޭނާ ފަހަތުގައި އަހަރެން ނަމާދު ކުރަންވީތޯއޭ؟“ ވިދާޅުވިއެވެ: ”ނޫނެނެވެ.“ އެމީހާ ދެންނެވިޔޭ: ”އެހެންކަމަށްވާނަމަ އަޅުގަނޑު އެކަނި ނަމާދު ކުރަންވީތޯއޭ؟“ ވިދާޅުވިއެވެ: ”ތިބާ ތިއުޅެނީ ކޮންތާކުހެއްޔެވެ؟ ގިނިކަންޏާ ސަހަރާއަކު ހެއްޔެވެ؟ ˺މުސްލިމުންގެ މި އަވަށް ތަކުގައި˹ މިސްކިތްތައް ނުހަނު ބައިވަރެވެ.“ އެމީހާ ދެންނެވިޔޭ: ”އަޅުގަނޑު އުޅެނީ ފިހާރައެއްގައެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ: ”އެނޫން މިސްކިތަކަށް (ނަމާދުކުރުން) ބަދަލު ކުރާށެވެ.“
... މިނުކުތާ ތިބާއަށް ސާފުވެ ފަހުމް ވެއްޖެނަމަ،.. ބައެއް މީހުން ނުވަތަ ޖަމާޢަތްތަކުން މިކުރާ ކަންތައް: އެއީ ˺އެބައެއްގެ ނަމާދު ޞައްޙަ ނުވާފަދަ ޝިރުކުގެ˹ ބައެއް މިޒަމާނުގެ މިސްކިތްތަކުގެ އިމާމުން ފަހަތަށް، އެއްވެސް އިކުރާހެއް އަދި ބިރުވެރިކަމެއްވެސް ނެތީސް އަރައި، ދެން އެޔަށް ފަހު އެ ނަމާދު އަލުން އިޢާދަކުރުން — ފަހެ މިކަމަކީ ޢިލްމީ ގޮތުން އަޘަރެއް ނުވާ ކަމެއްކަން ތިބާއަށް ފަހުމްވާނެއެވެ. އަދި މިކަމަށްޓަކައި ދަލީލުކުރާން އިހު ބަޔާން ވެދިޔަ، ދަލީލުތައް ، އެއީ މަރުފޫޢަ އަދި މަޥްޤުފު ވެސް، ޞައްޙަވެގެން ނުވެއެވެ. އެހެނީ ސާފުކޮށް މިދެޙާލަތުގެ ފަރަޤު އެތަކެއް ތަނުން ތަފާތެވެ...“
Comments (0)
Be the first to comment.