ހަމައެފަދައިން ދެޞަޙީޙުގައި ވާ ޙަދީޘު، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ،…
This article is available in Dhivehi only.
-②-
ހަމައެފަދައިން ދެޞަޙީޙުގައި ވާ ޙަދީޘު، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَىَّ فِي الْجَنَّةِ» ((އޭ ބިލާލެވެ! އިސްލާމް ވުމަށްފަހުގައި ކަލޭގެފާނުގެ ޢަމަލުތަކުގެ ތެރެއިން (ﷲ ޙަޟުރަތުން ރަޙުމަތާއި ޘަވާބަށް) އެންމެ ބޮޑު އުއްމީދެއް އެޢަމަލަކަށް އޮތް ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނަށް ވިދާޅުވެދެއްވާށެވެ. އެހެނީ ފަހެ ސުވަރުގެއިން ތިމަންކަލޭގެފާނުގެ ކުރިފުޅުމަތިން، ކަލޭގެފާނުގެ ފައިވާނުގެ އަޑު ތިމަންކަލޭގެފާނު އަޑުއައްސަވައިފީމެވެ.)) ބިލާލުގެފާނު ވިދާޅުވިއެވެ: ((ރޭގަނޑުގެ ވަޤުތެއްގައި ނޫނީ ދުވާލުގެ ވަޤުތެއްގައި ވިޔަސް ތިމަންކަލޭގެފާނު ވުޟޫއު ކޮށްފި ކޮންމެ ހިނދެއްގައި އެއާއި އެކު އެޠަހާރަތުގެ މަތީ ކުޅަދާނަވީ ވަރަކަށް ނަފްލު ނަމާދު ކުރުމުގައި ދެމި ހުރުމަށް ވުރެ އެއަކަށް (ﷲ ޙަޟުރަތުން) އުއްމީދު ކުރާ އިތުރު ޢަމަލެއް (ފާހަގަކުރެވިފައި) ނުވެއެވެ.))
އެހެންކަމުން މިއީ ވެސް ކޮންމެ ވަޤުތެއް ތެރޭގައިވެސް އެޢަމަލު ހިމެނިފައިވާ އެއްޗެކެވެ.
⚠️އެހެނަސް (ނަހީގެ ވަޤުތުތަކުގައި) ދެރަކުޢަތަށް ވުރެ އެ ނަމާދު އިތުރުކޮށްގެން ނުވާނެއެވެ. އެހެނީ ލުޔެއް ލިބިގެންވަނީ ނަމާދެއް ކުރުމަށެވެ. ވީމާ އިޛުނަ އޮތް މިންވަރަށްވުރެ އޭގެ ސުންނަތް އިތުރު ކުރުމެއް ނުވެއެވެ. ހަމަ އެފަދައިން މަސްޖިދު ސުންނަތުގައި ވެސް، އެ ދެރަކުޢަތް ނޫން އެއްޗެއް (ނަހީގެ ވަޤުތު ގައި ކުރާނަމަ) އިތުރަށް ކުރުމެއް ނުވެއެވެ. (އަދި އަޞްލަކީ ނަހީގެ ވަޤުތު ނޫން ޢާންމު ޙާލަތުގައި ނަފްލު ނަމާދު ކިތަންމެ ގިނައިން ވެސް ކުރެވުމެވެ.)...
[ޖަނާޒާގެ ކަންތަކުގައި] ފަތިސް ގަޑީގައި ނަމަ، ކަށު ނަމާދު ފަތިސް ނަމާދުގެ ކުރިޔަށް ކުރުމަށް އިބްނު ޢުމަރު އެންގެވި ވާހަކަ މާލިކުގެ މުވައްޠައު ގައި ޞައްޙަ ސަނަދަކުން ވެއެވެ. އެހެނަސް ފަތިސް ނަމާދަށް ފަހުގައި ކުރިޔަސް އޭގައި ގޯހެއް ނެތެވެ. އަދި ޢިލްމުވެރިންގެ ބައިގަނޑެއް މިކަމުގައި ލުއި ދެއްވިއެވެ... [...] ❝
—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ــــــــــــــــــ
📝 އިތުރު ބަޔާން:
ސުވާލު: މަޣްރިބު ނަމާދުގެ މިނިޓު ތަކެއް ކުރިން މިސްކިތަށް ވަންނަ މީހާ، މަސްޖިދު ސުންނަތް (ތަޙިއްޔަތުލް މަސްޖިދު) ކުރެވިދާނެ ހެއްޔެވެ؟
ޖަވާބު: [...] ...ދަންނާށެވެ. ޢިލްމުވެރިން ވަނީ ނަހީގެ ވަޤުތު ގައި ސަބަބާއި ލައިގެން (ނަފްލު ނޫނީ ސުންނަތް) ނަމާދު ކުރުމާއި މެދު އިޚްތިލާފުވެ ލައްވާފައެވެ. އަދި ރާޖިޙު (ބުރަދަންބޮޑު ރަނގަޅު) ޤަޥްލަކީ އެކަން ހުއްދަ ވުމެވެ. އަދި ދަލީލުތައް ދިމާވަނީ މި ޤަޥްލުގައެވެ. މިއީ ޝާފިޢީގެފާނު ގެ މަޛުހަބެވެ. އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރު ކުރެއްވި ރައުޔެވެ.
"إعلام الموقعين" ގައި އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
”ނަހީގެ ވަޤުތު ތަކުގައި ނަމާދު ކުރުން މަނައު ކުރާ ޙަދީޘް ތަކަކީ ޢާންމު އަމުރެއް އޮތް އަދި ޖުމްލަވީ ތަކެއްޗެވެ. އެހެނަސް ޢިލްމުވެރިންގެ އިޖުމާޢުގެ މަތިން އެމީހެއްގެ އެދުވަހެއްގެ ޢަޞްރު ނަމާދު (މި ޢާންމު މަނައު ގެ މައްޗަށް) އިޘްތިސްނާ ވެގެން ވެއެވެ. އަދި ނައްޞުން ޘާބިތުވާން އޮތް ގޮތުން އެމީހެއް ހަނދުމަނެތިގެން ނުކޮށް ހުރި (ފަރުޟު) ނަމާދެއް އަދައު ކުރުން (މި ނަހީގެ ވަޤުތުގައި) އިޘްތިސްނާ ވެގެން ވެއެވެ. ހަމަ އެފަދައިން ސަބަބެއް އޮތް ސުންނަތް ނަމާދު ތައް ވެސް އިޘްތިސްނާ ވެގެންވެއެވެ. އެއީ ނަބިއްޔު ﷺ މެންދުރު ނަމާދުގެ ސުންނަތް ޢަޞްރު ފަހުން ކުރެއްވި ފަދައިންނެވެ. އަދި ފަތިސް ނަމާދުގެ ސުންނަތް ފަތިސް ނަމާދަށް ފަހު ކުރި މީހާއަށް އެކަލޭގެފާނު މަނައު ނުކުރައްވައެވެ. އަދި އެއީ ފަތިސް ނަމާދުގެ ސުންނަތް ކަމުގައި އެކަލޭގެފާނަށް ޚަބަރުވެސް ދެވުނެވެ. އަދި އެމީހާގެ ފޭލިގޭގައި (ފަތިސް) ނަމާދުކޮށް އަވަދިވެގެން މިސްކިތަށް ޙާޟިރުވިމީހާ އެ ޖަމާޢަތުގެ ނަމާދުގައި ބައިވެރިވުމަށް އަންގަވައި އެއީ އޭނާއަށް ވާ ނަފްލު ނަމާދެއް ކަމުގައި ޙަދީޘް ކުރެއްވިއެވެ. އަދި މިއީ (ނަހީގެ ވަޤުތު ބަޔާންވީ) ޙަދީޘު ވާރިދުވި ސަބަބު އޮތް ފަތިސް ނަމާދާއި ބެހޭ ގޮތުންނެވެ. އަދި އިމާމު މީހާ ޚުޠުބާ ދެމުން ދަނިކޮށް މިސްކިތަށް ވަންނަ މީހާ އިށީނުމުގެ ކުރިން ތަޙިއްޔަތުލް މަސްޖިދް ގެ ދެރަކުޢަތް ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.“ — أهـ.
އަދި މިއިން ތިބާއަށް އެނގިގެން ދަނީ، އަޞްރު ނަމާދަށް ފަހު މިސްކިތަށް ވަންނަ މީހާ، އެއީ މަޣްރިބު ނަމާދުގެ ކުޑަކުޑަ އިރުކޮޅެއް ކުރިޔަށް ކަމުގައި ވިޔަސް، އޭނާއަށް ވަނީ — ރާޖިޙު ޤަޥްލުގެ މައްޗަށް ބަލާއިރު — ތަޙިއްޔަތުލް މަސްޖިދް (ދެ ރަކުޢަތް) ކުރުން ކަމުގައެވެ. އެހެނީ ތަޙިއްޔަތުލް މަސްޖިދަކީ ސަބަބަކާއި އެކު އޭނާގެ މައްޗަށް އޮތް ނަމާދެކެވެ.
— އިސްލާމްވެބް، ސުވާލު ނަންބަރު: 126372
Comments (0)
Be the first to comment.