އަލްޙައްޖާވީ "الإقناع" ގައި ވިދާޅުވިއެވެ: ”ދެން އޭނާ (ރުކޫޢުއިން) ބޯ ހިއްލައި ދެއަތް (ކޮނޑު ނޫނި ކަންފަތާ ހަމަޔަށް) އުފުލައިލުމެވެ. އެއީ…
This article is available in Dhivehi only.
—②—
އަލްޙައްޖާވީ "الإقناع" ގައި ވިދާޅުވިއެވެ: ”ދެން އޭނާ (ރުކޫޢުއިން) ބޯ ހިއްލައި ދެއަތް (ކޮނޑު ނޫނި ކަންފަތާ ހަމަޔަށް) އުފުލައިލުމެވެ. އެއީ ފުރަތަމަ ފަހަރު (ހަށަންބަންތަކްބީރު ގައި) އަތް އުފުލި ފަދައިންނެވެ. އެއީ — އިމާމު އަދި އެކަނި ނަމާދުކުރާ ވަކި ފަރުދު (އެޙަރަކާތާއި އެކު) — «سمع الله لمن حمده» އޭ ކިޔާ ޙާލުގައެވެ. އެޢަމަލާއި ބަސްކޮޅު އެކިއެކީގައި އެވެ. (سمع الله لمن حمده މާނައީ: ﷲ އެކަލާނގެއަށް ޙަމްދުކުރާމީހާގެ އަޑު އައްސަވައެވެ.) މިތާނގައި އަސަވައޭ އޮތް ބަހުގެ މާނައީ އިޖާބަދެއްވައޭ އެވެ. ދެން އޭނާ ބޭނުން ނަމަ ހިއްލައިލި އަތް ތިރިކޮށްލާނީއެވެ. އަދި އޭނާ ބޭނުން ނަމަ (ތިރިކޮށްލުމުގެ ބަދަލުގައި) ވާއަތް މަތީ ކަނާއަތް ބާއްވައި (ހަށަން) ބަންނާނީއެވެ. މިއީ (އިމާމް އަޙްމަދު އަރިހުން) ބަސްފުޅު ވާރިދުވެފައިވާ ފަދައިންނެވެ. ދެން އޭނާ ރަނގަޅަށް ސީދާވެ ކޮޅަށް ހަމަޖެހުމުން ކިޔާނީ: «ربنا ولك الحمد، ملء السموات وملء الأرض، وملء ما شئت من شيء بعد، وإن زاد على ذلك أهل الثناء والمجد أحق ما قال العبد وكلنا لك عبد، لا مانع لما أعطيت ولا معطي لما منعت، ولا ينفع ذا الجد منك الجد» ނޫނީ އެޙާލުގައި (ރުކޫޢިން ތެދުވެ އިޢުތިދާލުގައި ހުރެ) ކިޔަން ވާރިދުވެފައިވާ އެނޫން އެފަދަ ދުޢާއެކެވެ.
މިއާ ޚިލާފަށް މައުމޫމު މީހާ އަށް ވަނީ ( سمع الله لمن حمده ކިޔުމުގެ ބަދަލުގައި) ތެދުވަމުން ހަމައެކަނި ޙަމްދު ކުޅައުމެވެ. (އެބަހީ: ربنا ولك الحمد އޭ ކިޔުމެވެ. ދެން ކޮޅަށް ތެދުވެ އިޢުތިދާލުގެ އެނޫން ވާރިދުވެފައިވާ ޛިކުރެއް އިހުބަޔާން ވެވުނު ފަދައިން ކިޔުމެވެ.) — މިހިސާބަށް އަލްޙައްޖާވީ ގެ ބަސްކޮޅު، ނިމުނީ.
والله أعلم.
— އިސްލާމްވެބް ފަތުވާ 447880
~ ގަލަންދާނު 🖋
Comments (0)
Be the first to comment.