ވިތުރީގައި ކިޔެވުން ސުންނަތް ސޫރަތްތަކާއި، ސަލާމް ދިނުމަށްފަހު ކިޔޭ ޛިކުރުތަކާއިމެދު ޚުލާޞާ
This article is available in Dhivehi only.
🌙 ވިތުރީގައި ކިޔެވުން ސުންނަތް ސޫރަތްތަކާއި، ސަލާމް ދިނުމަށްފަހު ކިޔޭ ޛިކުރުތަކާއިމެދު ޚުލާޞާ
އައްޝެއިޚް އަލްމުޙަދިޘް ސުލައިމާން އަލްޢަލްވާން
—①—
ހަތަރުވަނަ ކަންތައް: ވިތުރީގައި ކިޔެވޭ ތަކެތި
ތިން ރަކުޢަތުން ވިތުރި ކުރާ މީހާގެ ކަންތަކުގައި ސުންނަތަކީ الفاتحة ސޫރަތަށް ފަހު ▶️سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى◀️ އަދި ދެވަނަ ރަކުޢަތުގައި ▶️قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ◀️ އަދި ތިންވަނަ ރަކުޢަތުގައި ▶️قُلۡ هُوَ ٱللَّهُ أَحَدٌ◀️ ކިޔުމެވެ. އެއީ سعيد بن عبدالرحمن بن أبزى އެކަލޭގެފާނުގެ ބައްޕަގެ އަރިހުން، أبي بن كعب ގެ އަރިހުން ގެންނެވި ޙަދީޘުގެ އަލީގައެވެ:
أبي بن كعب ވިދާޅުވިޔޭ:
«كان رسول الله صلى الله عليه وسلم يوتر بسبح اسم ربك الأعلى وقل يا أيها الكافرون وقل هو الله أحد»
((ރަސޫލު ﷲ ﷺ سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى އާއި قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ އާއި قُلۡ هُوَ ٱللَّهُ أَحَدٌ އިން ވިތުރު ކުރައްވައި އުޅުއްވިއެވެ.))
ރިވާކުރެއްވީ أحمد (١) އާއި أبو داود (٢) އާއި النسائي (٣) އަދި އެނޫން ބޭކަލުންނެވެ .
އޭގެ އިތުރުން ދެ އިމާމުންކުރެ މާލިކުގެފާނާއި ޝާފިޢީގެފާނު رحمهما الله (ފަހު ރަކުޢަތުގައި) الإخلاصސޫރަތަށް ފަހު الْمُعَوِّذَتَيْنِ ގެ ދެ ސޫރަތް ކިޔެވުމަށް މުސްތަޙައްބު ކުރެއްވިއެވެ. އެއީ أبو داود (٤) والترمذي (٥) وابن ماجه (٦) އަރިހުން خصيف ގެ ސަނަދުން، عبدالعزيز بن جريج އަރިހުން عائشة رضي الله عنها އަރިހުން ގެންނެވި ރިވާޔަތުގެ އަލީގައެވެ. އެއީ
أن النبي صلى الله عليه وسلم ”كَانَ يَقْرَأُ فِي الرَّكْعَةِ الأُولَى بِـ {سَبِّحِ اسْمَ رَبِّكَ الأَعْلَى} وَفِي الثَّانِيَةِ {قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ} وَفِي الثَّالِثَةِ {قُلۡ هُوَ ٱللَّهُ أَحَدٌ} وَالْمُعَوِّذَتَيْنِ“
((ނަބިއްޔު ﷺ (ވިތުރީގެ) ފުރަތަމަ ރަކުޢަތުގައި {سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى} އަދި ދެވަނަ ރަކުޢަތުގައި {قُلْ يَا أَيُّهَا الْكَافِرُونَ} އަދި ތިންވަނަ ރަކުޢަތުގައި {قُلْ هُوَ اللَّهُ أَحَدٌ} އާއި الْمُعَوِّذَتَيْنِ ކިޔަވާ ވިދާޅުވެޔޭ އެވެ.))
މިރިވާޔަތް ނަޤުލު ކުރައްވާފައިވަނީ އިބްނު ޙިއްބާން އެކަލާގެފާނުގެ "ޞަޙީޙު" ގައި އާއި، އައްޠަޙާވީ އާއި އަލްޙާކިމް އަދި އެނޫން ބޭކަލުން يحيى بن أيوب ގެ ސަނަދުން، يحيى بن سعيد އަރިހުން، عمرة އަރިހުން عائشةގެފާނު އަރިހުންނެވެ. އަދި އަލްޙާކިމް އެރިވާޔަތް ޞައްޙަކުރައްވައި އޭގެ ތަޢުލީޤުގައި އައްޛަހަބީ ފާޑުވިދާޅުވެފައި ނުވެއެވެ. އަދި އިބްނު ޙަޖަރު ”نتائج الأفكار“ (٧) ގައި އެ ރިވާޔަތް "ޙަސަން" ކުރެއްވިއެވެ.
⚠️އެހެނަސް މިކަމުގައި، (އެބަހީ: އެރިވާޔަތް ޞައްޙަވުމުގައި) ޒުވާބު އެބައޮތެވެ. އެގޮތުން މި އިތުރުވީ ބަސްކޮޅު، «الْمُعَوِّذَتَيْنِ» ، ޘާބިތުވެގެން ނުވެއެވެ. ވީމާ الإخلاص ސޫރަތަށް ފަހު އެ (ދެސޫރަތް) ކިޔުން ޝަރުޢުވެގެން ނުވެއެވެ.
އަދި މި އިތުރުވުން ، «المعوذتين» އޭ އޮތް ބަސްކޮޅު ވަނީ އަލްއިމާމް އަޙްމަދު ބުނު ޙަންބަލާއި ޔަޙްޔާ ބުނު މަޢީން ބަލިކަށި ކުރައްވާފައެވެ. އަދި ކަމުގެ ތަފްޞީލަކީ:
ފުރަތަމަ ކަމަކަށް، ޢާއިޝަތުގެފާނުގެ ރިވާޔަތުގެ ސަނަދުގައި މެދުކެނޑުމެއް ވުމެވެ. އެއީ ހަމަކަށަވަރުން ابن جريج އަކީ ޢާއިޝަތުގެފާނުގެ އަރިހުން (ބައްދަލުވެ ސީދާ ސީދަލަށް) ޙަދީޘް އަޑުއައްސަވާފައިވާ ބޭކަލެއް ނޫނެވެ. މިކަން ވަނީ الإمام أحمد އާއި ابن حبان އާއި (ޙަދީޘް ފަންނުގެ) ޖަމާޢަތެއްގެ ފުށުން (٨) ނަންގަނެވިފައެވެ. އަދި البخاري އެކަލޭގެފާނުގެ التاريخ الكبير (٦/٢٣) ވިދާޅުވެފައިވެއެވެ: ((عبد العزيز بن جريج ފުށުން عائشةގެފާނު އަރިހުން ގެންނަ ޙަދީޘުގައި ބާރުދޭ ރިވާޔަތެއް ނުވެއެވެ.))
މީގެ އިތުރުން، ابن جريج ގެ އަރިހުން މިޙަދީޘު ރިވާކުރި ފަރާތް، خصيف بن عبدالرحمن އަކީ، ހަނދުމައިގައި ބަލިކަށި ފަރާތެކެވެ. (سيء الحفظ). އަދި أحمد އާއި ابن خزيمة ވަނީ އޭނާ ޟަޢީފު ކަމަށް ކަނޑައަޅުއްވާފައެވެ. އަދި يحيى بن سعيد القطان ވިދާޅުވިއެވެ: ((އެދުވަސް ވަރުގައި އަހަރެމެން خصيف ފުށުން ނަޤުދުވާ ޙަދީޘް ރިވާޔަތްތަކުން ދުރުހެލިވެގެން ވީމުއެވެ.)) (٩)
ـــــــــــــــــــــــــــ
(١) المسند [ ٥ / ١٢٣ ] .
(٢) رقم ( ١٤٢٣ ) .
(٣) السنن [ ٣ / ٢٤٤ ] .
(٤) رقم ( ١٤٢٤ ) .
(٥) رقم ( ٤٦٣ ) .
(٦) رقم ( ١١٧٣ )"
(٧) وانظر التلخيص [ ٢ / ١٨ - ١٩ ] .
(٨) كتاب المراسيل ( ١١٢ ) لابن أبي حاتم ومشاهير علماء الأمصار ( ١٤٥ ) لابن حبان"
(٩) انظر المجروحين لابن حبان [ ١ / ٢٨٣ ] .
Comments (0)
Be the first to comment.