ދެންފަހެ (މި އިތުރުވުން ވާރިދުވެފައިވާ) ދެވަނަ ރިވާޔަތާއި މެދު ދަންނައެ، އެ ރިވާޔަތް ވެސް ޞައްޙަ ވެގެން ނުވެއެވެ. އެރިވާޔަތް ގެނައުމުގައި…
This article is available in Dhivehi only.
—②—
ދެންފަހެ (މި އިތުރުވުން ވާރިދުވެފައިވާ) ދެވަނަ ރިވާޔަތާއި މެދު ދަންނައެ، އެ ރިވާޔަތް ވެސް ޞައްޙަ ވެގެން ނުވެއެވެ. އެރިވާޔަތް ގެނައުމުގައި ސަނަދުގައި يحيى بن أيوب ވަނީ تفرد (އެބަހީ: އެކަހެރިވެގެން) ނެވެ. (އިތުރުވީބައި އޮތީ އޭނާގެ ސަނަދުގައި އެކަންޏެވެ.) އަދި އޭނާގެ މަގުން ގިނިކަންޏާ އަންނަ އެއްޗެއް ބަލައިގަނެވުމެއް ނުވެއެވެ. الأثرم ވިދާޅުވިއެވެ: ”އޭނާ އާއިމެދު يحيى بن أيوب المصري ގާތު أبا عبدالله ސުވާލުކުރެއްވި އަޑު އަހަރެން އެހީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ”އޭނާ އަކީ ހިތުދަސްކޮށް ޙަދީޘް ކިޔައި ދޭ މީހެކެވެ. އޭނާ އަކީ (ވަރުގަދަ ނޫނަސް، ބާރުދޭ ރިވާޔަތް ތަކުގައި) ބަލައިގެނެވޭ ވަރު (لا بأس به) ފަރާތެކެވެ. އަދި އޭނާގެ ހިތު ދަސްކުރުމުގައި ވަރަށް ގިނައިން އޮޅުން ހުރެއެވެ.“ ދެން يحيى ފަރާތުން، عمرة ފަރާތުން އޭނާ ނަޤުދުކުރި عائشةގޭފާނުގެ މިޙަދީޘު ވިދާޅުވިއެވެ. އެއީ (ރަސޫލު ﷲ ﷺ ވިތުރީގައި ކިޔަވާ ވިދާޅުވިޔޭ... ) — މިޙަދީޘެވެ. ދެން ވިދާޅުވިއެވެ: ”ދެކޭށެވެ. މިރިވާޔަތް ގެނައި ކާކުހެއްޔެވެ؟“ އަދި ވެސް ވިދާޅުވިއެވެ: ”عائشةގެފާނު އަރިހުން ކިތައް ކިތައް މީހުން މިރިވާޔަތް މި (އޭނާގެ ސަނަދުން އެކަނި އިތުރުވީ) ބަޔާއި ނުލައި ރިވާކޮށްފައިވޭ ހެއްޔެވެ؟“ އެގޮތުން يحيى ގެ ޙަދީޘު ވަކިން خاصة ކުރައްވައި އިންކާރު ކުރެއްވިއެވެ.“ (١٠) .
العقيلي ވިދާޅުވިއެވެ: ((ދެންފަހެ الْمُعَوِّذَتَيْنِ އާއިމެދު ދަންނައެ، (ވިތުރީގައި الاخلاص ސޫރަތަށް ފަހު އެކިޔުމުގެ ކަންތައް) ޞައްޙަ ވެފައި ނުވެއެވެ.))
✅ވީމާ (ވިތުރީގެ ފަހުރަކުޢަތުގައި) الإخلاص ސޫރަތަށްފަހު الْمُعَوِّذَتَيْنِ ގެ ދެސޫރަތް ކިޔެވުން ޝަރުޢުވެގެންނުވެއެވެ. އެއީ އެކަމާއިމެދު ވާރިދުވެފައިވާ ޚަބަރު ޟަޢީފުވެގެންވާ ކަމަށްޓަކައެވެ.
ވީމާ (ވިތުރި) ނަމާދު ކުރާ މީހާ ކިޔުން ވަނީ ވާރިދުވެގެންވާ ޞައްޙަ ގޮތެވެ: ▶️سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى◀️ ފުރަތަމަ ރަކުޢަތުގައެވެ. އަދި ދެވަނަ ރަކުޢަތުގައި ▶️قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ◀️ އެވެ. އަދި ތިންވަނަ ރަކުޢަތުގައި ▶️قُلۡ هُوَ ٱللَّهُ أَحَدٌ◀️ އެވެ. އަދި މިއަށްވުރެ އިތުރު ކުރުމެއް ނުވެއެވެ.
⬆️(އިތުރު ބަޔާން)
(ހ) މިތިން ސޫރަތަށް އެކަނި (ވިތުރީގައި ކިޔަވާ) ކިޔެވުން ހަނި ކުޅައުން މުސްތަޙައްބު ވުމާއި މެދު ބައެއް ޢިލްމިވެރިން ދެކިނުލައްވައެވެ.(١١) އެހެނަސް މިރައުޔާއިމެދު ޒުވާބުވެއެވެ. އަދި أبي بن كعب ގެ ޙަދީޘު ގައި މި ރައުޔަށް ރައްދު ވެއެވެ.
(ށ) އަދި ބައެއް ޢިލްމުވެރިން ވިތުރީގައި މިސޫރަތްތައް ދާއިމީކޮށް ނުކިޔުމަށް ވިދާޅުވެއެވެ. އެއީ އެކަމަކީ ވާޖިބެއް ގޮތުގައި ދެކެވިދާނެތީއެވެ.(١٢) މި ޤަޥްލުގައި ބުރަދަނެއް އެބައޮތެވެ. އެހެނީ ދާއިމީކޮށް ކިޔުއްވި ކަމަށް ޘާބިތުވެގެން ނުވެއެވެ. އެހެނަސް މީގައި މިބަޔާންކުރާ ސަބަބާއި މެދު ޒުވާބު އެބައޮތެވެ. އެހެނީ (ސުންނަތް ކަމެއް ދާއިމީކޮށް ކުރީމާ ވާޖިބެއްކަމަށް ބެލެވިދާނެތީ މެދުކަނޑަން ޖެހޭނަމަ) އެހެން އެންމެހާ ސުންނަތަކަށްވެސް އެސަބަބު (ދާއިމީ ނުކުރުން) ފެތިގެން ދެއެވެ. އަދި މިއީ ޞައްޙަ ގޮތެއް ނޫނެވެ.
⬆️(ސަލާމަށްފަހު ކިޔާ ޛިކުރު)
ދެން ދަންނައެ! ވިތުރިން ސަލާމްދީ އަވަދިވުމާއި އެކު «سُبْحَانَ الْمَلِكِ الْقُدُّوسِ» ކިޔުން މުސްތަޙައްބު ވެގެން ވެއެވެ. އެއީ أبي بن كعب ގެ ޙަދީޘުގެ އަލީގައެވެ. އެކަލޭގެފާނު ވިދާޅުވިޔޭ: ((ރަސޫލު ﷲ ﷺ ވިތުރީގައި ކިޔަވައި ވިދާޅުވެޔޭ... ) — މިޙަދީޘު، އަދި އޭގެ ނިމުމުގައި ވެއެވެ:
«فإذا سلم قال : سبحان الملك القدوس ثلاث مرات»
((އަދި އިތުރުއެކަލޭގެފާނުން ސަލާމް ދެއްވައި ތިންފަހަރަށް ވިދާޅުވެއެވެ: سبحان الملك القدوس))
މިޙަދީޘު ރިވާކުރެއްވީ النسائي(١٣) އެވެ.
އަދި عبد الرحمن ابن أبزى — މިއީ ޞަޙާބީންތެރެއިން ޅަފަތުގެ ބޭކަލެކެވެ — އެކަލޭގެފާނުގެ ޙަދީޘުގައި ވެއެވެ:
(ويرفع بسبحان الملك القدوس صوته بالثالثة) ((އަދި ތިންވަނަ ފަހަރަށް سبحان الملك القدوس ކިޔުމުގައި އިތުރުއެކަލޭގެފާނުން އަޑުފުޅު އިތުރަށް ފާޅުކުރައްވައެވެ.))
ރިވާކުރެއްވީ އަޙުމަދާއި އައްނަސާއީއެވެ.
⚠️الدارقطني(١٤) ގައިވާ أبي ابن كعب ގެ ޙަދީޘުގައި ރިވާވެފައިވެއެވެ: (އެޛިކުރުގެ ނިމޭތަނުގައި) «..رب الملائكة والروح» ކިޔުއްވިއޭ އެވެ.
އެހެނަސް މި އިތުރު ބަޔަކީ ޞައްޙަވެފައިވާ ބަޔެއް ނޫނެވެ. އަދި ޘާބިތުކޮށް އޮތީ ކުރިން ބުނެވުނު މިންވަރަށެވެ.
~ އައްޝެއިޚް އަލްމުޙަދިޘް ސުލައިމާން އަލްޢަލްވާން ގެ ބަސްކޮޅު، މިހިސާބަށް ނިމުނީ (أحكام قيام الليل ޞ. 24 - 26)
📝އަހަރެން ބުނަމެވެ: އަދި ވިތުރީގެ ސަލާމަށްފަހު އިސްތިޣްފާރާއި ތަހްލީލު ކިޔުމީ ސުންނަތުން އެނގޭންއޮތް ކަމެއް ނޫނެވެ.
~ ގަލަންދާނު 🖋
ـــــــــــــــــــــــــــ
(١٠) الضعفاء للعقيلي [٤ / ٣٩١ - ٠٠٠ ] و (تنقيح التحقيق [ ٢ / ١٠٦١ ]
(١١) انظر مختصر قيام الليل ص ( ٣٠٣ - .. ) . والبناية (٢ / ٥٨٥ - ٥٨٦ )
(١٢) انظر حاشية الروض المربع . (٢ / ١٨٨ )
(١٣) ج (٣ / ٢٤٤ ) . وانظر المسند (٣ / ٤٠٦)
(١٤) ج ٢ / ٣١)
Comments (0)
Be the first to comment.