މީގެ ސަބަބަކީ، އެއީ އެއްކަހަލަ ދެ އަޅުކަމެއް ކަމުންނެވެ. އަދި އެދެމެދުގެ ވަޤަތު ކުޑަތަންވެފައި ވުމުންނެވެ. އެހެންކަމުން އެހިނދުގައި ވާޖިބު…
This article is available in Dhivehi only.
—②—
މީގެ ސަބަބަކީ، އެއީ އެއްކަހަލަ ދެ އަޅުކަމެއް ކަމުންނެވެ. އަދި އެދެމެދުގެ ވަޤަތު ކުޑަތަންވެފައި ވުމުންނެވެ. އެހެންކަމުން އެހިނދުގައި ވާޖިބު ޢަމަލު؛ އެބަހީ އިންތިޤާލީ ތަކްބީރު، ފަރުޟު ޢަމަލުގެ ތެރެއަށް، އެބަހީ ހަށަންބަންތަކްބީރު ތެރެއަށް، ވެއްދުން ހުއްދަވެގެން ވެއެވެ.
(ނޯޓް: ރުކޫޢަށް ދިޔުމަށް ޙަރަކާތް ކުރާ ނޫނީ އިންތިޤާލީ ތަކްބީރަކީ، ޙަންބަލީންގެ ގާތުގައި ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. އެހެނަސް ޖުމްހޫރު ޢިލްމުވެރިން ގާތުގައި އިންތިޤާލީ ތަކްބީރުތަކީ ސުންނަތެކެވެ. ވީމާ އެބޭކަލުންގެ އަރިހުގައި، ގަސްތުގައި އެ ދޫކޮއްލުމީ ވެސް ހުއްދަ ކަމެކެވެ.)
ދެންފަހެ އޭނާ ކޮޅަށް ހުރެ ހަށަންބަންތަކްބީރު ގެ ނިޔަތާއި އެކު ތަކްބީރެއް ކިޔައި، ދެން ރުކޫޢުއަށް ޙަރަކާތް ކުރުމުގެ އިންތިޤަލީ ތަކްބީރުގެ ނިޔަތާއި އެކު ދެވަނަ ތަކްބީރެއް ކިޔައި، އިމާމު މީހާ ރުކޫޢުގައި ވަނިކޮށް ފޯރައިފިނަމަ، އޭނާ މޮޅުއިތުރު ގޮތެއްގައި ހިފައިފިއެވެ.
”مسائل الإمام أحمد“ ގައި އަބޫ ދާވޫދު ވިދާޅުވިއެވެ:
”އަޙްމަދުގެ އަރިހު އަހަރެން ސުވާލުކުރީމެވެ: ދެފަހަރަށް ތަކްބީރު ކިޔުން ކަލޭގެފާނަށް ލޮބުވެތިވެގެންވޭ ތޯއެވެ؟ ވިދާޅުވިއެވެ: ((ފަހެ އޭނާ ދެފަހަރަށް ތަކްބީރު ކިޔައިފިނަމަ، އެއީ އެކަމުގައި ޚިލާފެއް ނެތް ގޮތެކެވެ.))
3⃣ މައުމޫމު މީހާ އިމާމު މީހާއާއި އެކު ރުކޫޢު ލިބުނު ކަމަށް ވަނީ ރުކޫޢުގެ ކިހާވަރެއް އިމާމު މީހާ މިހާ އާއި އެކު ލިބުމުން ހެއްޔެވެ؟
އެއީ އިމާމް މީހާ ރުކޫޢު އިން ތެދުވުމުގެ ނިދާ އެއްކޮށް ކިޔައި ފުރިހަމަ ކުރުމުގެ ކުރިން އަދި އިމާމު މީހާ ފުރިހަމަޔަށް ކޮޅަށް ތެދުވުމުގެ ކުރިން، މައުމޫމު މީހާ ރުކޫޢު "ފުރިހަމަ" ކުރުމެވެ.
🤚މައުމޫމު މީހާ ރުކޫޢު "ފުރިހަމަ" ކުރުމޭ ބުނެވޭ ބަހުގެ މާނައީ: (ފުރިހަމަޔަށް ގުދު ނުވެވުނަސް) އޭނާގެ ކަކުލުގައި ރަނގަޅަށް އަަތް އެޅެވުމެވެ.
”مسائل الإمام أحمد“ ގައި އަބޫ ދާވޫދު ވިދާޅުވިއެވެ:
ރުކޫޢުގައި އިމާމު މީހާ ވަނިކޮށް ނަމާދަށް އާދެވޭ މީހަކާއި މެދު އަޙްމަދާއި ސުވާލުވެވުނީތީ އަހަރެން އަޑުއެހީމެވެ. އެއީ އެމީހެއް ތަކްބީރު ކިޔައި ދެން ރުކޫޢު ކުރިއިރު އިމާމު ތެދުވާ މީހަކާއި މެދުގައެވެ. ވިދާޅުވިއެވެ: ((އިމާމު މީހާ (އެއްކޮށް) ތެދުވުމުގެ ކުރިން މައުމޫމު މީހާ ކަކުލުގައި ރަނގަޅަށް އަތް އެޅިއްޖެނަމަ، (އެރަކުޢަތް) ލިބުނީއެވެ.))
⚠️[[އަހަރެން ބުނަމެވެ:
މިމައްސަލާގައި ބެލުން ވަނީ އިމާމު މީހާގެ ޢަމަލަށެވެ. އޭނާގެ ޤަޥްލަކަށް ނޫނެވެ. (އެބަހީ: سمع الله لمن حمده ގެ އަޑަކަށް ނޫނެވެ.) މިއީ އިމާމު މީހާ ފެންނަން ހުރެއްޖެ ހިނދުގައެވެ.
⬆️ވީމާ އިމާމު މީހާ ރުކޫޢު އިން ކޮޅަށް ތެދުވެ ސީދާ ވެއްޖެނަމަ، ބައެއް ޖާހިލު އިމާމުން ކަންތައް ކުރާހެން سمع الله لمن حمده ނުކިޔައި ހުއްޓަސް، ފަހުން އަންނަ މައުމޫމަށް އެ ރަކުޢަތް ލިބުނު ކަމުގައި ނުވެއެވެ.
⬆️އަދި އިމާމު މީހާ ރުކޫޢުގައި ވަނިކޮށް މައުމޫމު ހަށަންބަން ތަކްބީރު ކިޔައި ނިންމައި ރުކޫޢަށް ދާން އުޅެނިކޮށް ތެދުވެ ސީދާ ވެއްޖެ ނަމަ ނޫނީ ކަކުލުގައި އަތް ނޭޅިއްޖެނަމަ، ރުކޫޢު ލިބުނު ކަމުގައި ނުވެއެވެ.
🤚އަދި މި މަޢްސަލާގައި ޝައްކު ވެއްޖެނަމަ އަޞްލަކީ ރަކުޢަތް ނުލިބޭ ކަމަށް ބެލުމެވެ.
⚙️މިއާއިއެކު ބުނަމެވެ: އިމާމު މީހާ ނުފެންނަ ހިސާބެއްގައި ހުރެއްޖެ މީހާ، އޭނާ އަށް މިކަމުގައި ބުރަނުވެއެވެ. ވީމާ އޭނާ އިމާމު މިހާގެ سمع الله لمن حمده ގެ އަޑަށް ބަލައި ރުކޫޢު ލިބުނުކަމަށް އަންދާޒާ ކުރާނީއެވެ. އެއީ އެއަޑު ކެނޑުމުގެ ކުރިން ކަލުލުގައި އަތް އެޅެވުމެވެ.
🤚އެހެނަސް މި ޙާލަތުގައި ވެސް އެ އިމާމަކީ (ޖާހިލުން ކަންތައް ކުރާ ފަދައިން) ރުކޫޢުއިން ތެދުވުމަށް ފަހު ދެން سمع الله لمن حمده ކިޔާ މީހެއް ކަން އެނގޭ ނަމަ، އެހިނދުގައި އެ އަޑަށް ބަލައި ރަކުޢަތް ލިބުނު ކަމުގައި ނުބެލެވޭ ހުއްޓެވެ. — ޚުލާޞާކޮށް އިބްނު ޢުޘައިމީން ގެ ފަތުވާ ތަކުން، ބެލުމަށް، އަދި އިތުރަށް) ]]
— ނާޞިރް އަލްޢައްމާރް (މައިގަނޑު މަޞްދަރު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.