ވުޟޫއު ގެ نواقض ތައް
This article is available in Dhivehi only.
⚙️ވުޟޫއު ގެ نواقض ތައް
(ވުޟޫއު ގެއްލޭ ކަންތައްތައް) އެއީ 5 ކަމެކެވެ:
1️⃣އާދައިގެ މަތިން ދެދޮރުން ކުރެ ދޮރަކުން އެއްަޗެއް ނިކުތުމެވެ. އެއީ ކުޑަކަމުދާތަކެއްޗާއި، ބޮޑުކަމުދާތަކެއްޗާއި، الفساء (އަޑެއް ނުހުންނަ ވަޔާއި) ، الضراط (އަަޑެއްހުންނަ ވައި) ފަދައެވެ.
2️⃣ޖަމަލު މަސް ކެއުމެވެ.
3️⃣ޒަކަރުގައި ބީހުމެވެ. ⁽¹⁾
4️⃣އެހެންޏާ ހޭނެތިގެން ނޫނީ ނިދީގެ ސަބަބުން ވާނުވާ ނޭނގޭ ވަރަށް ނިދި ޖެހިގެން ހޭވެރިކަން ގެއްލުމެވެ.
5️⃣އިސްލާމް ދީނުން މުރުތައްދުވުމެވެ. އެހެނަސް (މިނުކުތާ މި ނަންގަނެވުނީ) ރައްކާތެރި ވުމުގެ ގޮތުންނެވެ. މީގެ މައްޗަށް ހާމަ ދަލީލެއް ނުވެއެވެ. އަދި ޖުމްހޫރުން (ވުޟޫޢު ގެ نواقض ތަކުގައި) މިކަން ނުގެންނަވައެވެ.
⬆️ [މިގޮތުން] ޢިލްމުވެރިން ކުރެ ބައިގަނޑެއް ޛިކުރު ކުރައްވަނީ (ވުޟޫޢު ގެ) نواقض ތަކީ (އެބަހީ: ގެއްލޭ ކަންތައް ތަކީ) 4 އެއްޗެއް ކަމުގައެވެ.
⬆️ އެނޫން ބޭކަލުން ވިދާޅުވަނީ އެއީ 6 އެއްޗެއް ކަމުގައެވެ.
⬆️ ⌝އިމާމު⌜ އަޙްމަދު ގެ މަޛުޙަބުގައި މަޝްހޫރީ އެއީ 8 ކަމެއް ގޮތުގައެވެ. އެ އިތުރު ތަކެއްޗަކީ،
⬆️ހަށިގަނޑުން ގިނަ އަދަދަކަށް ހަޑި މުޑުދާރު (ދޮހާއި ލެޔާއި ހޮޑުފަދަ) އެއްޗެއް ނިކުންނަ ނިކުތުމާއި،
⬆️އަންހެނެއް ގައިގައި ޝަހުވަތްތެރިކަމާއި އެކު ބީހުމާއި
⬆️މައްޔިތެއް ހިނެވުމެވެ.
އެހެނަސް މި (އިތުރު) ތަކެއްޗަށް އެއްވެސް ޞައްޙަ ދަލީލެއް ޘާބިތުވެފައި ނުވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅި ނަޤުލު ކުރެއްވީ ޝެއިޚުގެ ދަރިކަލުން ޢަބްދުލް މަލިކެވެ.) حفظهما الله
~ގަލަންދާނު 🖋
ـــــــــــــــــــــ
[1] އެބަހީ: ހަންހުރަހަކާއި ނުލައި ބީހުމެވެ. މިއީ އަލްޢަލްވާން ގެ ރައުޔެވެ. އަދި މިމައްސަލަ ތަފްޞީލުކޮށް ޝެއިޚު ފަތުވާ ދެއްވާފައި ވެއެވެ. އަދި މިއީ ޤަޞްދުގައި ނޫނީ އެނޫން ގޮތަކުން ވިޔަސްއެވެ. އަދި މިރައުޔުގެ ބޭފުޅުންގެ ގާތުގައި އަތްތިލައިން ނޫނީ އޭގެ ބަނޑުފުށުން ނޫން ތަނަކުން ނަމަ ޤަޞްދާއި ނުލައި ޖެހުން ލުއި ކުރައްވައެވެ. އަލްޢަލްވާންގެ ބަސްފުޅެއް މިނުކުތާއަކު އަހަރެމެންނަށް އެނގިފަޔެއް ނުވެއެވެ. الله اعلم. މިމައްސަލައިގެ އެކި ރައުޔުތައް ޖަމަޢަކޮށް އަހަރެމެން ވާނީ މީގެ ކުރިން އިންފޯގްރާފިކް އެއް ގެނެސްދީފައެވެ.
Comments (0)
Be the first to comment.