މުޞްޙަފުން (ނޫނީ މޯބައިލް ފޯނުން) ބަލައިގެން ނަމާދުގައި ޤުރުއާން ކިޔެވުމުގެ ޙުކުމް
This article is available in Dhivehi only.
📖 މުޞްޙަފުން (ނޫނީ މޯބައިލް ފޯނުން) ބަލައިގެން ނަމާދުގައި ޤުރުއާން ކިޔެވުމުގެ ޙުކުމް
ސުވާލު: ނަމާދު ކުރާ މީހާ މުޞްޙަފުން ޤުރުއާން ކިޔުން ޖާއިޒު ހެއްޔެވެ؟
ޖަވާބު: ނަމާދުގައި މުޞްޙަފުން ޤުރުއާން ކިޔެވުމާއި މެދުގައި ފިޤުހުވެރިން -رحمهم الله- ވަނީ 3 ޤަޥްލެއްގެ މައްޗަށް ދެބަސްވެލައްވާފައެވެ:
1⃣ފުރަތަމަ ޤަޥްލަކީ: މުޠްލަޤުކޮށް އެކަން މަނައު ވުމެވެ. ފަރުޟު ނަމާދު ތަކުގައި އާއި ނަފްލު ނަމާދު ތަކުގައި ވެސް މެއެވެ. އެއީ އިމާމް އަބޫ ޙަނީފާ އާއި އިބްނު ޙަޒަމުއް-ޡާހިރީ ގެ ޤަޥްލެވެ. رحمهم الله.
2⃣ދެވަނަ ޤަޥްލު: މުޠްލަޤުކޮށް ޖާއިޒުވުމެވެ. (ހުއްދަވުމެވެ.) ފަރުޟު ނަމާދުތަކާއި ނަފްލު ނަމާދުތަކުގައި ވެެސް މެއެވެ. މިއީ އިމާމް އައްޝާފިޢީ -رحمه الله- ގެ ޤަޥްލެވެ.
3⃣ތިންވަނަ ޤަޥްލު: ނަފްލު ނަމާދު ތަކުގައި އެކަން ޖާއިޒުވުމެވެ. އެހެނަސް ފަރުޟު ނަމާދު ތަކުގައި މަކުރޫހަ ވުމެވެ. މިއީ އިމާމް މާލިކު -رحمه الله- ގެ ޤަޥްލެވެ. އަދި މިއީ އިމާމް އަޙްމަދު -رحمه الله تعالى- ގެ އަރިހުން އޮތް އެއް ބުނުމެވެ. އަދި އަހަރެމެން ރާޖިޙު ކަމަށް ދެކި ކަނޑައަޅާ ޤަވްލަކީ މިއެވެ.
އަލްއިމާމު އިބްނު ވަހަބް -رحمه الله- ވިދާޅުވިއެވެ: ((އިބްނު ޝިހާބު ވިދާޅުވިއެވެ: އަހަރެމެންގެ ތެރެއިން އެންމެ މާތް ބޭކަލުން ރަމަޟާން މަހުގައި ⌝ދަމުނަމާދުގައި⌜ މުޞްޙަފުން ކިޔަވާވިދާޅުވެ އުޅުއްވިއެވެ. އަދި މާލިކުގެފާނާއި އައްލައިޘު ފަދަ ބޭކަލުންގެ ބަސްފުޅު މިކަމުގައި ވެއެވެ.))
އަދި "އަލްމުޣްނީ" ގައި އަލްއިމާމު އިބްނު ޤުދާމާ ވިދާޅުވިއެވެ: ((އަޙްމަދު ވިދާޅުވިއެވެ: ”މުޞްޙަފަށް ބަލައިގެން މީސްތަކުންނާއި އެކު އޭނާ (އިމާމު މީހާ) ދަމުނަމާދު ކުރުމުގައި މައްސަލައެއް ނުވެއެވެ.“ އެކަލޭގެފާނަށް ދެންނެވުނެވެ: ފަރުޟު ނަމާދުތަކުގައި އެކަން އޮތީ ކޮންފަދައަކުން ތޯއެވެ؟ ވިދާޅުވިއެވެ: ”ނޫނެކެވެ. އެކަމާއިމެދު އެއްވެސް އެއްޗެއް ތިމަންކަލޭގެފާނަށް އަޑުއިވިފައި ނުވެއެވެ.“ އަދި އަލްޤާާޟީ ވިދާޅުވިއެވެ: ”ފަރުޟު ނަމާދުތަކުގައި އެކަން މަކުރޫހަވެގެންވެއެވެ. އަދި (ޤުރުއާން) ހިތުދަސް ނޫން ނަމަ التطوع (އެބަހީ: ސުންނަތް) ނަމާދުތަކުގައި އެކަމުގައި މައްސަލައެއް ނުވެއެވެ. އެހެނަސް އޭނާ އަކީ ޙާފިޡެއް ނަމަ ސުންނަތް ނަމާދުގައިވެސް އެކަން މަކުރޫހައެވެ. އަދިވެސް ރަމަޟާން މަހު މުޞްޙަފުން (އެބަލައިގެން) އިމާމު ވުމާއި މެދު އަޙްމަދާއި ސުވާލުވެވުނެވެ. އެހެންކަމުން ވިދާޅުވިއެވެ: ”އެކަމަށް ޟަރޫރުވެގެންވާ ނަމައެވެ...“))
والله تعالى أعلم
— الشيخ ތުރުކީ ބުނު މުބާރަކް، އަލްބިންޢަލީ (تقبله الله)
#فتاوى_عبر_الأثير (( 191 ))
~ ގަލަންދާނު 🖋
ــــــــــــــــــــــ
އިތުރަށް ބަލައިހޯދުމަށް: ”ތަރާވީހު ނޫނީ ދަމުނަމާދުގައި މުޞްޙަފު ހިފަހައްޓައިގެން ކިޔެވުމުގެ ޙުކުމް އަދި އެހިފަހައްޓަން ޖެހޭގޮތް“ — ގަލަންދާނު.
Comments (0)
Be the first to comment.