2/2 — އަހަރެން ބުނަމެވެ: މިއީ ޝަހަރެއްގެ ތެރޭގައި، ވަކިމިސްކިތަކަށް ނޫނީ ބޮޑު ޝަހަރެއްނަމަ އޭގެން އަވަށް ތަކުގައި ވަކި މިސްކިތް ހުރެފައި،…
This article is available in Dhivehi only.
2/2
އަހަރެން ބުނަމެވެ: މިއީ ޝަހަރެއްގެ ތެރޭގައި، ވަކިމިސްކިތަކަށް ނޫނީ ބޮޑު ޝަހަރެއްނަމަ އޭގެން އަވަށް ތަކުގައި ވަކި މިސްކިތް ހުރެފައި، އެމިސްކިތުގެ ޖަމާޢަތަށް ބަންގި ގޮވުމަށް ބަޔާންވެވުނު ފިޤުހެވެ. އަދި މީހުންނަށް އެ ބަންގި ފޯރުކުރުކޮށް ދިނުމަށްޓަކައި ދެބަންގި ހުއްދަވިޔަސް ނޫނީ ހާއްޖަތަށް ބޭނުންވާ ވަރަކަށް އިތުރު ކުރިޔަސް، އެބަންގިތައް ވަކިކޮށް އެމަސްހުނި ނުކުރުމަށެވެ.
ވީމާ ޙާލަތުގެ ގޮތުން ގެއެއްގައި، ނުވަތަ ގެއެއްގެ އެކި ބައިތަކުގައި ނޫނީ އައިސޮލޭޝަން (އެކަހެރި) ކުރެވިފައިވާ ކަރަންޓީނު ފެސިލިޓީއެއް ނޫނީ ޖަލެއްގައިވާ މީހުން، އެބައިމީހުން އެތިބި ތަނެއްގައި ބަންގިދިނުން ވަނީ ކުރިން ލިޔުމުގައިވެސް ބަޔާން ކުރި ފަދައިން މަޑުންނެވެ. އަދި ބޮޑު ޖަމާޢަތުގެ ބަންގި ނީވޭ ހިސާބެއްގައިވަނީ ނަމަ، އެތަނުން އެކަކު އަޑު ހަރުކޮށް ބަންގި ގޮވުމަށް ކަނޑައެޅުން އެދެވިގެންވެއެވެ. الله أعلم.
Comments (0)
Be the first to comment.