Fiqh / Namaadhu
ޢަބްދުލް މާލިކް ވިދާޅުވި އެވެ: ނަމާދުގައި ލޯމެރުމުގެ ޙުކުމަކީ ކޮބައިތޯ، އަހަރެންގެ ބައްޕަ (އަލްޢުލްވާން) ގާތު އެހީމެވެ
By Galandān Admin16 August 2020 at 07:300 Comments
This article is available in Dhivehi only.
ޢަބްދުލް މާލިކް ވިދާޅުވި އެވެ: ނަމާދުގައި ލޯމެރުމުގެ ޙުކުމަކީ ކޮބައިތޯ، އަހަރެންގެ ބައްޕަ (އަލްޢުލްވާން) ގާތު އެހީމެވެ.
ޖަވާބު ދެއްވިއެވެ: ”މިއީ ޔަހޫދީންގެ ޢަމަލުގެ ތެރެއިން ވާ ކަމެކޭ ބުނެވެއެވެ. އެހެނަސް ނަބިއްޔު ﷺ އަރިހުން ނޫނީ އެއްވެސް އަޞްޙާބު ބޭކަލެއް އަރިހުން މިކަމާއި މެދު އެއްވެސް އެއްޗެއް ޘާބިތުވެފައި ނުވެއެވެ. އަދި ސަލަފުން ތެރޭ މިކަމުގައި ޚިލާފުވެއެވެ. އަދި އިޚްތިޔާރު ވެވިގެން ވަނީ ލޯ ހުޅުވުމެވެ. އެއީ ނަބިއްޔާ ﷺ ނަމާދުގައި ޢަމަލު ކުރެއްވި ގޮތުގެ މައްޗަށެވެ... އަދި ޙާއްޖަތަކަށްޓަކައި ލޯމަރައިފި މީހެއް ނޫނީ މިކަން އޭނާއަށް ޚުޝުއްވަތްތެރިކަން ބޮޑު ނަމަ، މިކަމުގައި މައްސާލައެއް ނުވެއެވެ.“
—ޝައިޚް ސުލައިމާން، އަލްޢުލްވާން (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.