އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް ބިން އިބްރާހީމް އަލްޚުޟައިރު ވިދާޅުވިއެވެ
This article is available in Dhivehi only.
އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް ބިން އިބްރާހީމް އަލްޚުޟައިރު ވިދާޅުވިއެވެ:
އެސްފީނާ އާއި ޙަސަދަ އާއި ސިޙުރު ލައިގަނެފައިވާ މީހުންނަށް އަހަރެމެންގެ ނަޞޭޙަތަކީ: އެންމެ މޮޅުއިތުރު (الأفضل) ގޮތަކީ ޤުރުއާނާއި ޞައްޙަވެގެންވާ ސުންނަތުގެ ތަކެތިން އަމިއްލަ ނަފްސުގެ މައްޗަށް އަމިއްލަޔަށް ރުޤްޔާ ކުރުންކަމުގައެވެ. އަދި ޛިކުރާއި އިސްތިޣްފާރާއި ދުޢާ ގިނަގުނަކުރުމެވެ.
ނޯޓް: މިތާގައި އަހަރެން މިބުނީ: ރުޤިޔާ ކުރުމުގައި (الأفضل) އެންމެ މޮޅުއިތުރު ގޮތަކީ އެމީހެއްގެ އަމިއްލަ ނަފްސަށްކަމެވެ. އެހެނީ އަމިއްލަ ނަފްސަށް ކުރާ މަސައްކަތަށް ވުރެ ނަފަޢުވުން މޮޅު އިތުރު އެއްޗެއް ނުވެއެވެ... އެހެނަސް އެކަމަށް އިތުބާރުވެވިގެންވާ ފަރާތެއް ގާތަށް ރުޤްޔާވުމަށް ދިއުމުގައި މައްސަލައެއް ނުވެއެވެ. [ދެޞަޙީޙްގައިވާ ޢާއިޝާ ގެ ޙަދީޘް ގައި، ނަބިއްޔު ﷺ އާލާސްވެވަޑައިގެންނެވި ހިނދު އެކަމަނާ ނަފަޘަ ކުރައްވިކަމަށް ވެއެވެ.]
ޤުރުއާނުން ޞައްޙަ ގޮތުގައި އައިސްފައިވާ ޝަރުޢީ ރުޤްޔާ:
1-الفاتحة ސޫރަތް ، މިއީ ދެޞަޙީޙުގައިވާ ޢަބޫ ސަޢީދުލް ޚުދްރީ ގެ ޙަދީޘް އިން
2-آية الكرسي ، (ކުރުސީގެ އާޔަތް) މިއީ އަލްބުޚާރީ ރިވާކުރައްވާފައިވާ ޢަބޫ ހުރައިރާގެ ޙަދީޘް އިން.
3- البقرة ސޫރަތުގެ ފަހު ދެ އާޔަތް، މިއީ ދެޞަޙީޙުގައިވާ އަބޫ މަސްޢޫދުކް ބަދްރީ ގެ ޙަދީޘް އިން.
4- الإخلاص ސޫރަތް
5- المعوذتين (الفلق އަދި الناس މިދެ ސޫރަތް) އަލްބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޢާއިޝާ ގެ ޙަދީޘް އިން.
މިއީ ވާރިދުވެފައިވާ ތަކެތީން އެންމެ ޞައްޙަކަން ބޮޑު ތަކެއްޗެވެ.
އަލްޢައްލާމާ، އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
ފަހެ ޤުރުއާނަކީ، އެންމެހާ ހިތުގެ (އެބަހީ: ނަފްސާނީ) އަދި ހަށިގަނޑުގެ ބޭހަކަށް އަދި ދުނިޔެއާއި އުޚްރަވީ އެންމެހާ ބޭހަކަށްވާ ފުރިހަމަ ޝިފާއެކެވެ... މިހެންކަމުން، ބަލިމީހާއަށް އެއިން ރަނގަޅަށް ފަރުވާދެވިއްޖެނަމަ އަދި އެބޭހާއި އެކު އޭގައައި ތެދުވެރި ކަމާއި އީމާންކަން އެކުލަވާލައިފިނަމަ، އަދި ފުރިހަމަ ޤަބޫލާއި ނުގުޑާނޭ ކަށަވަރުކަން އޮވެމެ އޭގެ ޝަރުޠުތައް ފުރިހަމަވެއްޖެނަމަ، އެބައްޔެއް އޭނާ ފުށު ދެމިއޮތުމެއް ނުވެއެވެ. އަދި ޤުރުއާނުން ޝިފާ ނުލިބޭނެ މީހަކަށް (ބައްޗަކަށް) ﷲ ޝިފާއެއް ނުދެއްވައެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި ސުވާލުވެވުނެވެ:
ޤުރުއާނުން (ބަލީގެ) ފަރުވާ ހޯދުމާއި ރުޤްޔާ އަކީ ޝަރުޢުވެގެންވާ އެއްޗެއްތޯއެވެ؟ އެހެންކަމުން ޖާވާބުދެއްވެވެ:
”އެއީ ޢަމަލުތަކުގެ ތެރެއިން އެންމެ މޮޅުއިތުރު ކަންތަކުގެ ތެރެއިން ކަމެކެވެ. އެއީ ނަބިއްޔުންނާއި ޞާލިޙުބޭކަލުންގެ ޢަމަލުތަކުގެ ތެރެއިން ވާ ކަމެކެވެ. އެހެނީ ނަބިއްޔުންނާއި ޞާލިޙުން، ﷲ އައި އެއިލާހުގެ ރަސޫލު އަމުރު ކުރެއްވިއެއްޗަކުން އާދަމުގެ ދަރީން ޝައިޠާނުން ގެ ފުށުން ދިފާޢުކުރެއްވުމުން ކެނޑި ނުދެއެވެ.“ — އަލްފާތާވާ
(ނުނިމޭ)
Comments (0)
Be the first to comment.