9- އެމީހެއްގެ އަޖަލު ޖެހިފައިނުވާ ބައްޔެއްގައިވާ ބަލިމީހަކަށް ޒިޔާރަތް ކުރާ މީހާ، އޭނާ ގާތު ހަތް ފަހަރު: أَسْأَلُ اللَّهَ الْعَظِيمَ رَبَّ…
This article is available in Dhivehi only.
9- އެމީހެއްގެ އަޖަލު ޖެހިފައިނުވާ ބައްޔެއްގައިވާ ބަލިމީހަކަށް ޒިޔާރަތް ކުރާ މީހާ، އޭނާ ގާތު ހަތް ފަހަރު: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (މަތިވެރި ޢަރުޝީގެ ވެރި މަތިވެރި ﷲ ޙަޟުރަތުން ތިބާއަށް ޝިފާދެއްވުމަށް އަހަރެން އެދި ދަންނަވަމެވެ.) މިހެން ދުޢާ ކޮށްފިނަމަ، އެކަން ނުފިއްލަވާ ނުދޫކުރައްވާނެތެވެ. ރިވާކުރެއްވީ އައްނަސާއީ އަދި "އަދަބު އަލްމުފްރަދު" ގައި އަލްބުޚާރީ އަދި ޚިޔާރު ކުރައްވައި އެދެބޭކަލުންވެސް އެޞައްޙަ ކުރެއްވިއެވެ. އަދި އަލްބައްޒާރު އެ "ޙަސަން" ކުރެއްވިއެވެ. އަދި ޢަބްދު ﷲ ބުނު އަޙްމަދު ވިދާޅުވިއެވެ: އަހަރެންގެ ބައްޕަ ވިދާޅުވިއެވެ: ”އަހަރެމެން ޔަޒީދު އަށް އެ ރިވާކުރީމުއެވެ. އަދި އެ ރަފަޢަ ވުމާއި މެދު (އެބަހީ: ރަސޫލު ﷺ އަށް ނިޞްބަތްވާގޮތިގައި ސަނަދުން ރިވާވެފައިވުމާއި މެދު) އެކަލޭގެފާނެއް ޝައްކެތް ނުކުރައްވައެވެ. އަދި އޭގެ ސަނަދަށް އެއްބަސްވެލެއްވިއެވެ.“
10- އަބޫ ސަޢީދު އަރިހުން ވާރިދުވި ރިވާޔަތުގައި: ...ތިޔަބައިމީހުން ތެރޭ ރުޤްޔާ ކުރާ މީހެއް ވޭ ހޭ ... އަހަރެމެންނަށް ކަންބަޅިބަކައްޓެއް ނުދެނީހެއް ރުޤްޔާ ނުކޮށްދޭނަމޭ... ދެން އޭނާގެ މައްޗަށް ކިޔެވެލި ކިޔުއްވީމޭ (الحَمْدُ لله) ފާތިޙާ ސޫރަތް ހަތް ފަހަރު، ދެން އޭނާ އެކަމުން މިންޖުވެ އަހަރެމެން ކަންބަޅިބަކަރި ތަކެއް (އެބައިމީހުން އަތުން) ހޯދީމެވެ. ... ރިވާކުރެއްވީ އައްތިރުމިޛީ އަދި ވިދާޅުވި: ”މި ޙަދީޘް ޙަސަން ޞައްޙަ އެވެ.“ އަދި އަލްކަރޫޚީ ގެ ކޮޕީ ގައި: ”ޙަސަން ޞަޙީޙް“ މިފަދައިންނެވެ. އަދި އަލްއިމާމް އައްދާރަޤުޠްނީ އެ ޞައްޙަ ވެގެންވާކަމަށް އިޝާރަތް ކުރައްވާފައިވެއެވެ. އަހަރެން ބުނަމެވެ: މުސްލިމް ގެ ޝަރުޠުތަކުގެ މައްޗަށް އެ ޞައްޙަ އެވެ.
(ނުނިމޭ)
Comments (0)
Be the first to comment.