ސުންނަތުން ޟަޢީފު ގޮތުގައި އައިސްފައިވާ ޝަރުޢީ ރުޤްޔާ
This article is available in Dhivehi only.
ސުންނަތުން ޟަޢީފު ގޮތުގައި އައިސްފައިވާ ޝަރުޢީ ރުޤްޔާ:
(ނޯޓް: މިއީ މިތަކެތި ރުޤްޔާ ގައި ބޭނުން ނުކުރެވޭނޭތީކީ ނޫނެވެ. އެހެނަސް އެންމެ މޮޅު އިތުރީ ޞައްޙަ ތަކެތި ބޭނުން ކުރުން ކަމުގައި ވެފައި، އެ ޙާލަތުގައި ޞައްޙައާއި ޟަޢީފު ތަކެތި ފަރަޤު ކުރުމަށްޓަކައެވެ. މީގެ އިތުރުން ޟަޢީފު ޛިކުރެއް ބޭނުން ކުރުމުގައި އޭގެ ދަރަޖަ އެނގި، އަދި ރަސޫލު ﷲ ﷺ އަށް ނިޞްބަތް ނުކުރުން ލާޒިމެވެ. )
1- أَعُوذُ بِالله السميع العَليم من الشَّيْطان الرَّجيم من هَمْزه وَنَفْخِهِ وَنَفْثِهِ — ރިވާކުރެއްވީ ސުނަން ތަކުގެ ބޭފުޅުން، އޭގައި ޖަޢްފަރު އައްޟަބަޢީ ތަފައްރުދުވެފައިވާ ޟަޢީފު ސަނާދަކުންނެވެ.
ޢިމާމް އަޙްމަދު ވިދާޅުވިގޮތުގައި، މިޙަދީޘް ޞައްޙައެއް ނޫނެވެ. އަދި ވިދާޅުވިއެވެ: ޖަޢުފަ އާއިމެދު އަބޫ ދާވޫދު އޮޅިވަޑައިގެންނެވިއެވެ. އަދި އިބްނު ޚުޒައިމާ ވިދާޅުވިއެވެ: މިރިވާޔަތް ޘާބިތެއް ނޫނެވެ.
2- أعُوذُ بِكلِماتِ الله التامَّةِ، مِنْ غضبهِ، وشرِّ عِبادِهِ، ومِنْ همزاتِ الشَّياطِينِ وأنْ يحْضُرُونِ. — ރިވާކުރެއްވީ އަޙްމަދު ނުގުޅިއޮތް ސަނަދަކުންނެވެ. އިބްނު ޙައްޔާންއެއް ، ޢަލްވަލީދު އާއި ބައްދަލުވެފައެއް ނުވެއެވެ. އަދި އައްނަސާއި އާއި އަބޫ ދާވޫދު ރިވާކުރެއްވީ: މުޙައްމަދު ބުނު އިސްޙާޤް "ޢަންޢަނަ" ގެ ރާގުގައި ސީދާ މުޚާޠަބު ކުރެވުނު ކަން ފާޅުނުވާގޮތުގައެވެ. އަލްބައިހަޤީ ވިދާޅުވިއެވެ: މިޙަދީޘް މުރްސަލް އެވެ. އަލްޙާފިޡު ވިދާޅުވިއެވެ: މުރްސަލް ގޮތުގައި ޞައްޙައެވެ.
3-أعوذ بكلمات الله التامات التي لا يُجاوزهنّ بر ولا فاجر من شر ما خلق وبرأ وذرأ ومن شر ما يلج في الأرض وما يخرج منها، ومن شر ما ينزل من السماء .. ومن شر طوارق الليل والنهار إلاّ طارقاً يطرق بخير. — ރިވާކުރެއްވީ އައްނަސާއީ، އޭގައި ގޮތްނޭގޭ މީހުން ހިމެނޭ ސާނަދަކުންނެވެ. އިބްނު މަންދަހް އިރްސާލު ކުރައްވައި ހާމަނޫން ބަލިކަށިކަންވާކަމަށް ކަނޑައެޅުއްވިއެވެ. އަދި މިސަބަބަށްޓަކައި މީގެ ސަނަދަށް ނަޒަރެއް (ދެބަސްވުމެއް) ވާކަމުގައި ވިދާޅުވިއެވެ.
4- ތިން ފަހަރު، بِسْم الله الَّذِي لا يَضرُ مع اسْمهِ شئٌ في الأرضِ ولا في السَّماء وهو السَّميعُ العِليمُ. — އައްނަސާއީގެ ރިވާޔަތުގައި: ”ކުއްލިއަކަށް އަންނަ ބަލާވެރިކަމަކަށް ނުސިހޭނެއެވެ.“ އަދި އަބޫ ދާޥޫދުގެ ރިވަޔަތުގައި: ”ކުއްލިއަކަށް އަންނަ ބަލާއެއް ލައިނުގަންނާނެތެވެ.“ އަދި އައްތިރުމިޛީ އާއި އިބްނު މާޖާ ގައި: ”އޭނާއަށް އެއްވެސް ތުރައެއް ނުފޯރާނެތެވެ.“ — އަދި އައްނަސާއީ ވަނީ މިޙަދީޘް ޟަޢީފު ކުރައްވާފައެވެ. އަދި އިބްނު މަހްދީ އޭގައި ހާމަނޫން ބަލިކަށިކަމަށް އިޝާރާތްކުރެއްވިއެވެ. އަދި އަބޫ ޙާތިމް އާއި އަބޫ ޒަރްޢާ ވެސް އެެވެ.
5- بسمِ الله الكِبيْرِ ، نَعُوذُ بالله العَظِيْمِ من شرِّ عِرق نَعَّار ومن شرِّ حرِّ النَّار . — ރިވާކުރެއްވީ އައްތިރުމިޛީ އަދި އިބްނު މާޖާ. މީގައި ހާމަނޫން ދެބަލިކަށިކަމެއް ވެއެވެ:
އެކެއް: އިބްރާހީމް ބިން އަބީ ޙަބީބާ - އަލްބުޚާރީ އާއި އަބޫ ޙާތިމް މިރާވީ އަށް އިންކާރު ކުރައްވާފައި ވެއެވެ.
ދޭއް: ދާވޫދު ބިން އަލްޙަޞީން — ޢިކްރިމާ ފަރާތުން އަންނަ ރިވާޔަތް ނޫން ތަކެތީގައި އިތުބާރުވެވިގެން ވެއެވެ. އިކްރިމާ އަރިހުންނަމަ، އިންކާރުތައް ވެއެވެ.
މިސަބަބަށްޓަކައި އައްތިރުމިޛީ މިޙަދީޘް މުންކަރު ކަމަށް ކަނޑައެޅުއްވި އެވެ.
6-اللَّهُمَّ اشْفِ عَبدكَ يَنْكَأ لَكَ عَدُوّاً، أوْ يمشِي لكَ إلى جَنَازَةٍ .. ރިވާކުރެއްވީ ޢަބޫ ދާވޫދު.
އަދި އަޙްމަދުގެ ރިވާޔަތުގައި : ويَمْشي لك إلى الصَّلاة.
މިރިވާޔަތުގެ ސަނަދު ޟަޢީފެވެ. ޙުޔައްޔު ބުނު ޢަބްދުﷲ އަލްމަޢާފިރީ މީގައި ތަފަރުދު ވެފައިވެއެވެ. އަޙްމަދު ވިދާޅުވިގޮތުގައި އޭނާގެ ޙަދީޘްތައް މުންކަރު ވެގެންވެއެވެ. (އެހެން ވަރުގަދަ ރިވާޔަތްތަކާއި ޚިލާފުވުމުގެ ސާބަބުން ބަލައިނުގަނެވެއެވެ.) އަދި އައްނަސާއީ ޟަޢީފުކުރެއްވިއެވެ. އަދި އަލްބުޚާރީ ވިދާޅުވިއެވެ: އޭގެ (ޞައްޙަވުމާއި މެދު) ދޭބާސްވުން ވެއެވެ. އަދި (ރާވީންގެ ތެރެއިން) އިބްނު ލަހީޢާ އަކީ ޖުމްލަކޮށް ބަލިކަށި މީހެކެވެ.
(ނުނިމޭ)
Comments (0)
Be the first to comment.