ދަންނައެ، ޤުރުއާނާއި ސުންނަތުން ރުޤްޔާ ކުރުން، މިއީ ރަސޫލުންގެ މަސައްކަތްޕުޅެކެވެ. ނަބިއްޔު ﷺ އަފުރާދުންނަށް ރުޤްޔާ ކޮށްދެއްވި ކަމަށް…
This article is available in Dhivehi only.
ދަންނައެ، ޤުރުއާނާއި ސުންނަތުން ރުޤްޔާ ކުރުން، މިއީ ރަސޫލުންގެ މަސައްކަތްޕުޅެކެވެ. ނަބިއްޔު ﷺ އަފުރާދުންނަށް ރުޤްޔާ ކޮށްދެއްވި ކަމަށް ޘާބިތުވެފައިވެއެވެ. އަދި ސަލާމްލެއްވި ޖިބްރީލް އިތުރުއެކަލޭގެފާނުންނަށް ރުޤްޔާ ކޮށްދެއްވިއެވެ. އަދި ޢާއިޝާ ވެސް އިތުރުއެކަލޭގެފާނުން ނަށް ރުޤްޔާ ކޮށްދެއްވިއެވެ. އަދި އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި މުސްލިމުންގެ އިމާމުންގެ ފަރާތްޕުޅުން، އެބޭކަަލުން އެހެންފަރާތްތަކަށް ރުޤްޔާ ކޮށްދެއްވި ކަން ޘާބިތުވެގެން ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: من اسْتطاع منكُم أن يَنفع أَخاهُ فَليفْعل. (އެމީހެއްގެ އަޚާ އަށް މަންފާއެއް ކޮށްދެވޭނެ މީހަކު ތިޔަބައިމީހުންގެ ތެރެއިންވާނަމަ ، ފަހެ އެކަމެއް ކޮށްދޭށެވެ.) ރިވާކުރެއްވީ މުސްލިމް.
• އެސްފީނާ
ޢަލްބުޚާރީ [باب الْعَيْنُ حَقٌّ] މިހެން ބާބެއް ކަނޑައެޅުއްވިއެވެ:
ދެން އަބޫ ހުރައިރާ ގެ އަރިހުން ވާރިދު ވެފައިވާ މިޙަދީޘް ނަގުލުކުރެއްވިއެވެ: އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: العَيْنُ حَقٌّ، ولو كَانَ شيءٌ سَابَق القَدرَ سَبَقَتْهُ الْعَيْنُ. (އެސްފީނާ އަކީ ޙައްޤު އެއްޗެކެވެ. [އެބަހީ: ޙަޤީޤަތެކެވެ.] އަލްޤަދަރު އަށް ވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފީނާ ކުރިޔަށް އެރީހެވެ.) ދެޞަޙީޙުގައި މިރިވާވެފައިވެއެވެ.
ފަހެ ކިތައް ފަހަރު، ދުޅަހެޔޮ މީހެއް ދެން ބަލިމަޑުކަން ލައިގަނެ އޭނާގެ އެބަލީގެ ސަބަބު ނޭގިވޭހެއްޔެވެ؟ އަދި ކިތައްފަހަރު ނިޢްމަތެއް ސުންޕާ ކަމަކަށް ވެގެންދޭ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ޙަސަދަވެރިޔާ ބަހެއް ނުބުނެހުރެވެސް އެޖައްސުވައެވެ. އެހެންކަމުން ވިރުދުތައް ކިޔެވުން ދޫކޮށްނުލާށެވެ. އެހެނީ އެއީ ރައްކަލެކެވެ. އަދި ސަލާމަތުގެ ކިއްލާއެކެވެ.
އަލްޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ:
އެސްފީނާ ލައިގަތުމުގެ ފަރުވާ އަކީ، މިއާޔަތް ކިޔެވުމެވެ. އެބަހީ، ﷲ ﷻ ގެ ވަޙީ ﴿وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ۞ وَمَا هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ۞﴾ القلم 51 ، 52
(ކާފިރުވި މީހުން ޤުރުއާން ގެ އަޑު އެހި ހިނދު ، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. * ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރުއާން ނުވެއެވެ.)
— އިބްނު މުފްލިޙް ގެ "އަލްއާދާބުއް ޝަރީޢަތް "
އަލްޙާފިޡް އިބްނު ޙަޖަރު "އަލްފަތުޙު" ގައި ވިދާޅުވިއެވެ: ”ޙަސަދަ އާއި ނުލައި ވެސް ޢަޖާއިބު ވުމުގެ ސަބަބުން އެސްފީނާ ޖެހެއެވެ. އެއީ އެމީހަކަށް ލޯބިކުރާ އަދި ޞާލިޙު މީހެއް ކަމުގައި ވިޔަސް އެވެ. އަދި އެމީހަކަށް ކަމަކާއިމެދު ޢަޖާއިބު ކުރުވައިފިނަމަ، އެޢަޖާއިބު ކުރުވި ކަމަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމެވެ. ފަހެ މިއީ އޭނާގެ ފުށުންވާ ރުޤްޔާއެއް ކަމުގައި ވެއެވެ.“
(ނުނިމޭ)
Comments (0)
Be the first to comment.