އަލްޙިޖާމާ (ކަވާ)
This article is available in Dhivehi only.
• އަލްޙިޖާމާ (ކަވާ) :
މިއީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ތަދުތަކާއި އަދި ތަފާތު ބަލިތަކުން ޝިފާ ލިބިގަތުމަށް މަގުފަހި ކުރުވާ ޒަޚަމީ (ސަރޖިކަލް) ފަރުވާއެކެވެ. އަދި ޤަދީމީ ޒަމާނުއްސުރެ ޙިޖާމާ އަކީ ފަރުވާ ދެވުމަށް ބޭނުންކުރެވޭ އަސާސީ އެއްވައްތަރު ކަމުގައި ވިއެވެ. އެހެނަސް މިޒަމާނުގައި މިއީ "އޮލްޓަރނޭޓިވް" ބޭސްފަރުވާ އަކަށް ވެއްޖެއެވެ. (އެބަހީ: އަސްލު ފަރުވާގެ ބަދަލު ފަރުވާއެއްކަމަށެވެ.) މިހެނަސް، ނަބިއްޔު ﷺ ޙިޖާމާކުރެއްވިތެވެ. އަދި ޙަދީޘް ކުރެއްވިއެވެ: إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ (ތިޔަބައިމީހުން ކުރާ އެންމެ ރަނގަޅު ބޭސްފަރުވާއަކީ ޙިޖާމާ ޖެހުމެވެ.) މިއީ ދެޞަޙީޙީގައި ވާރިދުވެފައިވާ ފަދައިންނެވެ.
ސަމާލުކަމަށް: ތިބާގެ ހަށިގަނޑުގައި ވޭން އަޅައި ނޫނީ ވަރުބަލިވެ ވާގިނެތި ހާސްވެ ހަމަނުޖެހުން ވެފައި، އަދި އޭގެ ސަބަބު ތިބާއެއް ނޭގި ހަސްފަތާލަށް ގޮސް އެންމެހާ ތަހުލީލުތަކާއި ބަލައިހޯދުމަށްފަހުވެސް، ތިބާގެ ކަންކަން ރަނގަލު ކަމަކަށް ދައްކާނަމަ، މިޙާލަތުގައި އެންމެހާ ކަމެއް ހުއްޓާށެވެ. އެހެނީ މިކަމުގެ ފަރުވާ އަކީ ޝަރުޢީ ރުޤްޔާއެވެ. (އަދި އެތައްފަހަރެއްގައި، ރުޤްޔާ ކުރުމަށް ފަހު، ތަޙުލިލުތަކަށް އޭނާގެ މައްސަލަތައް ފެނި އިތުރު ފަރުވާއަށް އެހީވެސް ލިބެއެވެ.)
ނިމުނީ!
— ޝައިޚް އަލްމުޙައްދިޘް، ޢަބްދުލް ޢަޒީޒް ބިން އިބްރާހީމް އަލްޚުޟައިރު (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.