ބައެއް މީހުން މަޝްޣޫލު ވެފައި ވަނީ ޣީބަ⁽¹⁾ އާއި ނަމީމާ⁽²⁾ އަދި ޤީލަ-ވަޤާލަ⁽³⁾ އިގައެވެ. އަދި މީސްމީހުންގެ (ޒާތީ) ވާހަކަތަށް ކަނުލައި…
This article is available in Dhivehi only.
••
❞ ބައެއް މީހުން މަޝްޣޫލު ވެފައި ވަނީ ޣީބަ⁽¹⁾ އާއި ނަމީމާ⁽²⁾ އަދި ޤީލަ-ވަޤާލަ⁽³⁾ އިގައެވެ. އަދި މީސްމީހުންގެ (ޒާތީ) ވާހަކަތަށް ކަނުލައި ހޯދުމުގައެވެ. އަދި އެވެރިންފުށު (ލާބަހުރި) ޢަމަލެއް ނުވެއެވެ. އަދި ހެވަށް އަމުރުކޮށް މުންކަރާތް މަނައު ކުރުމެއްވެސް ނުވެއެވެ. އަދި އުފެއްދުންތެރި ކަމެއް ނުކުރެއެވެ. މިއީ ފާފައިގެ ނަތީޖާއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــــ
(1) ޣީބަ އަކީ ނެތިމޮށުމެވެ. އެއީ ނުރުހެވޭ ބަހެއް މުސްލިމަކާއި މެދު އޭނާގެ ޣައިރު ހާޒިރުގައި ބުނުމެވެ. އަދި "ބުހުތާން" އަކީ އޭނާ ނެތް ތާގައި އޭނާ އާއި މެދު ދޮގެއް ހެދުމެވެ. މިއީ ޣީބައަށް ވުރެ ނުބައި ވައްތަރެކެވެ.
(2) ނަމީމާ އަކީ ދެބައޮޑުވުމެވެ. މިއީ ދެމީހެއް ދޭތެރެޖެހޭ ހެން، އަނެކާ ތިބާ އާއިމެދު މިވެނި އެއްޗެއް ބުނެފިޔޭ ބުނެ ވާހަކަ އުފުލުމެވެ.
(3) ޤީލަ-ވަޤާލަ މިއީ ބުންޏޭ-ބުންޏޭ އެވެ. އިވޭހާ އެއްޗެއްގެ ވާހަކަ ޝަރުޢީ ޘާބިތުކަމެއް ނެތި އުފުލައި ދެއްކުމެވެ.
(މިއެންމެހާ ލަފުޛު ތަކަކީވެސް ޙަދީޘް އިން ވާރިދުވެފައިވާ ތަކެއްޗެވެ.)
Comments (0)
Be the first to comment.