وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ
This article is available in Dhivehi only.
وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ
އަދި ޢަޒީޒް ވަންތަ، ރަޙީމް ވަންތަ ރަސްކަލާނގެއަށް ތިބާ ވަކީލް ކުރާށެވެ!
ٱلَّذِى يَرَىٰكَ حِينَ تَقُومُ
އެކަލާނގެއީ، ތިބާ (ނަމާދަށް) ތެދުވާހިނދު، ތިބާ ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَتَقَلُّبَكَ فِى ٱلسَّٰجِدِينَ
އަދި ސަޖިދަ ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ތިބާ ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ.
إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
އެ ޝައިޠާނުން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ
(މިކާހިނުން) ކަނުލައި އެވެރިންގެ ކަންފަތްތައް (އެ ޝައިޠާނުންގެ ދޮގާއި ތެދުގެ މަސްހުނި ގަނޑަށް) ދީގެން ތިބެއެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ
(ދޮގުވެރި) ޅެންވެރިންގަނޑަށް ތަބަޢުވާނީ މަގުފުރެދިގެންވާ މީހުންނެވެ.
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ
ހަމަކަށަވަރުން، (އަނގަތަޅާ) ކޮންމެ ވާދީ އެއްގައިމެ، ޖެހުނުގޮތަކަށް އެއުރެން އުޅޭތީ ތިބާއަށް ނުފެނޭ ހެއްޔެވެ؟
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
އަދި އެއުރެން ކޮށް ނުއުޅޭ ކަންކަމުގެ ވާހަކަ އެއުރެން ބުނެއުޅެތީވެސްމެއެވެ؟
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا
(ޅެންވެރި ވާހަކަދެއްކުންތެރީން ކުރެ) އީމާންވެ ޞާލިޙް ޢަމަލުކޮށް، އަދި ގިނަގިނައިން اللَّه ޛިކުރު ކޮށް،
وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ۗ
އަދި އަނިޔާލިބުމަށްފަހު، (ޅެންވެރިކަމާއި ބަހުރުވައިން މުއުމިނުންނަށް) ނަޞްރު ދިން މީހުން މެނުވީއެވެ.
وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ
ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ.
« އައްޝުޢަރާއު 217 - 227 »
~ ގަލަންދާން
Comments (0)
Be the first to comment.