ޝައިޚް ޠާހާ ޞުބްޙީ ފަލާޙާ (رحمه الله) ގެ « ހިތުގެ ޢަމަލުތަކަށް ރަނުގެ ސިލްސިލާ » ޅެމުގެ އެންމެ ފަހު ކަޑިތައް
This article is available in Dhivehi only.
ޝައިޚް ޠާހާ ޞުބްޙީ ފަލާޙާ (رحمه الله) ގެ « ހިތުގެ ޢަމަލުތަކަށް ރަނުގެ ސިލްސިލާ » ޅެމުގެ އެންމެ ފަހު ކަޑިތައް.
بحمد ربنا افتتحناها وها
نحن بحمده بلغنا ختمها
އަހަރެމެންގެ ރައްބުގެ ޙަމްދުން މި (ޅެން) އަހަރެމެން ފެށީމުއޭ، މިހާރު=
އެއިލާހުގެ ޙަމްދުން އަހަރެމެން އޭގެ ނިމުމަށް ފޯރައިފިޔޭ
سلسلة في السجن قد نظمتها
متنا غدا سهلا به تعليمها
ޖަލުގައި މިއީ އަހަރެން އެކުލަވާލި (ޅެމުގެ) ސިލްސިލާއެކޭ
މަތަނެކޭ މިއީ އެއަކުން އުނގަންނައިދެވުން ފަސޭހަކަން އެކުލެވޭ
وقال أصحابي طويل نظمها
في ذا الزمان مستحيل حفظها
އަހަރެންގެ (ޖަލުގެ) އެކުވެރިން (މި ޢިލްމީ ޅެމަށް) ބުންޏޭ: ”ތިއީ މާދިގު އެއްޗެކޭ
މިޒަމާނުގައި ތިދަސްކުޅައުން ކުޅަދާނަވެސް ނުވެޔޭ
(އެއުރެން ބުންޏޭ) :
فكلنا في همه منذ اعتقل
أمسى وعن حفظ المتون منشغل
އަހަރެމެންގެ ހައްޔަރަށްފަހު ކޮންމެ މީހެއް މިވަނީ ކަންބޮޑުވުމަކުއޭ
ތިފަދަ އެއްޗެއް ދަސްކުޅައުމަށް އަހަރެމެން މާ ބިޒީއޭ
(އެއުރެން ބުންޏޭ) :
فنحن للرشاش لسنا للقلم
نمضي نعيد المجد نبلغ القمم
ފަހެ އަހަރުންނީ ބަޑިއުންޑައިގެ މީހުނޭ ގަލަމެއް ނޫނޭ
އަހަރެމެން ދަތުރުކުރަނީ (އިސްލާމުގެ) ކާމިޔާބީ އަލުންގެނުވައި އޭގެ ކުރިބޯއްޓަށް ގެންދިޔުމަށޭ
(އެއުރެން ބުންޏޭ) :
ولى زمان الدرس ولت الحلق
فالقنص والتفخيخ شغل من صدق
ދަރުސުތަކުގެ ޒަމާން ގޮސްފިޔޭ ޚަލަޤާތައް ވެސްމެއޭ
ފަހެ ތެދުވެރިޔެއްގެ މަސައްކަތީ އަދު، ސުނައިޕަރާއި ބޮން ގޮއްވުމޭ
(އެއުރެން ބުންޏޭ) :
فاحذر أخي لا تنبطح فقلت مه
تمهلوا ما ذا الهوى ما ذا العمه
ވީމާ އަޚާއޭ ހުށިހާރުވެ މިމަގުން އަތްދޮވެނުލާށޭ“ އަހަރެން (ރައްދުގައި) ބުނީމޭ: ހުއްޓާލާށޭ
މަތަވެބަލާށޭ، ކޮންފަދަ ހަވާނަފުސެއް ހޭ ތިއީ، ކޮންފަދަ ހަނިވިސްނުމެއްހޭ!
من غير علم لن تقوم قائمة
لنا ولن نحيا حياة منعمة
ޢިލްމާއި ނުލައެއް އަހަރެމެންނަށް ބިންގަލެއް ގާއިމު ނުވެވޭނެތޭ
އަދި އެއާއި ނުލަޔެއް އިއްޒަތްތެރި ޙަޔާތެއް އަހަރުންނަށް ނުވެޔޭ
لا نشتكي الهموم إنما الهمم
ماتت فذلنا بنى والجهل طم
އަހަރެމެންނެއް ޝަކުވާއެއް ނުކުރަމޭ (މިއުއްމަތުގެ) ކަންބޮޑުވުންތަކަށް (އެއަށްވަނީ ކެތްތެރިވުމޭ) އެހެނަސް ހިއްވަރޭ
މަރުވެފައިވަނީ. މިސަބަބަށްޓަކައި ނިކަމެތިކަން ފާވެ، ޖާހިލުކަމުން ފޯވެއްޖެޔޭ އަހަރުން
علم الشريعة السبيل للقمم
وما السيوف عنده إلا خدم
(ތިއެދޭ) ކާމިޔާބީތަކުގެ މަގަކީ ޝަރުޢީ ޢިލްމޭ
އަދި ކަނޑިއަކީ އެ (ޢިލްމަށް) ލެބިގެންވާ ޚާދިމެއް ފިޔަވައި ކޯޗެއްހޭ؟
فاحظى به تنجو فإن من سلك
درب النجاة دونه حتما هلك
ފަހެ މި (ޢިލްމު) އިން ބޯށޭ ތިބާމެން ނަޖާވުމަށް، ފަހެ ހަމަކަށަވަރުން ކަޑައްތުކުރާމީހާ=
އެޔާއި ނުލައި ނަޖާތުގެ މިމަގު، އޭނާގެ ނިމުމަކީ ހަލާކޭ
حتى ولو غدا الجهاد مطلبه
فالظلم مع قطع الطريق مذهبه
އޭނާ ހޯދާ އެއްޗަކީ ޖިހާދުކަުމައިވިޔަސް މެއޭ
(އެހެނީ މިޢިލްމާއި ނުލައި) އޭނާގެ މަޒުހަބަކީ ހަމަ އަނިޔާވެރިކަމާއި މަގުފޭރޭ މީހަކަށް ވުމޭ
فالحمد دائما لكاشف المحن
نشكو له الأسى وغربة الزمن
ވީމާ ދާއިމަށް ޙަމްދުކުރަމޭ ބަލާވެރިކަން ހާމަކޮށްދޭ އިލާހަށް
ދަތިތަކުގެ ޝަކުވާ އެއިލާހަށް އަހަރެމެން އުފުލަމޭ އަދި ޒަމާނުގެ ބީރައްޓެހިކަމަށް
ونسأل الإخلاص في هذا العمل
مع الرضا وعفوه عن الزلل
އެއިލާހު އަރިހުން އަހަރެމެން އެދެނީ މިޢަމަލުގައި އިޚްލާޞް ކަމަށް
އެއާއިއެކު އެއިލާހުގެ ރުއްސެވުމާއި އެންމެހާ އަހަރުންގެ ކުށްތަކަށް ފުއްސެވުމަށް
عنا وعن شيوخنا وكل من
سعى لنشر العلوم واقبلن
އެއީ އަހަރެމެނާއި އަހަރެމެންގެ ޝައިޚުން ފުށުން އަދި ކޮންމެ=
މިޢިލްމު ފަތުރާ މީހެއް ފުށުން. އަދި (މިޢަމަލުތައް) ޤަބޫލުކުރެއްވުން އެދެމޭ
وصل مولانا على حبيبنا
محمد فدى له أرواحنا
އަހަރުންގެ މަޥްލާއޭ ޞަލަވާތް ލައްވާށި އަހަރެމެންގެ ޙަބީބަށް
މުޙައްމަދަށް، ފިދާ ކުރަން އަހަރެމެންގެ ރޫޙުތައް
وآله وصحبه ومهتدي
بهديه مع السلام الأبدي
(ޝާމިލް ކުރައްވާށި މިޞަލަވާތުގައި) އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން އަދި ހިދާޔަތްލިބިތިބީން
އެކަލޭގެފާނުގެ ހިދާޔަތުގައި. އަދި ދާއިމީ ސަލާމް ވެސް ލައްވާށި އެއުރެނަށް.
~ ގަލަންދާން
Comments (0)
Be the first to comment.