ދެން އަލުން މިބައްދަލް ވެދާނެބާ
This article is available in Dhivehi only.

ދެން އަލުން މިބައްދަލް ވެދާނެބާ
ނޫންނަމަ މީ ފަހުގެ އަލްވިދާއުބާ
ރާޅުތައް އެއްވަމުން މިގޮސް ފޯވަނީ
އަނދިރިތައް ކަނޑުތެރޭން މިބައްދަނީ
އަތުތެރޭން ވީ މުށްތެރޭން ނިގުޅިދޭ
ބަލަބަލާ ހުއްޓާ އެގޮސް ބީވެ ގެއްލިދޭ
ވަޢްދުތައްވީ ދެމިތިބޭން އެކުއެކީ
ވަކިވެ އެކަހެރިމިވީ.. ގޮޅިތެރޭން
ދަނެހުރީން މީ ތެދު ފިދާއެކޭ
ރައްބު ﷲހަށް ވީ ކެކުޅުމޭ
ތިބާޔާނުލާ ދަތުރު ބުރަކަމޭ
ހިތާމަޔާ އަނދިރިތައްމި ފޯކުރޭ
ވިޔަސް ރައްބަށްޓަކާ ގުޑިނުލަން
އަޒުމަކާއެކުހުރުން މީ ވަޢުދެކޭ
ރޭގަނޑަށް ނިމުންއައީ އަލިކަމޭ
ފަޖުރަކަށް އޮތީ ހިތުގެ ބައްދަލޭ
ސުވާލެއް މިއީ ފަޖުރުވީ...
ޖަންނަތުންތޯ ދުނިޔެތޯ ނޭގެޔޭ
ދެން އަލުން މިބައްދަލް ވެދާނެބާ
ނޫންނަމަ މީފަހުގެ އަލްވިދާއުބާ
ރާޅުތައް އެއްވަމުން ގޮސް ފޯވަނީ
އަނދިރިތައް ކަނޑުތެރޭން މިބައްދަނީ
ދެން އަލުން މިބައްދަލް ވެދާނެބާ
ނޫންނަމަ މީފަހުގެ އަލްވިދާއުބާ
(4 ރަބީޢުލް އައްވަލު 1443ހ. )
~ ގަލަންދާން
Comments (0)
Be the first to comment.