ރޭގަނޑުގައި ހޭލެވިއްޖެނަމަ ކިޔާ ޛިކުރު 💭✨▫️
This article is available in Dhivehi only.
▫✨💭 ރޭގަނޑުގައި ހޭލެވިއްޖެނަމަ ކިޔާ ޛިކުރު 💭✨▫️
”ރޭގަނޑުގެ ތެރޭ ހޭލެވޭ މީހާ، ދެން އޭނާ:
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ކިޔައި، އެއަށް ފަހު: اللَّهُمَّ اغْفِرْ لِي (ޔާ ﷲ އަހަރެންގެ ފާފަ ފުއްސަވާށި) އޭ ކިޔައިފިނަމަ - ނޫނީ - ދުޢާކޮށްފިނަމަ، އެޔެއް އިޖާބަވެވިގެން ވެއެވެ. އަދި އޭނާ ވުޟޫއުކޮށް ނަމާދުކޮށްފިނަމަ އެނަމާދެއް ޤަބޫލުވެވިގެންވެއެވެ.“
•═✨═•✺•🌙•✺•═✨═•
▫✨💭 ނިދީގައި ނުރުހުންތެރި އެއްޗެއް ފެނިއްޖެނަމަ ކިޔާ ޛިކުރު 💭✨▫️
▫ ވާތްފަރާތަށަ ތިންފަހަރު ދުލުގެކުރިން (ތެތް ނޫންކޮށް) ކުޅުޖެހުން
▫ ޝައިޠާނާ ގެ ނުބައިކަމުން އަދި އެ (ހުވަފެނުގެ) ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް ﷲ ޙަޟުރަތުގައި ދެންނެވުން. އަދި އެހުވަފެން އެއްވެސް މީހަކަށް ކިޔައި ނުދިނުން.
▫ ނިދަން އޮތް އަރިކަށި ނޫން ފަރާތަށް އެނބުރުން
▫ (ބޭނުންނަމަ) ތެދުވެ ނަމާދުކުރުން
•═✨═•✺•🌙•✺•═✨═•
Comments (0)
Be the first to comment.