4. ދެން التسبيح އާއި التحميد އާއި التكبير ފައްޓަވައެވެ. އަދި މީގައި ތަފާތު ގޮތްތަކެއް ޞައްޙަ ގޮތުގައި ވާރިދުވެފައި ވެއެވެ
This article is available in Dhivehi only.
(2)
4. ދެން التسبيح އާއި التحميد އާއި التكبير ފައްޓަވައެވެ. އަދި މީގައި ތަފާތު ގޮތްތަކެއް ޞައްޙަ ގޮތުގައި ވާރިދުވެފައި ވެއެވެ:
ކޮންމެ މުސްލިމަކަށްވެސް ވަނީ މިއިން އެކައްޗެއް ކޮންމެ ނަމާދެއް ފަހުގައިވެސް ޚިޔާރުކުރުމެވެ. އަދި (އެއްފަހަރާއި) އެ ޖަމާޢު ކުރުމެއް ނޫނެވެ.
ފުރަތަމަ ސިފަ: ކޮންމެ ނަމާދެއްގައި 10 ފަހަރު سُبْحَانَ اللَّهِ އަދި 10 ފަހަރު الْحَمْدُ لِلَّهِ އަދި 10 ފަހަރު اَللَّهُ أَكْبَرُ ކިޔުމެވެ. ރިވާކުރެއްވީ އަލްބުޚާރީ އަބޫ ހުރައިރާގެ ޙަދީޘްތަކުގެ ތެރެއިންނެވެ.
ދެވަނަ ސިފަ: 11 ފަހަރަށް 11 ފަހަރަށް މިގޮތަށެވެ. އަދި މިއީ ސުހައިލްގެ ބަސްފުޅެކެވެ. ޛިކުރު ކުރެއްވީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައެވެ. އަދި އެކަލޭގެފާނު އެއަށް ތަބަޢުވެ ނުލައްވައެވެ. އަދި އިބްނުލް ޤައްޔިމް އާއި އިބްނު ޙަޖަރު މިއީ (ތަސްބީޙައިގެ) ޞިފަތަކުގެ ތެރެއިން ނުވާ އެއްޗެއް ކަމަށް ކަނޑައަޅުއްވާފައި ވެއެވެ.
ތިންވަނަ ސިފަ: 25 ފަހަރު سُبْحَانَ اللَّهِ ، 25 ފަހަރު الْحَمْدُ لِلَّهِ ، 25 ފަހަރު اَللَّهُ أَكْبَرُ އަދި 25 ފަހަރު هَلَّل (އެބަހީ: لَا إلَهَ إلَّا اللَّهُ) ކިޔުމެވެ. އެހިނދު އެއީ މުޅިއަކު 100އެވެ. ރިވާކުރެއްވީ އައްނަސާއީ، ޞައްޙަ ސަނަދަކުންނެވެ.
ހަތަރުވަނަ ޞިފަ: 33 ފަހަރު سُبْحَانَ اللَّهِ ، 33 ފަހަރު الْحَمْدُ لِلَّهِ ، 33 ފަހަރު اَللَّهُ أَكْبَرُ . އެހިނދު އެއީ 99 އެކެވެ. އަދި لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ ކިޔައި 100 ހަމަކުޅައުމެވެ. (ރިވާކުރެއްވީ مسلم އެވެ.)
5. «رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ [ނުވަތަ تَجْمَعُ] عِبَادَكَ»
ރިވާކުރެއްވީ މުސްލިމް، އަލްބަރާއު ގެ ޙަދީޘް އިން ނެވެ.
އަދި ފާޅުވެގެންވަނީ މިދުޢާ ކިޔުންވަނީ ސަލާމް ދިނުމަށް ފަހުގައި ކަމެވެ. އަދި އިމާމް އަޙްމަދު ގެ ރިވާޔަތުގައި މިދުޢާ ނިދުމުގެ ކުރިން ކިޔުން ވެއެވެ.
6. «اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ» ރިވާކުރެއްވީ مسلم އެވެ.
[މިއީ ރޭގަނޑުގެ ނަމާދަށް ފަހުގައެވެ.]
7. «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا [އެބަހީ: الدَّجَّالِ ގެ ފިތުނަ] وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ» (ރިވާކުރެއްވީ البخاري އެވެ.)
____________
ޛިކުރު ތަކުގެ މާނަ
(5) ޔާ ﷲ! އިބަ އިލާހުގެ އަޅުތަކުން އަލުން ދިރުއްވާ ދުވަހު [ނުވަތަ އެއްކުރެވޭ ދުވަހު] އިބަ އިލާހުގެ ޢަޒާބުން މިއަޅާ ރައްކާތެރި ކުރައްވާނދޭވެ!
(6) ޔާ ﷲ! މިއަޅާއަށް މިއަޅާގެ އިސްވެދިޔަހާ ފާފަތަކާއި، ކުރިޔަށް ކުރެވެންހުރި ފާފަތަކާއި، ސިއްރިއްޔާތުގައި ކުރެވިފައިވާ ފާފަތަކާއި، ފާޅުގައި ކުރެވިފައިވާ ފާފަތަކާއި، އިސްރާފުކުރެވިފައިވާ ފާފަތަކާއި، އަދި އެއީީ ފާފައެއްްް މިއަޅާއަށް ވުރެ ބޮޑަށް އިބަަ ﷲ ދެނެވޮޑިގަންނަވާ ފާފަވެސް ފުއްްސަވާދޭވެެ! (ހެޔޮކަންތަކުގައި މީސްތަަކުން) އިސްކުރައްވާ ފަރާތަކީ އިބަަ ﷲ އެވެ. އަދި ފަސްކުރައްވާ ފަރާތްތަކީވެސްް އިބަަ ﷲއެވެެ. އިބައިލާހުފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.
(7) ޔާ ﷲ! ހަމަކަށަވަރުން މިއަޅާ ބަޚީލުކަމުން ރައްކާތެރި ކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަޅާ ފިނޑިކަމުން ރައްކައުތެރި ކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި އެންމެ މުސްކުޅި އުމުރާ ހިސާބަށް (މީސްތަކުންނަށް މިއަޅާގެ ބުރަ އުފުލަން ޖެހޭ އުމުރާ ހިސާބަށް) މިއަޅާ ރައްދުކުރެވުމުން ރައްކައުތެރި ކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދުނިޔޭގެ
ފިތުނައިން (އެބަހީ: ދައްޖާލު ފަދަ) އަދި ކަށްވަޅުގެ ޢަޒާބުން ރައްކައުތެރި ކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ.
Comments (0)
Be the first to comment.