ނޯޓް: ސަޢުދީ ޢަރަބިއްޔާ އިން ވަނީ މިރޭވެސް ހަނދު ބެލުމަށް އަންގާފައެވެ
This article is available in Dhivehi only.
ނޯޓް: ސަޢުދީ ޢަރަބިއްޔާ އިން ވަނީ މިރޭވެސް ހަނދު ބެލުމަށް އަންގާފައެވެ.
ރާއްޖެ އިން ތަބަޢަވާ ސަޢުދީގެ އުއްމުލް ޤުރާ "ކަލަންޑަރުގައި ހުރި ޚިލާފުތަކާއި ޝަޢުބާން މަސް ފެށުނު ދުވަހުގެ މައްޗަށް ހުރި ޚިލާފުތަކަށް ބަލައި" މިރޭ ވެސް ހަނދު ބެލުމަށް އެ ޤަޥްމުގެ ސުޕްރީމް ކޯޓުން ވަނީ ރަސްމީ ބަޔާނެއްގައި އަންގާފައެވެ.
މިސަބަބަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސުޕްރީމްކޯޓުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި މެދު ރޭގައި ބޭއްވި ބައްދަލުވުމުގައި ވަކިގޮތެއް ކަނޑަނާޅައި ވަނީ މިރޭ، ހޯމަ ދުވަހުގެ ރޭ، އިތުރު ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.
މިއީ ޝަރުޢީ މިންގަނޑުތަކަށް ހަނދު ބެލުމާއި އެކު ދިރާސާ ކުރާ ގިނަ ފަލަކީ އިދާރާތަކުން ވެސް އެއްބަސްވާ ގޮތެވެ. އޭގެ ތެރޭގައި އެސްޓްރޮނޮމީސެންޓަރ.ނެޓް އާއި ކްރެސެންޓްވޮޗް. އޯގް ހިމެނެއެވެ.
~ ގަލަންދާން
Comments (0)
Be the first to comment.