ޙުޛައިފާ އަރިހުން މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ އަހަރެން އަޑު އެހީމެވެ
This article is available in Dhivehi only.
ޙުޛައިފާ އަރިހުން މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ އަހަރެން އަޑު އެހީމެވެ:
«لَا يَدْخُلُ الْجَنَّةَ نَمَّامٌ» ”ދެބައޮޑުވާ މީހަކު ސުވަރުގެ އަށް ނުވަންނާނެއެވެ.“
އަލްބުޚާރީ އަދި މުސްލިމްގެ އެހެން ރިވާޔަތެއްގައި ވަނީ «...نَمَّامٌ» (ދެބައޮޑުވާ މީހާ) ގެ ބަދަލުގައި ވަނީ «...قَتَّاتٌ» މި ލަފުޒެވެ. ސުފްޔާން ވިދާޅުވިއެވެ: الْقَتَّاتُ އަކީ (ހަމަ) النَّمَّامُ އެވެ. (އެބަހީ: ދެބައޮޑުވާ މީހާއެވެ.)
އަދި އަބޫ ހުރައިރާ އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«تَجِدُونَ مِنْ شَرِّ النَّاسِ ذَا الْوَجْهَيْنِ الَّذِي يَأْتِي هَؤُلَاءِ بِوَجْهٍ وَهَؤُلَاءِ بِوَجْهٍ» ”މީސްތަކުންގެ ތެރެއިންވާ އެންމެ ނުބައި މީހުން ތެރޭ ތިޔަބައިމިހުންނަށް ދެމޫނުގެ ވެރިން ފެންނާނެތެވެ. އެއުރެން އެކަކުގެ ގާތަށް ވަކި މޫނަކައިގެން އަނެކަކުގެ ގާތަށް އެހެން މޫނަކައިގެން ގޮސް އުޅޭ މީހުންނެވެ.“
~ ގަލަންދާން
Comments (0)
Be the first to comment.