ދުޢާ ކުރުމުގެ އަދަބު ތަކާއި ޢިޖާބަ ވުމުގެ ސަބަބުތައް
This article is available in Dhivehi only.
ދުޢާ ކުރުމުގެ އަދަބު ތަކާއި ޢިޖާބަ ވުމުގެ ސަބަބުތައް:
التذلل (ނިކަމެތިކަމާއި) الانكسار (ނުކުޅެދުންތެރިކަން) : ދުޢާ ކުރާ މީހާ، އޭނާގެ ހިތުތެރޭ ނިކަމެތިކަމާއި ނުކުޅެދުންތެރިކަން ދެމެދުގައި އެކަތިކޮށްފިނަމަ، އަދި އޭނާގެ ދުލާއި އަތްފަޔާއި ގުނަވަންތަކުގައި އެކަން ގެނެސްގެންފިނަމަ، ފަހެ އެހިނދު އޭނާގެ ދުޢާ ޢިޖާބަވެ އޭނާ އެދޭކަންތައް ކާމިޔާބުވުމާއި ގާތްކަން ބޮޑުވެގެން ވެއެވެ.
ވީމާ، އިންސާނާ ތިން ވައްތަރެއްގެ ނުކުޅެދުންތެރިކަމެއް އޭގައި އެއްކުރެއެވެ:
1- ހިތުގެ ނުކުޅެދުންތެރިކަން
2 - ދުލުގެނުކުޅެދުން ތެރިކަން
3 - އަތްފަޔާއި ގުނަވަންތަކުގެ ނުކުޅެދުންތެރިކަން
މިސަބަބަށްޓަކައި، އިޖާބަވުން މަނައުވާ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި އޭނާގެ ދުޢާ ގައި ތެދުވެރިކަން ނެތުން ހިމެނެއެވެ. އަދި އޭނާގެ ރައްބުގެ އަތްޕުޅުގެ ދެމެދުގައި އޭނާ ނިކަމެތިވެ ނުކުޅެދުންތެރިވެފައި ނުވުމެވެ. އެހެންކަމުން ޣާފިލުވެ ސަމާލުކަމެއް ނެތް ހިތަކާއި އެކު އެނާ ދުޢާ ކުރެއެވެ.
މޫސާގެފާނުގެ ދޫފުޅު މަތީން ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ﴾ ”އަޅުގެ ވެރިރަސްކަލާކޮ! އިބައިލާހު މިއަޅާއަށް ދެއްވަފާނޭ ކޮންމެ ހެވަކަށްވެސް ހަމަކަށަވަރުން، މިއަޅާވަނީ (ނިހާޔަތަށް) ބޭނުންޖެހިގެންނެވެ.“
އެހެންކަމުން މޫސާ عليه السلام އެކަލޭގެފާނު ގެ ރައްބު عز وجل އަށް އިންތިހާ ބޮޑަށް އެދިލައްވަވާކަން (މިދުޢާ އިން) ފާޅުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ (އަތްމަތިހުސްވުމުގެ ސަބަބުން) ބޭނުންވާ ކަންކަމާއި ހާއްޖަތްތަކަށް އެކަލޭގެފާނުގެ ޚާލިޤު އަދި މައުލާ އަށް ބޭނުން ޖެހިފައިވާ މިންވަރެވެ.
(މޫސާ عليه السلام މިޞްރު ދޫކުރެއްވީ ކާއެއްޗެއް ފައިސާއެއް އަދި ފައިވާނެއްވެސް ނެތިއެވެ. އަދިމަދިޔަނާއި ހަމައަށް އެކަލޭގެފާނު ފޯރި އިރު ހުންނެވީ އެކީއެއްކޮށް ހުސްވެފައެވެ. އަދި މިދުޢާ ކުރެއްވުމަށްފަހު، ހަމަ އެދުވަހު ﷲ އެކަލޭގެފާނަށް އަންބަކާއި، ވަޒީފާ އަކާއި ބޯހިޔާވަހިކަމެއް ދެއްވިއެވެ.)
އަދި އެއީ އެދެކަނބަލުން (އެބަހީ: އާދަމް އާއި ހައްވާގެފާނު) އާއި މެދު ﷲ عز وجلޚަބަރު ދެއްވިފަދައިންނެވެ: ﴿قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ﴾ ”އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.“
އަދި މި (ދުޢާ) ގައި ﷲ جل وعلا އަށް އިންތިހާ ބޮޑު ނިކަމެތިކަމަކުން ނިކަމެތިވުން ހިމެނެއެވެ.
— އަދި އިހު ބަޔާންވެވުނު ނަބަވީ ސުންނަތް މިއަށް ހެކިވެއެވެ. ނަބިއްޔު ﷺ އިސްތިސްޤާ ނަމާދަށް ނިކުމެވަޑައިގެންނެވުން ޞިފަކޮށް ދެއްވަމުން އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ނިކުމެވަޑައިގެންނެވީ މަޑުމޮޅި ކަމާއި އެކު، އާދައިގެ ހެދުންކޮޅެއްގައި، ޚުޝުއްވަތްތެރިކަމުގައި، (ﷲ ޙަޟުރަތުން) އެދިދެންނެވުން މަތީގައެވެ.“
އަދި ބައެއް ސަލަފުން އެބޭކަލުންގެ ރައްބަށް ދުޢާ ދަންނަވަން އެދޭ ހިނދު، ބާވެފައިވާ ހެދުންކޮޅު ތުރުކުރައްވާ ކަމަށް އައިސްފައިވާ ރިވާޔަތްތަކަށް ދަލީލުވަނީ މިބަޔާން ވެވުނު ރިވާޔަތުންނެވެ. އަދި އޭގެ ތެރޭގައި އަލްއިމާމް އިބްނު ތައިމިއްޔާ ގެ ޢަމަލުފުޅުވެސް ހިމެނެއެވެ: އެއީ އެކަލޭގެފާނަށް ކަމެއް ދަތިވެއްޖެނަމަ، މީހުން އަރައި ނޫޅޭ ނުވަތަ އެފަދަ (ދުރުގައި ނުވަތަ ދުވަސްވެފައިވާ) މިސްކިތަކަށް ވަޑައިގެން، މޫނު ވެލީގައި ޖައްސަވައި ދުޢާ ކުރައްވައެވެ. އެއީ އެކަލޭގެފާނަށް އެކަން ޢިޖާބަވެ ހާސިލުވެއްޖެއުމާއި ހަމައަށެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަަލަންދާނު
Comments (0)
Be the first to comment.