އެހެނަސް ހުށިޔާރުވެ ތިބޭށެވެ
This article is available in Dhivehi only.
އެހެނަސް ހުށިޔާރުވެ ތިބޭށެވެ.
ނިޢްމަތާއި ދުނިޔެ އެނބުރޭތީ ތިބާއަށް ފެންނާނެތެވެ.
{وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ}
”އަދި ތިމަން ރަސްކަލާނގެ މި (މޮޅުވުމާއި ބަލިވުމުގެ) ދުވަސްތައް، އެކިގޮތްގޮތަށް މީސްތަކުންގެ މެދުގައި ބަދަލުކުރައްވަމެވެ.“
ހެއްލި ނުދާށެވެ!
އެއީ ތިބާގެ ނަފްސުގައިވާ ޒާތީ ނިޢްމަތް ތަކާއިމެދުގަވެސް މެއެވެ.
ބައެއް މީހުން މިޔަދު މުއްސަނދި ކަމުގައި ވެއެވެ.
އެހެނަސް މާދަމާ އޭނާ ފަޤީރުވެދެއެވެ.
ބައެއް މީހުން މިޔަދު ދުޅަހެޔޮ ސިއްޙަތުގައެވެ.
އެހެނަސް މާދަމާ އޭނާ ބަލިވެދެއެވެ.
ބައެއް މީހުން ބޭނުން ކަމެއް ކުރުމުގެ ބާރު މިޔަދުވެއެވެ.
އެހެނަސް މާދަން، އެއްވެސް ބާރެއް ނެތި އެންމެހާ ކަމަކަށް ނުކުޅެދެއެވެ.
(ޅެން)
ހެޔޮކަމުގެ އަތް އެކެއްގެ ފުށުންވެސް، މަނައު ނުކޮށްގަންނާށެ ތިބާ *** ކުޅަދާނަކަން އެއަށް އޮތްހާހިނދު، އަދި ފާގަތިކަމީ ކަމެކޭ ހުރެލާފަ ލިބޭ
އަދި މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެމީހެއްގެ އަތްމަތީ މީސްތަކުންނަށް އެވެރިންގެ ޙާއްޖަތްތައް ފުއްދައިދެވުންވާ މީހާއެވެ.
އޭނާގެ ދުނިޔެއަށް އެއްޗެއް ގެނެސްދިނުމަށް ކުޅަދާނަވެފައިވާ އިންސާނާއެވެ.
އޭނާގެ އަޘަރު އޭނާ މަރުވުމަށްފަހުވެސް ދެމިހުރެއެވެ.
ފަހެ ޙަޤީޤީ ނަސީބުވެރިޔަކީ މިއީއެވެ.
— އައްޝައިޚް ބަދްރު ބުނު ނާދިރިލް މިޝާރީ
~ ގަލަންދާނު
Comments (0)
Be the first to comment.