ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ
This article is available in Dhivehi only.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
أَنَّ الِاعْتِرَاضَ وَالْقَدْحَ لَيْسَ بِعِلْمِ وَلَا فِيهِ مَنْفَعَةٌ. وَأَحْسَنُ أَحْوَالِ صَاحِبِهِ : أَنْ يَكُونَ بِمَنْزِلَةِ الْعَامِّيِّ وَإِنَّمَا الْعِلْمُ فِي جَوَابِ السُّؤَالِ
"އިޢުތިރާޟު⁽¹⁾ ކުރުމާއި ބަދުބަސް ބުނުމަކީ ޢިލްމުވެރިކަމެއް ނޫނެވެ. އަދި އޭގައި މަންފާޢުއެއް ވެސް ނުވެއެވެ.⁽²⁾ އެންމެ ހެޔޮކޮށް ބުނި ކަމުގައިވިޔަސް އެފަދަ މީހަކީ ޢާންމު މީހެއްގެ ދަރަޖައިގައިވާ މީހެކެވެ.⁽³⁾ އަދި ހަމަކަށަވަރުން ޢިލްމުވެރިކަން ވަނީ (ކުރެވުނު) ސުވާލަށް ޖަވާބުދިނުމުގައެވެ."
(مجموع الفتاوى ٤ /٢٧-٢٨)
~ ގަލަންދާނު
_____________
(1) އިއުތިރާޒު ކުރުމަކީ: ދަލީލެއް ގެނައުމުން އެޔަށް ޢިލްމީގޮތުން (މިސާލަކަށް، ޞައްޙަ ނޫން ކަމަށް ނޫނީ ސަލަފުންގެ ނަޒަރުގައި އޭގެ މާނައަކީ އެއެއް ނޫންކަމަށް، ނޫނީ އެއާއި ޚިލާފަށްވާ ސާފު ދަލީލެއް ފަދަ) ރައްދެއް ނުދީ ދެކޮޅުހެދުމެވެ.
(2) އެފަދަ މީހަކާއި ޖަދަލުކުރުމުގެ ފައިދާއެއް ނުވެއެވެ.
(3) އެއީ ޖާހިލުންގެ ސިފައެކެވެ.
Comments (0)
Be the first to comment.