މަރުވެފައިވާ މީހުންނަށް މަންފަޢު ކޮށްދެވޭނޭ ޢަމަލުތަކާއިމެދު ޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ
This article is available in Dhivehi only.
••
މަރުވެފައިވާ މީހުންނަށް މަންފަޢު ކޮށްދެވޭނޭ ޢަމަލުތަކާއިމެދު ޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ.
ވިދާޅުވިއެވެ: އެކަމުގައި އިޖުމާޢުވެވިގެން ވަނީ ދެ ކަމެއްގައެވެ: ދުޢާ އާއި ޞަދަޤާތެވެ. އަދި އެދެކަން ނޫން ޤުރުއާން ކިޔެވުން ފަދަ ކަންކަން، ފަހެ އެކަންކަމުގައި އިޚްތިލާފު ވެއެވެ. އައްޝާފިޢީ ވިދާޅުވިއެވެ: ނައްޞުން އެކަންކަން އައިސްފައިވާ އެއްޗެއް މެނުވީ އެކަމުގައި މަންފަޢު ކުރުމެއް ނުވެއެވެ. އަދި އެނޫން ބޭފުޅުން ވިދާޅުވެތެވެ: ރޯދަ އާއި ޙައްޖު ފަދަ ހަށިގަނޑުގެ އަޅުކަންތައް ތައް (މަރުތިބީންނަށް) ފޯރުން ވެއެވެ. އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް މިފަދައިން ވިދާޅުވެއެވެ. އަދި މިހެން ވާރިދުވެފައިވާހިނދު، އެކަން މަނައު ވުން ޘާބިތު ވެފައި ނުވެއެވެ. އަދި މި މައްސަލައަކީ އިޖުތިހާދީ މައްސަލައެކެވެ.
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.